ޕިއްޒާ އަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ކެއުމެވެ. މިއީ ހުރިހާ އުމުރުފުރާއެއްގެ މީހުންގެ މެދުގައިވެސް ދެގޮތެއް ނުވެ މަގުބޫލުކަމާއެކު ހިނގަމުންދާ ކެއުމެވެ. ޕާޓީއަކަސް ގެޓް ޓު ގެދަރ އަކަށްވިޔަސް ޕިއްޒާ ވަރެއް ހަމަ ނޯވެއެވެ.

މާލޭގެ ގިނަ ރެސްޓޯރެންޓު ތަކުން ޕިއްޒާގެ އެކި ބާވަތްތައް ގަންނަން ލިބެއެވެ. އެތަނެއްގެ މެނޫގައި އަމިއްލަ "ސްޕެޝަލް" ޕިއްޒާއެއް ހިމަނާފައި ނުވާ ތަނެއް މަދުވާނެއެވެ. މިހެން ގޮސް ޕިއްޒާގެ ވާހަކަ ކިތަންމެހާވެސް ދެއްކިދާނެއެވެ. ނަމަވެސް މިއީ ރާއްޖޭގެ ރެސްޓޯރެންޓް ވިޔަފާރިތަކަށް ގޮން ޖަހާލުމަށް އަލަށް މާކެޓާ ގުޅުނު ޕިއްޒާ ރެސްޓޯރެންޓެއްގެ ވާހަކައެވެ.

ހުޅުމާލޭގައި ހުންނަ "ޑްރީމްސް ޕިއްޒާ" ރެސްޓޯރެންޓަކީ މީގެ ކުރިން މުޅި ރާއްޖެ އެ ފިހާރައެއްގެ ނަން މަޝްހޫރުވި "ޑްރީމްސް މޯބައިލް" ފިހާރައިގެ ވެރިޔާ، އިިބްރާހިމް ހުސައިން، މަޝްހޫރު ނަމުންނަމަ އިއްބެގެ އަމިއްލް ޕިއްޒާ ރެސްޓޯރެންޓެވެ.

އިއްބެ އަކީ ފުޅާ ދާއިރާއެއްގައި ފޯނުގެ ވިޔަފާރި ކުރި ބޭފުޅެއް ކަމުން ކުއްލިޔަކަށް މިފަދަ ކަމެއް ފެއްޓުމަކީ ސުވާލު އުފެދުނު ކަމެކެވެ. އިއްބެ ވިދާޅުވީ "ޑްރީމްސް ޕިއްޒާ" އަކީ އޭނާގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށާއި، ޕިއްޒާ އަކުން އަސްލު ކަސްޓަމަރުންނަށް ފޯރުކޮށްދޭން ޖެހޭ މީރު ރަހަ ކަސްޓަމަރުންނާ ހަމަޔަށް ފޯރުކޮށްދިނުމުގެ ނިޔަތުގައި، އޭނާގެ ވިޔަފާރީގައި އެޅުނު އާ ބިންގަލެއް ކަމަށެވެ.

ޑްރީމްސް ޕިއްޒާ އާއި ޑްރީމްސް މޯބައިލް އަކުން އިއްބެގެ ވިޔަފާރި ނިމުނީއެއް ނޫނެވެ. އިއްބެގެ "ޑްރީމްސް ގްރޭންޑް" ނަަމަކަށް ކިޔާ ގެސްޓު ހައުސްއެއްވެސް ހުރެއެވެ. އަދި "ޑްރީމްސް ޑައިނަރ" ނަމަކަށް ކިޔާ ރެސްޓޯރެންޓެއްވެސް ހުރެއެވެ.

އިއްބެ ވިދާޅުވި ގޮތުގައި އުމްމީދަކީ އެ ވިޔަފާރި އަދިވެސް އިތުރަށް ފުޅާކުރުމެވެ.

މިފަހަރު އިއްބެގެ ކާމިޔާބީގެ ފަހަތުގައި ހުންނެވީ ހަމައެކަނި އިއްބެއެއް ނޫނެވެ. އަޅުގަނޑު މެންނަށްވެސް އިއްބެގެ ޑްރީމްސް ޕިއްޒާ ރެސްޓޯރެންޓަށް ވަދެލައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުނެވެ.

ޑްރީމްސް ޕިއްޒާގެ ތެރެއިން ފެނިގެން ދިޔައީ ޒަމާނީ ކުލަގަނޑެވެ. އެތަން ފަރުމާކޮށް އަތުރާލައިފައި ހުރީ އެފަދަ ދެވަނައެއް ނެތް ހެނޭ ބުންޏަކަށް ދޮގަކަށް ނުވާނެއެވެ. އިއްބެގެ ޑްރީމްސް ޕިއްޒާގެ މޭޒުތަކާއި، ތަނުގެ ފާރުގައި ހުރި ކުރެހުންތަކާއި، އިތުރަށް އެތަން ފުރިހަމަ ކުރުމަށް ބޭނުންކޮށްފައިވާ ތަފާތު އެކި ބާވަތް ބާވަތުގެ ތަކެއްޗަކީ ވަރަށް ޅަ ސިކުނޑިއަކުން ކޮއްފައި ހުރި ފުރިހަމަ މަސައްކަތެކެވެ. އެއީ އިއްބެގެ ފިރިހެން ދަރިފުޅު މުހައްމަދު ކިއާން އިބްރާހިމްގެ ވިސްނުމަށް ކޮށްފައިވާ ކަންކަމެވެ.

ޑްރީމްސް ޑައިނާ/ ފޮޓޯ : ވަގުތު އިމޭޖަސް މުހައްމަދު ހައްޔާން

ޑްރީމްސް ޕިއްޒާ އަކީ އެތަނުގެ ހިދުމަތްތަކާ ތައްޔާރުކޮށް ވިއްކާ ބާވަތް ބާވަތުގެ ޕިއްޒާތަކުގެ ސަބަބުން ނުގޮސް ދޫކޮށްލެވޭނެ ތަނެއް ނޫނެވެ. ޑްރީމްސް ޕިއްޒާ އަކީ ޖީބަށް އެހާމެ ލުއި އަދި އަނގަޔަށް މީރު ޕިއްޒާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި ކުޅަދާނަ ރެސްޓޯރެންޓެކެވެ. މި ރެސްޓޯރަންޓުތައް ހުންނާނީ ހުޅުމާލޭ ނިރޮޅު މަގުގެ 13 ވަނަ ގޯޅީގެ ކަނާތްފަޅީގައެެވެ. ނުވަތަ "ބޮމްބޭ ދަރުބާރު"ގެ ފުރަގަސް މަގުގައެވެ.

މި ހުރިހާ ފުރިހަމަ ކަންކަމަކާއި އެކު ޑްރީމްސް ޕިއްޒާ އަދި ގްރޭންޑް އަކީ ކަސްޓަމަރުން ބަލައިގަންނާނެ ފަދަ، ކޮލިޓީ ރަނގަޅު، މީރު ރަހަތަކެއް ތަޖްރިބާ ކޮށްލަން ލިބޭނެ ތަނެއްކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. ތަޖުރިބާ ކޮށްލަން ބޭނުންފުޅު ވާނަމަ އަމިއްލަ އަށް މިތަނަށް ދުރުވެ، ކެއުމަށް އިންސާފު ކޮށްލާށެވެ.