މިހާރު ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19 އާއި ގުޅުވައިގެން ރެޑްވޭވުން ހޭންޑް ސެނެޓައިޒާސް އަގުބޮޑުކޮށް ވިއްކަމުންދާކަމަށް ދެެކެވެމުންދާ ވާހަކަތައް ރެޑްވޭވްގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ، އެ ކުންފުނީގެ ފިހާރަތަކުން ސެނެޓައިޒާގެ އަގު ބޮޑުކޮށްފައިވާކަމަށް ދައުރުވަމުންދާ ޕޯސްޓަކާއި ގުޅިގެން ފޭސްބުކްގައި ޖެހި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އެ ކުންފުނިން ސެނެޓައިޒާ އަގު ބޮޑުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.
ޝުޖާއު ވިދާޅުވީ، ރެޑްވޭވުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ކަމަށާއި، މާކެޓުގައި ތަކެތީގެ އަގު މައްޗަށް ނުގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ރީޓެއިލް ޗެއިންއަކީ ރެޑްވޭވް ކަމަށެވެ.
https://www.facebook.com/ibrahim.shujau.92/posts/10157302553897695
"ރެޑްވޭވެގެ އަމާޒަކީ އަބަދުވެސް ދިވެހި ރައްޔިތުންގެ ޖީބަށް ލުއި ހޯއްދަވައިދެއްވުން. އަދި ތަކެތީގެ އަގު މައްޗަށް ނުގެންގޮސް އެއް ހަމައެއްގައި ހިފެހެއްޓުން". ޕީއެންސީގެ ނައިބް ރައީސްކަން ކުރައްވާ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވަނީ މި ދަނޑިވަޅުގައި ރައްޔިތުންގެ ހިތްތައް ނުތަނަވެސްކޮށް ރެޑްވޭވްއަށް ރައްޔިތުންގެ މެދުގައި އޮތް ލޯތްބާއި، އިތުބާރު ގެއްލުވާލުމަށް މަސައްކަތްކުރާ ފަރާތްތަކުން ފަތުރާ ހަބަރުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ސެނިޓައިޒާ ހިލޭ ބެހުން ކިހިނެއް ވާނީ މިފަދަ ދަނޑިވަޅެއްގަ، މާކެޓިންގްއަށް ވަރަށް ފައިދާ ވާނެ
އެވިއްކާ ރަނގަޅު އަގު ނުބުނެވުނެއްނު އެވަރުންވެސް
ރާހުރި ސެނިޓައިޒާތަ؟
އެންމެ ނުބައި ވިޔަފާރި އަކީ ބޮޑު ބައްޔެއްގެ ވަގުތު މުދަލުގެ އަގު ބޮޑުކުރާ ވިޔަފާރި