ތެޔޮ އުފައްދާ ބޮޑެތި ގައުމުތަކުގެ އޯޕެކް ޕްލަސް އިއްތިހާދަށް ތެލުގެ އަގު ބޮޑުވެ، ސަޕްލައި ދަށަށް ދާތީ، ދުނިޔޭގެ ބާޒާރަށް މިހާރު ތެޔޮ ފޮނުވާ މިންވަރު މަދުކުރާނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފިއެވެ.

އޯޕެކް ޕްލަސްގެ ގައުމުތަކުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ތެޔޮ އުފައްދާ މިންވަރު ކަނޑާލުމުން އަގުތައް އުފުލިގެން ނުދާތީ، ތެލުގެ އަގު ދަށަށް ދިއުމަށް އެހީތެރިވުމުގެ ގޮތުން އަންނަ ޖުލައި މަހު ތެޔޮ އުފައްދާ މިންވަރު މަދުކުރާނެ ކަމަށް ސައުދީން ބުނެއެވެ. ސައުދީން ނިންމާފައި ވަނީ މިހާރު އުފައްދާ ތެލުން އެއްމިލިއަން ފީފާ މަދުކުރުމަށެވެ. މިހާރު ސައުދީން ދުވާލަކު ދިހަ މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރެއެވެ.

އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް އާއި ރަޝިއާ އިސްވެ ހަރަކާތްތެރިވާ ބައިވެރިން ހިމެނޭ އޯޕެކް ޕްލަސް އިން ވިއެނާގައި ހުންނަ އެ ޖަމިއްޔާގެ ހެޑްކުއާޓަރުގައި ހަތް ގަޑިއިރު ވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އައުޓްޕުޓް ޕޮލިސީއާ ބެހޭ ގޮތުން އެއްބަސްވުމަކަށް ވަނީ އައިސްފައެވެ.

އޯޕެކް ޕްލަސް އިން ދުނިޔޭގެ ތެލުގެ ގާތްގަނޑަކަށް 40 އިންސައްތަ ހިއްސާ ކުރެއެވެ. އެ ޖަމިއްޔާގެ ސިޔާސަތުގެ ނިންމުންތަކުގެ ސަބަބުން ތެލުގެ އަގަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައިނަލްއަގުވާމީ ބެންޗްމާކް ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 87 ޑޮލަރަށް އުފުލިގެން ދިޔަ ނަމަވެސް، ފާއިތުވި ދުވަސްތަކުގައި ފީފާއެއްގެ އަގު ވަނީ 75 ޑޮލަރަށް ވުރެ ދަށަށް ގޮސްފައެވެ. ސައުދީ އަރަބިއްޔާ އާއި އަދި އޯޕެކް ޕްލަސްގެ ގައުމުތަކުން ބޭނުން ވަނީ ތެލުގެ އަގު އެންމެ ދަށްވެގެން ވެސް 85 ޑޮލަރުގައި ހިފަހައްޓާށެވެ. އެއީ އެއަށްވުރެ އަގު ދަށަށް ގޮސްފިނަމަ އެގައުމުތަކުގެ އިގުތިސޯދަށް އެކަމުގެ ގެއްލުން ލިބޭތީއެވެ.