މިދުވަސްވަރު ގޭބީސީތަކުގެ ކަރަންޓު ބިލު ބޮޑުވަނީ ހޫނު މޫސުމުގެ ސަބަބުން ގޭބީސީތަކުގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު އިތުރުވުމުގެ ސަބަބުން ކަމަށް މާލެއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

މީޑިއާއަށް ދެއްވި ޙާއްޞަ އިންޓަވިއުއެއްގައި ސްޓެލްކޯގެ ޑިރެކްޓަރ އިބްރާހިމް ނިޒާމް ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް ހޫނު މޫސުމުގައި ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ ކަސްޓަމަރުންގެ ފަރާތުން ލިބޭ ކަމަށާއި، ނަމަވެސް ކަރަންޓު ބިލު ބޮޑުވަނީ ޖައްވު ހޫނުވުމުގެ ސަބަބުން ގޭގައި ބޭނުންކުރާ ފިނިކުރާ އާލާތްތަކުން އިސްރާފުވާ ހަކަތަ އިތުރުވެ، ގޭގައި ބޭނުންކުރެވޭ ހަކަތައިގެ ނިސްބަތް މައްޗަށް ދިއުމުގެ ސަބަބުން ކަމަށެވެ.

ސްޓެލްކޯ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ނިޒާމް ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް ފެބުރުވަރީން ފެށިގެން މެއި މަހުގެ ނިޔަލަށް ކަރަންޓު ބޭނުންކުރާ ނިސްބަތް 11.5 އިންސައްތަ އުފުލޭ ކަމަށާއި، ސްޓެލްކޯއިން ކުރި ދިރާސާތަކުން މާހައުލުގެ ފިނިހޫނުމިނާއި ހަކަތަ ބޭނުންކުރެވޭ ނިސްބަތާ ސީދާ ގުޅުންވާކަން ހާމަވެފައިވާއިރު، މިއަހަރު މީގެ ކުރިން އަހަރުތަކަށް ވުރެ ވެސް ހަކަތަ ބޭނުންކުރާ ނިސްބަތް މަތިވެފައިވާ ކަމަށެވެ.

އެއްވެސް ކަސްޓަމަރަކަށް ކަރަންޓު ބިލާއި މެދު ޝައްކު އުފެދޭނަމަ ސްޓެލްކޯއަށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި، ކަރަންޓު މީޓަރާއި މެދު ޝައްކުވާނަމަވެސް އެކަމަށް ޙާއްޞަ ފޯމުން އެކަމުގެ ކަންބޮޑުވުން ހުށަހަޅައި ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް ނިޒާމް ވިދާޅުވިއެވެ.

ސްޓެލްކޯ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ވޭތުވެދިޔަ އަހަރުގެ ހޫނު މޫސުމުގައި 56 މެގަވޮޓުގެ ހަކަތަ ބޭނުންކުރެވުނު ކަމަށް ރެކޯޑްތަކުން ދައްކާއިރު، މިއަހަރުގެ މިހާތަނަށްވެސް 58 މެގަވޮޓުގެ ހަކަތަ އުފައްދައި ރެކޯޑް އަދަދަކަށް އަރާފައިވާއިރު، މަތީ ވޯލްޓޭޖްގެ ކަރަންޓު ބޭނުންކުރާ ސާމާނު ޕީކް ގަޑިތަކުގައި ބޭނުން ނުކުރުމަށާއި، އެސީ އާއި އައިސްއަލަމާރި ފަދަ ތަކެތި ބޭނުންކުރައްވާއިރު ވީހާވެސް އިސްރާފް ކުޑަވާނެ ގޮތަތްކަށް ބޭނުންކުރެއްވުމަށް ސްޓެލްކޯއިން އިލްތިމާސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މޮޔަ ސޮރު

    ހޫނުމޫސުމުގައި ފަންކާ ނުވަތަ އޭސީ ހިގަން ގިނައިން ކަރަންޓު ބޭނުންވަނީ ތޯ؟. މިހެން މިދެންނެވީ އެހެންޏާވެސް 8 ގަޑިއިރު އޭސީ ޖައްސައްނާމު ، ހޫނުވިއަސް އިތުރަށް އޭސީ ބޭނުންނުކުރަންޏާމު ކަރަންތް ބިލް ބޮޑުވަނީ ކިހިނެތް ތޯ. ތީ ކޮންތާކުން އައިސްގެން އުޅޭ ތިއަރީއެއްތޯ

    • ޥިސްނާމީހާ

      ޢާނމުކޮއް އޭސީ 25ގަ ބައިނދާ ބައެއް ހޫނުގަދަ އިރު 18 17 16 އައް މަތި ކުރީމަ ކަރަންޓް ހަރަދު ބޮޑުވާނެ ކަން ނޭނގެނީތޯ. ފަންކާ 3 ނޫނީ 4ގަ ބައިނދާ ބައެއް 5 ގަ ބައިނދަން ފެށީމަ ކަރަންޓް މަތި ނުވާނެ ތޯ. މީ ވިސްނަން ޖެހެ ކަމަކީ.

      • ޙ އ

        ތެދައް ތިބުނީ

      • ާަރައީސް

        މިގޭގަ ތިޔަ ބުނާ އޭސީއެއް 27 ދަށެށް ނުވޭ އެކަމަކު މިމަހު ބިލް ފެނިފަ މަވީ އަންތަރީސް މީ ފެނެއް ނޫނޭ ލީކުވާކަށް ދެން ކޮންމެވެސް އެއްޗެއް ކިޔައިން ތަނުގެ މުއައްޒަފުންނަށް ބޯނަސް އިތުރުކުރަން ކުޅޭ ގޭމަކާ ވައްތަރީ.

        • ޡުހޫރު ސަރީފް

          ބަލަ މިދިޔަމަހު ބިލް ހަދާފަ އިނީ ކިތައްދުވަހައްތޯބަލާބަލަ އަނގަ ނުހުޅުވާ. ދުވަސް ގިނަވީމަ ރީޑިން ހިނގާ މުއްދަތު ގިނަވާނެ. މިފަހަރު އިނީ 38 ދުވަހައް ސުޓެލްކޯވެސް ފެނަކަ ވެސް ބިލް ހަދާފަ. ޢޭގޭ މާނަ އަކީ މިމަހު އަންނަ ބިލް އިންނާނީ 20 ވަރަކައް ދުވަހެ ބާކީ ދުވަހައް. ނިކަން ކޮމެންޓް ނުކޮއް ކަރަންޓް ބިލް ބާލާބަލަ ކިތައް ދުވަސްތޯ އިނީ.

        • ޚަނު

          ބައްލަވާ ސްޓެލްކޯ ސްޓާފުންނަށް ބޯނަސްއެއްނުދޭ

  2. ބޮނޑި

    ކޮންމެވެސް އެއްޗެކޭކިޔަގެން ލާރި ނަގާއަދަދު ހެސްކިޔާ ގިނަވާނެ. ރައްޔިތަކަށް މިސަރުކަރު އައުމުންވަ ފައިދާއެއް ހަތްހަރާމުން ހަރާމް. ކޮބައިތަ ސަރުކާރުގެ ޢިމާރާތްތަކުގެ ރުރާޅުތަކަށް ނަގަފަހުރި އަވިން ހަކަތަ އުފައްދާ ޕެނަލްތަކުން ނެގޭހަތަ އޭގެން ނެގޭހަކަތައިން ކޮންމެވެސް މިންވަރެއްގެ ލުޔެއް ކަރަންޓު ބިލުތަކަށް ގެނެވޭނެއެއްނު! ނަމަވެސް މިމީހުން މިކުރާކަމަކީ ބޮޑުންތައް އެބައިވެސް ދިރުވަލަނީ! ރައްޔިތުން އަތުން ހެސްކިޔަފަލަރިނަގަނީ، މިހާރު ސައިކަލު ޓޯޔާޑަށް ގެންގޮސްގެން ރައްޔިތުން ފެލަންފެށީ ނޫނޭވާ ހެޔޮފުޅު ސަރުކާރެއްމީ!

  3. ކެރީމާ

    ދެން ކީއްވެ ފިނި މޫސުމުގައި ބިލް ކުޑަނުވަނީ މޮޅުވާހަކަ ނުދައްކާ އަހަރެންގެ ގޭގައި ފިނި މޫސުމުގައި ޖެއްސި އޭސީ އަދިވެސް އަދި ބެހެއްޓި އައިސް އަލަމާރި އެހުރީ ޖައްސާފައި

  4. ާަރައީސް

    ކޮންތާކު ތިޔަތަނުން ރައްޔިތު މީހާ އަތުން ފައިސާ ގިނައިން ނަގަން ކުރާ ކަމެއްތީ ސުވާލަކީ ތިބުނާ ހޫނު މޫސުން މިދިޔަ އަހަރުގަ ނައީ ކީއްވެހޭ. މިދިޔަ އަހަރު މިމަސްތަކުގަ މިގެއައް އެރިވަރަށްވުރެ ދެ ގުނަ އިތުރަށް މިއަހަރު ބިލްގަ އަރާފަ އެބައޮތް. ޢެއްކޮޓަރި އެޕާޓްމެންޓަކަށް 1000-1500 ދެމެދު އަގުތަކަކުން ބޮޑުކޮށްފަ ހުރީ އެކަމް ހެއްވާ ކަމަކީ ތިން ކޮޓަރި އޭސީ ހުރި ތަނަކަށްވެސް އެރީ އެން 256 ވަރަށް ކަން ހެއްކާ އެކު މިބުނަނީ ރައްޔިތުން އަތުން ވަގު ހަދައިން ރުފީޔާ ކައިކަން އަދި މި އިގެނީ . މިހެން ކިތައް ގެއިންތޯ ހޫނު މޫސުނޭ ކިޔާ ހަރާން ރުފިޔާ ކަނީ...ސަރުކާރުން މިކަން ވަރަށް ރަނގަޅަށް ބެލުން އެދެން

  5. ކަރަންޓު ބިލް

    މޮޔަ ސޮރު ކަލޭތީ ހަމަ އަސްލުވެސް މޮޔައެއް ، ބޭފުޅާގެ އިންނާނީ ހަމައެއްމެ އަނގައެއް އެކަމަކު ފިނިދުވަހަކު ފިނިތަނެއްގަ ވަގުތު ހޭދަކުރާއިރު ބޭފުޅާ ފެންބޮވާލެއް މަދުވާނެ އެހެނަސް ހޫނު ގަދަ ދުވަހަކު ހޫނުގަދަތަނެއްގަ ވަގުތު ހޭދަކުރާއިރު ބޭފުޅާ ފެންބޮވާލެއް ގިނަވާނެ ، ބޭފުޅާގެ އެއްމެ އަނގައެއް އިންނައިރު ކީއްވެ މިހެން ވާންވީ ބުނެބަލަ.....

  6. ނަސީމު

    މޫސުމަށް އައްނަ ބަދަލަކުން އެއަރ ކޯން ބޭނުންކުރާ ގޮތަކުން މީހަކު ނިދާގޮތަކުން ކަރަންޓު ބިލް ބޮޑެއްނުވާނެ އަދި ކުޑައެއް ވެސް ނުވާނެ ކަރަންޓު ބިލް އެއްސައިޒަކަށް ހަދާފަ ގޭގެއަށް ދޭތާ ފަންސާސް އަހަރުވެއްޖެ....

  7. ހުމުދު

    ބޮނޑި މެން ތި ތިބެނީ ހަމާގަތަ މިގައުމަށް ވިނިވަންކަން ލިބުނުތާފަންސާސް އަހަރުވެއްޖެ އަތޮޅު ތެރޭ ރަށްރަށާ މާލެޔާ ކަރަންޓުގެ އަގު ހަމަ ހަމަ ކޮށްލަން ކެރުނު ހަމަ އެކަނި ރައީސަކީ ރައީސް ޔާމީން ، ކަލޯމެން ތިޔަބޭނުންވާ ކަންތަކެއްނުވާނެ ކަލޯމެން ބޭނުންވަނީ އިސްލާމު ދީންނޫން އެހެއްދީނެއް މިތާ ގާއިމުވުން ﷲ އިރާދަކުރެެއްވިއްޔާ އެކަމެއް ނުވާނެ.....

    • ރައްޔިތު

      ކަލޭ ކޮންމެ ކަމަކަށް ދީން ވައްދަނީ ކޮން މަގުސަދަކުތަ؟ ހަމަ ގޯސް ވިއްޔާ ގޯސް ހައްގު އައިސް ހަމަ ކުރާނެ އެދުވަހު ސީ މީ ފްލިޕިން ދަ ބާރޑް އެޓް ޔޫ އެންޑް ޔުއަ ފޮލޯވާސް

  8. ކުޑަބެ

    ޢިތުރައް އޮޅުންފިލުވަން ބޭނުމިޔްޔާ ސްޓެލްކޯ ގެ ކަމާބެހޭ މުއައްޒަފަކާއި ބައްދަލްކޮލައްވާ؟