ބިދޭސީން ބޭރަށް ފޮނުވާ ފައިސާ އިން ދައުލަތަށް ނަގާ ރެމިޓެންސް ފީއިން މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ދަށް ވެއްޖެ އެވެ.

މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖޫން މަހުގެ ނިޔަލަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 53.5 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 56.3 މިލިއަން ރުފިޔާ ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބުނެވެ.

ރެމިޓެންސް ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ޤާނޫނުގައިވާ ގޮތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ނެގޭނީ ބިދޭސީ މުވައްޒަފުން މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިނެއް އިންސައްތައެވެ.

ބޭންކުތަކާއި ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްދޭ ކުންފުނިތަކުން ރެމިޓެންސް ޓެކްސް ނެގުމަށްފަހު އެ ފައިސާ މީރާއަށް ދައްކަންޖެހެނީ ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.

ރެމިޓެންސް ޓެކުހުން ލިބުނު އާމްދަނީ ދަށްވި ނަމަވެސް ދައުލަތައް ޖުމްލަ ލިބުނު އާމްދަނީ ވަނީ އިތުރު ވެފައެވެ. ޖޫން މަހު ދައުލަތައް އާމްދަނީގެ ގޮތުގައި 1.49 ބިލިއަން ރުފިޔާ ލިބުނެވެ.

ރެމިޓެންސް ޓެކުހުން ލިބުނު އާމްދަނީ ދަށްވެފައި ވާއިރު ބޮޑެތި މަޝްރޫޢުތައް ހިންގުން މަދުވެ، ރާއްޖޭގެ އިޤުތިޞާދު ވަނީ މަޑުޖެހިފައެވެ. ފާއިތުވި ފަސް ވަރަކަށް އަހަރު ހިންގި ބޮޑެތި މަޝްރޫޢުތަކާއި ގާތަކަށް ވެސް މިހާރު ރާއްޖޭގައި މަޝްރޫޢުތަކެއް ނުހިންގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކާފަ

  ކުޑަ ލާރިކޮޅެއް ބޭރުވާތީތާ 6 މަސްދުވަހުން 3 އިންސައްތައަށް 50 މިލިއަން ރުފިޔާ އެއަރަނީ. ޤައުމެއްވާ ނެތް

  8
  2
 2. ދދދދދދ

  އިންޑިއާ މީހުން ތި ޓެކްސް ދައްކަން މިހާރު ނުޖެހެނީ ކަމަށް ވާނީ.

  11
  1
 3. ޙަގީގަތް

  މިގައުމުއޮތީބިދޭސީންގެދަށުވެފާ

  9
  2