ސެންޓުގެ ދުނިޔޭގައި އެންމެ މަޝްހޫރު އެއް ބްރޭންޑު ކަމަށްވާ ކެރޮލީނާ ހެރީރާ ބްރޭންޑުގެ އެންމެ ފަހުގެ ފިރިހެން ސެންޓް، "ބޭޑް ބޯއި" ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ ފޭސްބުކް ޕޭޖް، "ލިބޭ އެމްވީ" އިން ހުޅުވާލައިފިއެވެ.

ދުނިޔޭގައި ނަންހިނގާ އިތުބާރުހުރި ބްރޭންޑުތަކުގެ ކޮސްމެޓިކް ސާމާނާއި ސްކިން، އަދި ހެއާކެއާ ޕްރޮޑަކްޓުތަކުގެ އިތުރުންވެސް އެކި ބާވަތުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ ލިބޭއިން، "ބޭޑް ބޯއި" ސެންޓު ފުޅީގެ ދެ ސައިޒެއް ޕްރީ އޯޑާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެގޮތުން "ކެރޮލީނާ ހެރީރާ - ބޭޑް ބޯއި" އޮރިޖިނަލް ސެންޓު ފުޅީގެ 50 އެމްއެލް އާއި 100 އެމްއެލް ސެންޓު ފުޅިއަށް މިހާރު "ލިބޭއެމްވީ" މެދުވެރިކޮށް އޯޑަރު ކުރެވޭއިރު، މިހާރު ރާއްޖެއިން އެންމެ ފަސޭހަކަމާއެކު އެންމެ އަވަހަށް، ހެޔޮ އަގުގައި "ބޭޑް ބޯއި" ސެންޓު ލިބެން ހުންނާނީ މި ޕޭޖުން ކަމަށް "ލިބޭއެމްވީ" އިން ބުނެއެވެ.

މި ސެންޓަކީ، ވަރަށް މަދުން ޖެހި ނަމަވެސް ގިނައިރަށް މަޑުމަޑު، ފިރިހެންވަންތަ މީރު ވަހެއް ހަށިގަނޑުގައި އާއި ހެދުމުގައި ހިފާފައި ހުންނާނެހެން ތައްޔާރުކޮށްފައިވާ، ވަސް ބަލާލަން ފަސޭހަ މޮޅު ސެންޓެއް ކަމަށް މި ސެންޓު ތަޖުރިބާކޮށްފައިވާ ފަރާތްތަކުން ބުނެއެވެ. ކެރޮލީނާ ހެރީރާ އިން އެންމެ ފަހުން ލޯންޗްކުރި މި ސެންޓަކީ މިހާރު އެންމެ ހަލުވިކަމާއެކު ފިރިހެނުންގެ މެދުގައި މަޤުބޫލުކަން ހޯދަމުން އަންނަ ސެންޓެވެ. ޔޫރަޕާއި ލެޓިން އެމެރިކާ އާއި މެދުއިރުމަތީގައިވެސް މިހާރު "ބޭޑް ބޯއި" މަޝްހޫރުވެފައި ވާއިރު، ލޯންޗްކުރި ފަހުން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް މި ސަރަޙައްދުތަކުގައި ހަތްހާހަށްވުރެ ގިނަ މީހުން މި ސެންޓު ބޭނުންކުރަމުން ދެއެވެ.

"ކެރޮލީނާ ހެރީރާ - ބޭޑް ބޯއި" ލޯންޗްކޮށް ބާޒާރަށް ނެރެފައި ވަނީ ދާދި ފަހުންނެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަޤުބޫލުކަމެއް ހޯދައި، މިހާރުވެސް ގިނަ އަދަދެއްގެ އަންހެނުން ބޭނުންކުރާ "ގުޑް ގާލް" ސެންޓުގެ ފިރިހެން ވައްތަރެވެ. "ގުޑް ގާލް" ސެންޓު ލޯންޗް ކޮށްފައި ވަނީ މީގެ ތިން އަހަރު ކުރިންނެވެ. ހެއާ މިސްޓެއް ހިމެނޭހެން "ގުޑްގާލް"ގެ ހަ އެޑިޝަނެއް މިހާރު ބާޒާރުގައި ހުރިއިރު، އަންނަ އަހަރު އަންނަން ވާއިރަށް، "ބޭޑް ބޯއި" ވެސް މި ސެންޓާއި އެއްހަމަކޮށް، އެއްވަރަކަށް ވިކެމުންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކެރޮލީނާ ހެރީރާ ބްރޭންޑުން މިހާތަނަށް އުފެއްދި ނުވަވަނަ ފިރިހެން ސެންޓު، "ބޭޑް ބޯއި"ގެ މޮޑެލްއަކީ ދިވެހި ޒުވާން އަންހެންވެރިންގެ މެދުގައި ދާދިފަހުން ބޮޑު މަގުބޫލުކަމެއް ހޯދައި އެތައް އަންހެނުންނެއްގެ ހިތްތައް ކަތިލި މަޝްހޫރު އެކްޓަރ އެޑް ސްކްރެއިން އެވެ. ފިލްމް "ޓްރާންސްޕޯޓާރ 4" ގެ ލީޑުންނާއި، ތާރީޚު ބަދަލުކޮށްލި އެޗްބީއޯގެ މަޝްހޫރު ސީރީޒް، "ގޭމް އޮފް ތްރޯންސް" އިން ވެސް ފެނިގެންދިޔަ ސްކްރެއިން ވަނީ، މި ސަބަބަށްޓަކައި "ބޭޑް ބޯއި" އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައެވެ.

ކެރޮލީނާ ހެރީރާގެ "ގުޑް ގާލް" ސެންޓުފުޅި، އަންހެނުން އަރާ ހައި-ހީލްއެއްގެ ސިފައިގައި ތައްޔާރުކޮށްފައިވާއިރު، "ބޭޑް ބޯއި" ފުޅީގެ ޑިޒައިންސްވެސް ތަފާތުވެފައި ސަޅިއެވެ. އޮފިޝަލް ފިރިހެން ބޫޓެއް ގޮތަށް ފަރުމާކޮށްފައިވާ މި ފުޅިއަކީ، ރައްކާތެރިކަމާއެކު ބޭނުންކޮށް ގެންގުޅެން، ފަސޭހަ ހުރިހާ ގޮތަކަށް ބަލައި ފަރުމާކޮށްފައިވާ ތަފާތު، ރީތި ޑިޒައިނެއްކަން ފާހަގަކޮށްލެވެއެވެ.

ފޭސްބުކް ޕޭޖް "ލިބޭއެމްވީ" އިން ކެރޮލީނާ ހެރީރާ - ބޭޑް ބޯއި ސެންޓުގެ ދެ ސައިޒެއް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެ ޕޭޖުން "ބޭޑް ބޯއި"ގެ 50 އެމްއެލް ފުޅިއެއް ވިއްކަނީ 2000 ރުފިޔާއަށެވެ. އަދި 100 އެމްއެލްގެ ފުޅިއެއް ވިއްކާ އަގަކީ 2550 އެވެ. މި ސެންޓު ޕްރީއޯޑަރު ކުރުމާއި އިތުރު މައުލޫމާތު، "ލިބޭއެމްވީ"ގެ ފޭސްބުކް ޕޭޖުން މެސެޖު މެދުވެރިކޮށްވެސް ފޯރުކޮށްދެމުންދާއިރު، އެ ފުރުސަތު 7660630 ނަމްބަރު ފޯނަށް ގުޅައިގެންވެސް އޮންނާނެ ކަމަށް "ލިބޭއެމްވީ" އިން ބުނެއެވެ.ލިބޭ އިން ވިއްކާ އިތުރު ބައެއް ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. މަދިރީގެ އުނދަގުލުން ސަލާމަތްވުމަށް، މީރުވަސް ދުވާ އެއާފްރެޝްނާއެއް
(އަގު: 100 ރުފިޔާ) [އިތުރު މައުލޫމާތު]

 


1. ދަތްފަނިކެއުން ހުއްޓުވާ ޚާއްސަ ދަތްއުނގުޅާ ބޭސް
(އަގު: 145 ރުފިޔާ) [އިތުރު މައުލޫމާތު]


2. ސެންޓިއޯ އަލޮވެރާ & ހަޔަލަނޭޓް ފޭޝަލް މާސްކް އަދި ސްކްރަބް
(އަގު - ފޭޝަލް މާސްކް: 300 ރުފިޔާ) / (އަގު - ފޭޝަލް ސްކްރަބް: 300 ރުފިޔާ) [އިތުރު މައުލޫމާތު]


3. އަލޮވެރާ ޖެލް
(އަގު: 150 ރުފިޔާ) [އިތުރު މައުލޫމާތު]


4. ކްލިނިކް: ފްރެޝް ޕްރެސްޑް - 7 ޑޭއި ސިސްޓަމް (1000 ރުފިޔާ) [އިތުރު މައުލޫމާތު]


5. ވަޓްސަން ބޮޑީ ވޮޝް - ސްޓްރޯބެރީ (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]

6. ވަޓްސަން ބޮޑީ ވޮޝް - ޓަމަރިންޑް (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]

7. ޕަތުންތިޕް - ހެއާކެއާ ޕެކް (1250 ރުފިޔާ) [އިތުރު މައުލޫމާތު]