މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ އުންމީދީ ޕްރޮޖެކްޓް؛ ޖާބިރު ބީޗް ކްލަބް އަދި ޖާބިރު ޑްރީމް ކްލަބް އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު، ހުޅުވަން ތައްޔާރުވެއްޖެއެވެ.

ޖާބިރު މި ހޮޓަލް ނުވަތަ ރިސޯޓް ހަދަމުންދަނީ ކުރިން އެރަށު ކާޒާމިއާ ހިންގި ގެސްޓް ހައުސްގައެވެ. އެ ގެސްޓް ހައުސްއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެތަނުގައި ޖުމްލަ 75 ކޮޓަރި ހިމެނޭ އިރު ޖާބިރު އެތަން ސިފަ ކުރައްވަނީ "ހަލާލް ހޮޓަލް"އެއްގެ ގޮތުގައެވެ. ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރާ، އެތަން ހެދުމަށް ނިންމާފައިވަނީ ހަތަރު ތަރީގެ ޚިދުމަތް ލިބޭ ތަނެއްގެ ގޮތުގައި ކަމަށް ވާއިރު އެތަނުން، ސައުވީސް ގަޑި އިރު ޚިދުމަތް ލިބެން ހުންނާނެ ކަން ފާހަގަކޮށްލެވެއެވެ.

ޖަބިރު ބީޗް ކްލަބް މަރާމާތް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މީގެ އިތުރުން ޖާބިރު ޑްރީމް ކްލަބްގައި 150 ކޮޓަރި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަގުތު"އާއި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ މި ދެ ތަނަކީ ދިވެހި ފަތުރުވެރިކަމަށް އިންޤިލާބެއް ގެނުވާނެ ދެ ތަން ކަމަށެވެ.

"މި ދެ ތަންވެސް ހުޅުވާލީ ޖުލައި 26ގައި. އެއީ ދިވެހިންގެ މިނިވަން ދުވަސް ނޫންތޯ. އެއީ ވަރަށް ޙާއްޞަ ތާރީޚެއް ނޫންތޯ އެހެންވީމަ. ދެ ތަން ވެސް ހުޅުވާނީ 26ގައި. ޑްރީމް ހޮޓެލް މި ގެންދަނީ ދެ ފޭސް އަކަށް ބަހާލާއިގެން. 150 ރޫމް ހުންނާނެ އެތާގަވެސް. މިއީ ދިވެހި ޓޫރިޒަމްގެ މުސްތަގްބަލް ބަދަލުކޮށްލާނެ ތަނެއް. ދިވެހިންނަށްވެސް އާދެވޭނެ އިނގޭތޯ. އެންޓަރޓެއިންމެންޓާއި މިހެންގޮސް ބައިވަރު ތަފާތު ކަންކަން އޮންނާނެ އެތާ. ގެސްޓުންނަށްވެސް ވަރަށް ހިތްގައިމު ތަނަކަށް މިތަން ވާނީ"

ޖާބިރު ބީޗް ކްލަބްއާއި ޑްރީމް ކްލަބްގެ އިތުރުން، ރަށުގެ ރައްޔިތުންނަށާއި، ރަށަށް އަންނަ ގެސްޓުންނަށް ފައިދާ ކުރާނެހެން އެތައް ޚިދުމަތްތަކެއް ރަށުގައި ޤާއިމް ކުރުމުގެ ވިސްނުން ހުރިކަން މީގެ ކުރިން ޖާބިރު ވަނީ ހާމަކުރައްވާފައެވެ.

ޖާބިރު ޑްރީމް ކްލަބް ހިންގާ ފިނޮޅު - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެގޮތުން، ބީޗް ކްލަބުގެ ފަހަތުގައި އޮތް ބިމުގައި ރަށުގެ ރައްޔިތުންނަށްވެސް ފައިދާވާނެހެން އެހެނިހެން ފެސިލިޓީސް ގާއިމް ކުރުމުގެ ވިސްނުންވެސް އެބަ ހުރި ކަމަށް ޖާބިރު ވިދާޅުވިއެވެ.

ހަމައެހެންމެ، މިރަށުން ރިސޯޓް ސަޕްލައި ލިބޭނެ ގޮތް ހެދުމާއި، ތެޔޮ ލިބޭނެ ގޮތް ހެދުމަށް ޖާބިރު ވަނީ ވިސްނަވާފައެވެ. އަދި މިރަށުގައި ލައުންޑަރީ ސާވިސް ގާއިމް ކުރުމާއި، ރަށުގައި ހިންގާ އެހެން ގެސްޓް ހައުސްތަކުގެ ލައުންޑްރީވެސް އެތަނުން ކުރެވޭނެ ގޮތް ހެދުމަކީ އޭނާގެ އުންމީދެކެވެ.

މީގެ އިތުރުން، ޢާއްމުންނަށް ބޭނުން ކުރެވޭނެހެން ޕޫލެއް އަޅައި، މޫދުގައި ވޯޓާ ޕާކެއް އެޅުމަށް ބޭނުންވާކަމަށް ޖާބިރު ވަނީ މީގެ ކުރިން "ވަގުތު"އަށް ދެއްވި އިންޓަވިއުއެއްގައި ހިއްސާކުރައްވާފައެވެ. އެތަނަކީ އެއީ ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް އެންމެންނަށް ވެސް އެރެވޭނެހެން ޤާއިމް ކުރާ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    މިގައު މުގަތިބޭނީ މަޝްހޫރު ވިޔަފާރިވެރިން ދައުލަތަށް ޓެކްސްނުދައްކާ ދައުލަތުގެ ބިންބޭނުންކާ މުދާބޭނުކުރާ..ޓެކްސްދައްކާ ކަން މަތީފިހާރަވެރިޔާ އިދަޖެހެނީއަބަދު...ރައްޔިތުންގެ އަސާސީހައްގުތަކަށް ހުންނަފައިސާގަބައްދައިގެންތިބޭ މިކަހަލަ މަޝްހޫރު ވިޔަފާރިން ވެރިކަ މަށްވެސް ވާދަކުރާނެ ވެރިކަންތަ ވައްޓާނެ ހުރިހާކަ މެއްގަ ދަނޑިބާނާނެ..

    17
    1
  2. ހަސަނު

    މުޅި ޙަބަރު ކިޔާ ނިމުނު އިރުވެސް ކޮން ރަށެށް ކަމެއް ނޭނގުނު!

    27
  3. ހޮނޑާފުށިވެލިމޫނު

    އެންމެމުހިންމު ސުވަލު ޖާބިރާ ކޮއްފަނުވާކަން އެނގޭ އެސުވާލަކީ ދިވެއްސަކައް 2000 ޑޮލަރުގެ މުސާރައެއް ދީގެން ބިދޭސީންގެ ވަކިތަކުން ޓުވެރިޒަމް ސެކްޓަރ ސަލާމަތް ކުރުމުގެ ވިސްނުން ހުރިތޯ ޖާބިރު ބުނިއަޑުއިވޭ ކީއްވެތޯއޭ މަސްވެރިޔަކައް 2000 ޑޮލަރު ނުދެވެންވީ ޓުވެރިޒަމްނޫންތޯއޭ ދިވެހިންގެ ލޭނާރައް ވެފަމިހާރުމިއޮތީ މަސްހުސްވުމުގެ ކުރިން މުސާރަނުދެވޭ ދިވެހި ރިސޯޓު އޯނަރުން ނަކައް އެއާހިލާފައް މަހުގެ 25 ގަ ބޭރު އޯނަރުން ބޭންކައް މުސާރަ ފޮނުވާ ވީމާ ދެނއފަހަރަކުން ޖާބިރާ މިސުވާލު ކޮއްލާތި

    17
    1
  4. ދާއޫދު

    ކޮން ރަށެއްގެ ބައެއްގެ ވާހަކަބާ މި ދައްކަނީ؟ އެބުނާހެން މި ޚަބަރު ކިޔާ ނިމުނު އިރުވެސް އެ ދައްކަނީ ކޮން ރަށެއްގެ ވާހަކަ ކަމެއް ނޭންގުނު!