ދިވެހިންގެ ފުރަތަމަ އަތަރު ބްރޭންޑް "އޫދު އަލް ސަބާޔާ"ގެ ކަސްޓަމަރުންނަށް އަނެއްކާވެސް މިއޮތީ އުފާވެރި ހަބަރެކެވެ.

އެއީ "އޫދު އަލް ސަބާޔާ"އިން މިވަނީ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށްޓަކައި އެކްސްޕްރެސް ހިދުމަތް ތައާރަފް ކުރަން ނިންމާފައެވެ. އެ ހިދުމަތް ތައާރަފްކުރެވުމާއި އެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ފަސޭހަ ކަމާއި އެކު "އޫދު އަލް ސަބާޔާ"ގެ ޕްރޮޑަކްޓްތައް ގަނެލެވޭނެއެވެ.

"އޫދު އަލް ސަބާޔާ"ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ޝަބީން މައުލޫމާތު ދެމުން ވިދާޅުވީ، އެކްސްޕްރެސް ހިދުމަތް ތައާރަފްކުރަން ނިންމީ ކަސްޓަމަރުންގެ ވަރަށް ބޮޑު އެދުމެއްގެ މަތިން ކަމަށާއި، ކަސްޓަމަރުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް އަބަދުހެންމެ އަންނަ ޝަކުވާއެއް އެއީ ކޮން އިރަކުންހޭ އެކްޕްރެސް ހިދުމަތް ތައާރަފްކުރާނީ. އަތޮޅު ތެރޭގައި ތިބޭ ފަރާތްތަށްވެސް އެބަ ބޭނުންވޭ އޫދު އަލް ސަބާޔާގެ ޕްރޮޑަކްޓްތައް ގަންނަން. އެހެންކަމުން އެފަދަ ފަރާތްތަކަށް އެކަން ކުރެވޭނެ މަގު އަޅުގަނޑުމެން މި ފަހިކޮށްދެނީ. އިންޝާ ﷲ އަޅުގަނޑުމެންގެ ހުރިހާ ޕްރޮޑަކްޓަކަށްވެސް ލިބެމުން އަންނަ ތަރުހީބު ވަރަށް ބޮޑު" ޝަބީން ވިދާޅުވިއެވެ.

ޝަބީން ވިދާޅުވީ، އޫދު އަލް ސަބާޔާގެ ފޭސްބުކް ޕޭޖަށް ބޭނުންވާ ޕްރޮޑަކްޓެއްގެ ފޮޓޯ ފުނުވުމަށް ފަހު އެ ފަރާތުން ދޭ އެކައުންޓް ނަންބަރަކަށް ފައިސާ ފޮނުވުމުން އެއް ގަޑިއިރު ތެރޭގައި މާލެ، އަދި ހުޅުމާލެއަށް އެ އެއްޗެއް ޑެލިވަރ ކޮށްދޭނެ ކަމަށެވެ. ޝަބީން އިތުރަށް ވިދާޅުވީ، އެކްސްޕްރެސް ހިދުމަތް 100ރ އިން މަތީގެ ވިޔަފާރިއެއް ކުރައްވާ ކޮންމެ ފަރާތަކަށްވެސް ލިބޭނެ ކަމަށެވެ. އަދި ރަށްރަށުގައި ތިބޭ ފަރާތްތަކުންވެސް އެގޮތަށް ފައިސާ ޖަމާ ކުރުމުން، ފެރީ ނުވަތަ ލޯންޗް ފަދަ އެއްޗެއްސަށް ޑެލިވަރކޮށްދޭނެ ކަަމަށް ޝަބީން ވިދާޅުވިއެވެ.

"އޫދު އަލް ސަބާޔާ"އިން އެކްސްޕްރެސް ހިދުމަތް ތައާރަފްކުރާނީ އަންނަ މަހުގެ 1 ވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހު އޫދު އަލް ސަބާޔާގެ ކަސްޓަމަރުންނަށް އެ ހިދުމަތް ލިބޭނެއެވެ.

އޮންލައިން ޕޭޖަކުން ފެށި "އޫދު އަލް ސަބާޔާ" އަކީ މިއަދު ދިވެހިންގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ބްރޭންޑެެކެވެ. ދިވެހިންގެ ފުރަތަމަ އަތަރު ބްރޭންޑްގެ އިތުރުން "އޫދު އަލް ސަބާޔާ" އަކީ ދިވެހިންގެ ފުރަތަމަ އަތަރު ޕާފިއުމް އަދި އަތަރު ލޯޝަންގެ އިތުރުން އަތަރު އެއަރފްރެޝަނަރ ބްރޭންޑްވެސް މެއެވެ.

"އޫދު އަލް ސަބާޔާ" ގެ އުންމީދަކީ މުސްތަގުބަލުގައި ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ އަތަރު ބްރޭންޑަކަށް ހަދައި ދުނިޔޭގެ ކޮންމެ ހިސާބަކުން "އޫދު އަލް ސަބާޔާގެ" ޕްރޮޑަކްޓްތަށް ގަނެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމެވެ.

އޫދް އަލް ސަބާޔާގެ މާލެ ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގުގައެވެ. މި ބްރޭންޑްގެ ފިހާރައެއް އައްޑޫގައި ވެސް ހިންގަމުންދެއެވެ. އަދި އޫދް އަލް ސަބާޔާގެ ޕްރޮޑަކްޓްތައް ރީޓެއިލްކޮށް ހުޅުމާލެ ޝަރޫ މާޓުން ލިބެން ހުންނާނެއެވެ. އޫދް އަލް ސަބާޔާއާ ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ.