އެސްޓީއޯގެ މި އަހަރުގެ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން އެސްޓީއޯ ސުޕަމާޓުގައި މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ.
އެސްޓީއޯ ސުޕަރމާޓުން ކުރައްވާ -/300 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާ، މިޕްރޮމޯޝަންގެ އެންމެ ޚާއްސަ އިނާމަކީ؛ 1 އަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯ ސުޕަރމާޓުން ވިޔަފާރިކޮށްލެވޭ ވައުޗަރެކެވެ. މި އިނާމް ގުރުއަތުން ހޮވޭ 3 ފަރާތަކަށް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މީގެ އިތުރުން، ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރި ކަސްޓަމަރަކަށް، އެސްޓީއޯ ސުޕަރމާޓުންް ރާއްޖެއަށް އެތެރެކޮށް މާރކެޓް ކުރަމުންދާ ބްރޭންޑުތަކުން ހަދިޔާ ކޭސް ލިބިގެންދާނެވެ. އަދި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު، މިޕްރޮމޯޝަންގެ ތެރެއިން ރޯދަމަހަށް ހާއްސަ ހަދިޔާ ތަކަކާއި އެކު، ކަރައެއް ނަސީބުވެރި ކަސްޓަމަރަކަށް ލިބިގެންދާނެއެވެ. އެގޮތުން ކޮންމެ ދުވަހަކަށް ހާއްސަ ކުރެވިފައިވާ ހަދިޔާ ކޮންމެ ހަފްތާއަކުވެސް ބަދަލުވެގެންދާނެއެވެ.
މިޕްރޮމޯޝަންގައި ރަމަޟާންމަހަށް ބޭނުންތެރި ކާބޯތަކެތީގެ އިތުރުން ތަފާތު ވައްތަރުގެ ޕްލާސްޓިކް އަދި ބިއްލޫރި ތަށީގެ އިތުރުން ގިނަ އަދަދެއްގެ ބަދިގެ ސާމާނު ލިބިގެންދާނެއެވެ.
އެގޮތުން ތަފާތު ވައްތަރުގެ ޕްލާސްޓިކް ކޮންޓެއިނަރ، ތަށި އަދި ބޯތަށި، ބާސްކެޓް، ޑިސްޕޯސަޕަލް ތަށި އަދި ކެއްކުމަށް ބޭނުންކުރައްވާ އެތައް ސާމާނެއް އެސްޓީއޯ ސުޕަރމާޓް ރަމަޒާން ބާޒާރުން ހެޔޮއަގުގައި ލިބިގެންދާނެއެވެ.
އެއަރޕޯރޓުގައި ހުޅުވި ފިހާރައިގަ ތަކެތި އިންތިހާޔަށް އަގުބޮޑު. ާމާލޭގައި އާންމު ފިހާރަ ސުޕަމާރޓް އަކަށް ވުރެން 10ރުފިޔާ އަގު ބޮޑު އެއްޗެހިވެސް އެބަހުރި.
ޢެއަރޕޯޓު ފިހާރައިގަ ވަރަށް އަގުބޮޑު.