ރާއްޖޭގެ އެންމެ ގިނަ ޑްރައިވަރުން ބޭނުން ކުރަމުންދާ ޓެކްސީ ބުކިން މޯބައިލް އެޕްލިކޭޝަން ކަމުގައިވާ "އަވަސް ރައިޑް"ގެ ޚިދުމަތް ރާއްޖޭގެ އެންމެ ބޮޑު ލިންކް ރޯޑު އޮންނަ ލާމު އަތޮޅުގައި ތައާރަފުކޮށްފިއެވެ.

ޓެކްސީގެ ހިދުމަތްދޭ މޯބައިލް އެޕްލިކޭޝަނެއް ކަމުގައިވާ "ޢަވަސް ރައިޑު" ގެ ހިދުމަތް ލާމު އަތޮޅުގައި ތައާރަފްކޮށްފައިވާ އިރު އެ ސިޓީގައި ދަނީ މި އެޕްލިކޭޝަނަށް މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުންނެވެ. ލާމު އަތޮޅުގެ އިތުރުން މި އެޕްލިކޭޝަނުގެ ހިދުމަތް މާލެ، ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި ގިނަބަޔަކު މިހާރު ބޭނުންކުރެއެވެ.

މި އެޕްލިކޭޝަން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައެވެ. އަވަސް ރައިޑު މެދުވެރިކޮށް ކާރުގެ އިތުރުން، ވޭން، ލޮރީ، ޕިކަޕާއި ސައިކަލުވެސް އޯޑަރު ކުރެވެއެވެ. އަދި ޓެކްސީ ބޯޑު ނުޖަހާ ޕްރައިވެޓް ކާރުތަކަށްވެސް ދަތުރުތައް ނެގެއެވެ. ޓްރާންސްޕޯޓު ގަވާއިދު ބުނާގޮތުން، އަމިއްލަ ކާރުތަކަށް އަގު ނަގައިންގެން ހިދުމަތް ދެވޭނީ އެ މިނިސްޓްރީއިން ހުއްދަ ދީފައިވާ މިފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް އެކަންޏެވެ. އަވަސް ރައިޑަކީ ރާއްޖޭގެ މިފަދަ އެންމެ މަޤްބޫލު އެޕްލިކޭޝަނެވެ އަދި މުޅި ރާއްޖެއަށް މިހާރު އެންމެ ފުޅާ ދާއިރާއެއްގައި މިޙިދުމަތް ދެމުން އަންނަ އެޕްލިކޭޝަންއެވެ.

""އަވަސް ރައިޑް" ގެ ސީއީއޯ ޔާނިއު ރަމީޒް ވިދާޅުވީ ލާމު އަތޮޅުއަށް "އަވަސް ރައިޑް" ތައާރަފް ކުރަން ނިންމީ ދިގު މުއްދަތަކަށް ޓެސްޓު ކުރުމަށްފަހު، އެސަރަހައްދުގައި ފަސޭހައިން ޙިދުމަތް ދެވޭނޭގޮތަށް އެޕްލިކޭޝަން ފައްކާ ކުރުމަށފަހުއެވެ، އަދި ލާމު އަތޮޅަށް ބޮޑު އަހައްމިޔަތުކަމެއްދީ އަވަހަށް ހިދުމަތް ފަށާފައިމިވަނީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިންކަމަށެވެ.

"ލާމު އަތޮޅުގައި ވަރަށް ބޮޑު ތަރުހީބެއް އެބައޮތް މިކަމަށް، ޒުވާނުންވެސް ވަރަށް ބޮޑަށް އެދެމުން ދިޔައީ ސައިކަލު ޓެކްސީ ތައާރަފްކުރަން"
ޔާނިއު ވިދާޅުވީ ގޮތުގައި "އަވަސް ރައިޑް" އިން ލާމުގެ ދަތުރުފަތުރަށް ބޮޑު އިންގިލާބެއް ގެނުވާނެއެވެ. އަދި އެޕްލިކޭޝަން ބޭނުންކޮށްގެން މިހާރު ދަތުރު ކުރަމުން އަންނަ އަގުތަކަށް ވުރެން ރަނގަޅު އަގުތަކަށް ދަތުރު ކުރެވޭނޭކަމަށް ޔާނިއު ވިދާޅުވިއެވެ.

ލާމު އަތޮޅުއަށް ހިދުމަތް ދިނުމަށްޓަކައި "އަވަސް ރައިޑު" އިން މިހާރު ވަނީ އެޕްލިކޭޝަނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ޑްރައިވަރުންނަށް ހުޅުވާލާފައެވެ.

ޒަމާނަށް އައި ބަދަލާއެކު، އޮންލައިން އެޕްލިކޭޝަން ބޭނުންކޮށްގެން ޓެކްސީ ހޯދުން ރާއްޖޭގައިވެސް ދަނީ މަޑު މަޑުން އާންމުވަމުންނެވެ. "އަވަސް ރައިޑް" އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޓެކްސީ ފްލީޓެވެ. މިގޮތުން އަވަސް ރައިޑު ފްލީޓުގައި މިހާރު ޙިދުމަތްދޭ ވެހިކަލްގެ އަދަދު 2500 އާއި ކައިރިކުރެއެވެ.

"އަވަސް ރައިޑް" ގެ ޑްރައިވަރަކަށް ވުމަށް އެ އެޕްލިކޭޝަން އެޕްލް ސްޓޯ އިން ނޫނީ ގޫގުލް ޕްލޭ ސްޓޯ އިން ޑައުންލޯޑުކުރެއްވުމަށް ފަހު އެޕްލިކޭޝަންގައި އިންނަ ފޯމު ފުރާލެއްވުމުން ޑްރައިވަރެއްގެ ގޮތުގައި ރެޖިސްޓްރީ ކުރެވޭނެއެވެ. މިގޮތުން، ޑްރައިވަރުގެ މައުލޫމާތު، ލައިސަންސް ކާޑު ހިމެނޭ ގޮތަށް ފޯރުކޮށްދޭންވާނެއެވެ. އަދި ކާރުގެ މައުލޫމާތާއި، ޑްރައިވަރުގެ ފޮޓޯ އެޕްލިކޭޝަނަށް ލުމަށްފަހު، 7262929 އަށް ގުޅައިގެން އެކައުންޓު އެކްޓިވޭޓް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ރޮނާ

  ފައްކާ!! ޝުކުރިއްޔާ އަވަސް ރައިޑް ތީ ހަމަ ބެސްޓް

 2. ށަރީ

  ކޮއްމެކަމެއްގައިވެސް އުތު ރާއިދެކުނުގެ ތަފާތު އެބަ
  ފެނޭ!!!

 3. ޝާހް

  ލާމަށް އައުމަކީ ބޮޑު އުފަލެއް! ވަރަށް ބޭނުންތެރި ހިދުމަތެއް! އަވަސް ރައިޑަށް ކުރިއެރުމަށް އެދެން