މެކްސިކޯގެ ދެމަފިރިން ޗައިނާގެ ޝެންހާއީގައި ޓްރާންސިޓްކޮށްފައި ރާއްޖެ އައިއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެދެމަފިރިން ހިފެހެއްޓިއެވެ. އެއީ ޗައިނާގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުންދާތީ އެ ގައުމުން އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅުގެ ސަބަބުންނެވެ. ދެމަފިރިން ރާއްޖެ އަށް އައިއިރު، ދިވެހި ސަރުކާރުގެ އެ ނިންމުން މެކްސިކޯގެ ދެމަފިރިންނަށް އޮތީ އޭރު ނޭނގިއެވެ.

ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަން އައި ދެމަފިރިން މިދިޔަ މަހުގެ ހަތަރެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބުމާ އެކު، އެންގީ އެތެރެނުވެވޭނެ ކަމަށެވެ. އެއީ ރާއްޖޭގައި ހަނީމޫން ހޭދަކުރަން ދެމަފިރިން ދުށް ހުވަފެން ވިއްސި ވިހާލިވެގެން ދިޔަ ވަގުތުކޮޅެކެވެ. އެތައް އުންމީދުތައް ފަނޑުކޮށްލި ވަގުތެކެވެ. ދެމަފިރިން އޭރު އާދޭސް ކުރަމުން ދިޔައީ ރާއްޖޭގައި ދެ ދުވަހު ކަރަންޓީން ކުރުމަށް ފަހު ނަމަވެސް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލެވޭ ގޮތް ހެދުމަށެވެ.

އެމީހުންގެ އެ އާދޭސްތަކަށް ނިމުން ގެނެސްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އެރޭ ދަންވަރު، އަލީ ވަހީދު ދެމަފިރިންނާ ބައްދަލުކުރެއްވިއެވެ. އެމީހުން ސްރީ ލަންކާ އަށް ދިއުމަށާއި ދެ ދުވަސް ފަހުން އެނބުރި ރާއްޖެ އައުމަށް އަލީ ވަހީދު އެދިވަޑައިގެންނެވިއެވެ. އޭގެ ދެ ދުވަސް ފަހުން، އެ ދެމަފިރިންނަށް ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކޮށް ދިނީ ފައިވް ސްޓާ ރިސޯޓެއްގެ މާހައުލެވެ. ވީއައިޕީ ހިދުމަތެވެ.

ސްރީލަންކަން އެއާލައިންސްގައި ދެމަފިރިން ރާއްޖެ އައުމާ އެކު، އެމީހުންނަށް އެއާޕޯޓުގައި ކީ މާބޮނޑީގެ މަރުހަބާއެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުން ދެމަފިރިން ގެންދިޔައީ ބްލޫ ސްލިކެޓް ރިސޯޓަށެވެ. އެ ރިސޯޓުގެ ރީތިކަން ފެނިފައި އެމީހުން އަޖައިބުވިއެވެ. ރިސޯޓުންކީ މަރުހަބާ އިން އެމީހުން ހައިރާންކޮށްލިއެވެ. ވޯޓާ ވިލާގެ ކޮޓަރިއެއް ފެނިފައި އެމީހުން ދިޔައީ ސިއްސައިގެންނެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރެވެމުން އެމީހުން ތިބީ މާ ބޮޑަށް ވެސް ހިތްހަމަޖެހިފައެވެ. ރާއްޖޭގެ ރީތިކަމުގެ ވާހަކަ ރައްޓެހިންނާއި އާއިލާ ކައިރީގައި ދައްކާލަން ތިބީ ކެތްމަދުވެފައެވެ.

ރާއްޖެ އައި މެކްސިކޯގެ ދެމަފިރިން

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްގެ ވަބާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ ކުރިމަތިލާން ޖެހިފައިވާ އިރު، އެއީ އެ އިންޑަސްޓްރީ އަށް ލިބޭނެ ބޮޑު ގެއްލުމަކަށްވާނެއެވެ. އެކަމަކު ޓޫރިޒަމް މިނިސްޓަރާއި މުޅި ސަރުކާރުގެ އުއްމީދުތައް ހުރީ މާ މަތީގައެވެ. ގޮންޖެހުމުން އަރައިގަނެވޭނެ ކަމަށް އަލީ ވަހީދު ގަބޫލުކުރައްވައެވެ. އަލީ ވަހީދު ގަބޫލު ކުރައްވާ ގޮތުގައި ދިވެހިންނަށް ކުރިއަށް އޮތީ މާ އުފާވެރި ދުވަސްތަކެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ އިން މީހުން އައުން މަނާ ކުރީ މިދިޔަ ޖެނުއަރީ 31ގައެވެ. އެ މަހު އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ރާއްޖެ އައީ ވެސް ޗައިނާއިންނެވެ. އޭގެ ފަހުން ފެބްރުއަރީ މަހު ރާއްޖެ އަށް އެންމެ ގިނަ އިން އައީ އިޓަލީގެ ޓޫރިސްޓުންނެވެ. ކޮރޯނާވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރެމުން ދަނީ އިޓަލީގައި ކަމުން، އެ ގައުމުން ވެސް ރާއްޖެއަށް މީހުން ނާދެވޭ ގޮތަށް ސަރުކާރުން ހަމަޖެއްސިއެވެ. ދިވެހި ސަރުކާރާއި ޓޫރިޒަމް މިނިސްޓްރީން ފުރަތަމަ ވެސް އިސް ކުރީ ދިވެހި ހުރިހާ ރައްޔިތުންގެ ސަލާމަތަށެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ސަރުކާރުގެ އެ ހުރިހާ ނިންމުންތަކާ އެކުގައި ވެސް އަލީ ވަހީދުގެ އަޒުމަކަށް ގުޑުވައެއްނުލެވުނެވެ.

ޓޫރިޒަމް މިނިސްޓްރީގައި "ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުގައި އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރެވިފައިވާ އިރު، އެމީހުން ވެސް ތިބީ މި ބައްޔަށް ތައްޔާރުވެގެން ކަމަށެވެ. އެހެންވެ، ރައްޔިތުން ކުރަން ޖެހޭ ކަމަކީ ފަރުދީ ޒިންމާ އަދާކުރުން ކަމަށް ވިދާޅުވިއެވެ.

"މަގުމައްޗަށް ކުޅު ނުޖަހަންވީ. އަރިދަފުސް ފޮޅުމަށް ފަހު، އަތުން ސިޑީގައި އަތް ނުލާންވީ. ދޮރުގައި ނުހިފަންވީ. ކެއްސާއި ކިނބިހި އަޅާ ނަމަ، އޮފީހަށް ވެސް ނާންނަންވީ. އެމީހާ އަމިއްލަ އަށް ގުޅަންވާ ފޯން ނަންބަރަށް ގުޅަންވީ. ސާފު ތާހިރުވާންވީ. އަޅުގަނޑު ދެކޭ ގޮތުގައި މިކަހަލަ ހުރިހާ ކަމެއްގައި އޮންނާނީ ފަރުދީ ޒިންމާ އާއި އަގީދާގެ ވަރުގަދަ ކަން. މިއީ ހަމަ ގައުމީ އެއްބައިވަންތަކަން ދައްކަންވީ ވަގުތު،" ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގެ ކަންކަން އެންމެ ގާތުން ބައްލަވަމުން ގެންދަވާ އެއް ވަޒީރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު "ވަގުތަށް" އިންޓަވިއު ދެއްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އަލީ ވަހީދު ވިދާޅުވި ގޮތުގައި ސަރުކާރު ތައްޔާރުވެފައި އޮތީ ދިވެހިން އެކަންޏަކަށް ނޫނެވެ. ސަރުކާރު ތައްޔާރުވެފައި އޮތީ ރާއްޖެ އަށް އަންނަ ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ ވެސް ހައްގުގައި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ރަޖިސްޓްރީކޮށްގެން ތިބި މީހުން ވިޔަސް، ނުކޮށް ތިބި މީހުން ވިޔަސް، އިންސާނީ ކަރާމަތާއި ގަދަރު ހިފަހައްޓާނެ. އެހެންވީމަ އެ ހުރިހާ އެންމެންނަށް ބޭނުންވާ މެޑިކަލް ސްޓޮކް، ކާޑުގެ ސްޓޮކް، ކަރަންޓީނު ކުރަންވެއްޖެ ނަމަ، ކަރަންޓީނު ކުރަން މިތިބީ ތައްޔާރަށް،" އަލީ ވަހީދު ވިދާޅުވިއެވެ.

"ރާއްޖެ މިއޮތީ ތައްޔާރަށް. އަޅުގަނޑު އުފާ ކުރަނީ ރާއްޖޭގައި މި ނިންމުންތައް ނިންމީމަ ވެސް ރާއްޖެ އަންނަން ބޭނުންވެފައި ތިބީ އިޓަލީ މީހުންނާއި ޗައިނާ މީހުން ވެސް. ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލު ކުރާ ގޮތުގައި ރާއްޖޭގައިވި ތައްޔާރީތަކުން ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ދަތުރުކޮށްފައި ދާން އެންމެ ރައްކާތެރި މާހައުލު،"

އަލީ ވަހީދު ދެއްވި ޔަގީންކަމަކީ މި ކުރާ މަސައްކަތުން އަންނަ ސެޕްޓެމްބަރު-އޮކްޓޯބަރުގައި މީގެ ރީބައުންޑަކަށް ދެވޭނެ ކަމެވެ.

މެކްސިކޯގެ ދެމަފިރިން ރާއްޖޭގައި ކުރި ތަޖުރިބާއަކީ ޓޫރިޒަމްގެ ބޮޑު އިޝްތިހާރަކަށް ވަނީ ބަދަލުވެފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ޔޫޓިއުބް ޗެނަލްގައި ވީޑިއޯ އާންމުކުރުމާ އެކު، މިހާތަނަށް ހާހަކަށް ވުރެ ގިނަ މީހުން ވަނީ ވީޑިއޯ ބަލައިފައެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ރާއްޖެ އިސްތިހާރު ކުރަން ބޭނުން ކުރާނެ އެއް ވީޑިއޯއަކީ މެކްސިކޯ ދެމަފިރިންގެ ވާހަކައެވެ.

 

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. Anonymous

    މި އެމްޑީޕީ މީހުންނަށް ވެފަމިތިބޭ ގޮތެއްދޯ!މިއީ ޔާމީނުގެ ސަރުކާރެއްނަމަ މިއެމްޑީޕީ ބައިގަނޑު މިހާރު ތިބޭނީ މަގުމަތީގަ މުޒާހަރާގަ ރައްޔިތުންނަށް ކޮވިޑް ޖައްސައިފިއޭ ކިއާ ކަރުބުޑުން ހަޅޭއްލަވާލަ މިބައިގަނޑުގެ ކިބައިން ގައުމު ސަލާމަތްކުރައްވާށި އާމީން

    448
    22
    • ޢަޖިލު

      ‎އަޑު އިވޭ އާތިފާ އަށްވުރެ ވަރުގަދަ މީހެއް ހައުސިންގް މިނިސްޓްރީއަށް އާއި ވާހަކަ. އިވޭ މިީނައަކީ ޕެންޝަން އޮފީހަށް ބޮޑު އުނދަގުލަކަށް ވެގެން ބޭރުކޮށްލަން ތަޔްޔާރުކުރި މީހެކޯ. އަވަހަށް ދުވެ ރައްކާވީ ހައުސިންގް އަށް. މީނައަކީ މަކަރުވެރިގޮތަކަށް އުސޫލުތައް ހަދާ މީނަ އާއި އެއްބަސްނުވާ އިމިގްރޭޝަނުގެ މުވައްޒަފުން ކަނޑާލި މީހާ.
      ‎ހީވޭ ކިހާވަރަކުން ހައުސިންގް މިނިސްޓްރީ ދާނެ ބާއޭ. ދުވަސްކޮޅަކުން އިވޭނެ މުވައްޒަފުން ގެއަށް ދާއިމީ ގޮތެއްގަ ފޮނުވާލި ވާހަކަ. ސަލާމް!

      36
      3
  2. Anonymous

    އުގައިލުމެން ކިޔެވިކިޔެވީނުން މަގުގެއްލިފަ މިތިބަ ގަމާރުންގެ ގަމާރުކަމެއްނުފެނޭ މިމީހުނަށް ވެފަތިބޭގޮތެއްދޯ

    154
    13
  3. އ. ޖ. އ

    ޝުކުރިއްޔާ ލޮބުވެތި ވަޒީރު

    26
    231
  4. Anonymous

    ޔާމީން ސަރުކާރުގަ ސްކޫލް ދަރިވަރުންނަށް ދިން ޓެބްލެޓް އެކުދިންއަތުން މިނާގާބިލް ސަރުކާރުން ވަނީއަތުލައިގެންފާ! އެ ޓެބްލެޓު ނުހޯދާ އޭގެއިން ބޭނުންކުރުމުގެ ފުރުސަތު ދިންނަމަ މިއަދު މިވައިރަސްގެ ސަބަބުން ސްކޫލް ބަންދުކުރަންޖެހުނަޔް ގޭގަތިބެގެން ޓެބްލެޓް މެދުވެރަކޮށް ޓީޗަރުންނަށާ ދަރިވަރުންނަށް ކިޔަވައިދިނުމާއި އުނގެނުމާއިގެން ކުރިއަށްދެވުނީސް! ރައީސް ޔާމީނަކީ ދުރުވިސްނޭ ގާބިލް ބޭފުޅެއް!މިސަރުކާރު ހޮވިމީހުންނަށް މިހާރު މޮޔަހީވާނެ

    95
    13
  5. ސައްޕޭ

    ތިތިބީ މިހާރު ރާއްޖޭގެ ތިބި އެއްމެމޮޅު ދެ ޑޮކުޓަރުން، ކޮރޯނާއި ގުޅިގެން މަސައްކަތް ކުރާ ޑޮކުޓަރުންގެ ޓީމެއް ނެތީބާ، ނޫނީ އެމީހުންގެ އިރުޝާދަކީ ކޮބާތޯ؟ އބަދުވެސް އިރު އިރު ކޮޅަށް ކޮރޯނާ އާއި ބެހޭގޮތުން ފެންނަނީ އެތިބަ ދެ ޑޮކުޓަރުންނަށ ، ސަރުކާރުން ރާއްޖޭގައި މަސައްކަތް ކުރާ ޑޮކުޓަރުންނަށް އިތުބާރު ނުކުރަނީތ؟

    35
    3
  6. ކަރުކުރޭ

    ތިޔައީ ރާއްޖެ އިސްތިހާރު ކުރުމައްވުރެ ބޮޑައް ވައްތަރީ ރުފިޔާ ބޮޑިއެއް ޖީބައްލީކަމައް އަދި ތިޔަ ވާހަކައިން މިއިނގޭ އަނެއް ކަމަކީ ތިޔަ އިޓަލީ މީހާފޮނުވާލުމުގައި ތިޔަމީހާގެ އަތެއް ނުވޭބާއޭ ތިޔައީ ރައްޔިތުންނައް ދިން އަނިޔާއެއް ތިޔަ 2 މީހުންހެ މިހާރު ސިއްހީ ހާލް ހުރީ ކިހިނެއްތޯ ބަލަންޖެހޭ

    41
  7. ޕިސްޕިސް

    ހޫނނނނނ....... އަދިވެސް ޓޫރިޒަމް އިސްތިހާރު ކުރެވޭތޯ އުޅޭތި

    29
    3
  8. އެމަންޖެ

    ޗައިނާގަ ޓުރާންސިޓުކޮއްފަޔޯ އަައީ ނޭގެ ވައިރަސް ނާރާކަމެއް، 2 ދުވަސް ލަނކާގަ ވައިރަސް ފިލުވައިގެނޯ އެގެނައީ މިމީހުންގެ ނިންމުން ހަމަ ހަބޭސް.

    42
    1
  9. ާޗަބާ

    ޝޗަންޕާ ގެ ހުރިހާ ރިސޯޓެއް އެބަޖެހޭ ލޮކަދައުން ކުރަން. ޢެކަން ސިއްރު ކިރުމުން ގައުމައް މި ލިބުނު ގެއްލުމުގެ ޒިންމާވެސް ނަގަން ޖެހޭނެ. ޢެތަނުގެ އެހެން ރިސޯޓުގަ ބަލި އުޅުނަސް ސިއްރު ކޮއްފާނެ. ޣގައުމައް ހުރި ނުރައްކަލެއް ޗަންޕާ.

    21
    4
  10. ޖަޒީރާ

    ތީކުޅެފައޮއް ޑުރާމާއެއް ކޮވިޑް އަޑުކަނޑުވާލަން އަދިނެރޭނެ އެތައްޑުރާމާއެއް މިއަދުފެނުނު އެތައްމިލިއަން ރުފިޔާގެ އެހީގެ ބުރޭކިން ނިއުސްވެސް މީގެކުރިން ނިމިފައިންކަމެއް ދޮރުހުޅުވިގޮތައް ނުލެއްޕި ނިމޭނީ ނާކާމިއާބު އިންތިހާބެއް ރާއްޖެއިން ނައްތާލި ބަލިތައް އިތުރުވުމަކީ ނާގާބިލްކަން ސިއްހީގޮތުން ކޮބާނުފެއްނަ އަނދިރިފަޅި ކިހާވަރެއްވާނެ.

    29
  11. Anonymous

    ކީކޭ ދޯ ބުނާނީ ހޭބަލި ވެފަ ކަންނޭގެ

    30
  12. ބޮޑޭެ

    އަލީ ވަހީދު ޓެސްޓް ކުރަންވީ ަަ ާާ...

    54
    2
  13. ދައުލަތް

    މޮޅުވާހަކަ ދައްކާ ވީޑިއޯ ހަދާ ނޫސްތަކުގަ އެއްޗެހި ޖައްސާނެ ކަމެއްނެތަ މިނޮސްޓްރީ އާ މިނިސްޓަރާ ގުޅުންހުރި އިދާރާތަކުގެ އިހުމާލުން ކޮރޯނާ ފެތުރިގަތީ ހަގީގަތަ އޮޅުވާލަން ނޫޅޭ ޕީއާރު ސްޓަންޓް ޖައްސައިގެން

    34
    1
  14. ބޮލި މުލައް

    މީ ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ކުޅުނު ޑްރާމާއެއްނު

    36
    1
  15. މުހައްމަދު

    އެމީހުން އަތުން ލިބެންއޮތް ޑޮޅަރުކޮޅު ދޫނުކުރަން ވެގެން ނިދި ނައިސްގެން އަނެއްކާވެސް ގެނައީ.. މީ ހަޤީގަތަކީ

    22
  16. މައިނާ

    ޓޫރިޒަމް ބޯއިކޮޓް ކުރުމަށް ގޮވާ ހަޅޭއްލަވާ އުޅުނުދުވަސް ހަނދާން ކޮށް ތައުބާވުމަށް ބޫންބޫން ކިޔާމީހާއަށް ގޮވާލަން. ﷲ ވޮޑިގެންވަނީ ތެދުވެރިންނާއިއެކު ކަން ހަނދާންކޮށްލާ.

    26
    1
  17. ހަހުރަ

    މަށަށް ހީވަނީ އެންމެ ގަދަޔަށް ފަރަންޖީން ގައިގައި އުނގުޅެވުނީ ތޮއްޑޫ ވަހީދަށްހެން!! އެހެންވެގެނެއްނު އޭނާ "ޕެނިކުވެފައި" މާގަދަޔަކަށް ދެފައި ތުރުތުރު އަޅަނީ!!!!

    17
    1
  18. ނާނަ

    ހަމަ އެންމެ ދެ ތިން ސުވާލެއް. މިހާރު މާލޭގެ މަގު ތަކުގެ ގޮނޑުކަމާއި ލަފާ ފުރާ ދިމާ ފަޅު ތެރޭ މި ބަލި މަޑު ކަމުގެ ތެރޭ އޮތީ ކޮންހާލެއްގަ؟ ގޯޅި ގޯޅި ކަންމަތީ ހުންނަ ކުހި ކޮތަޅުތައް ސާފު ވެއްޖެތޯ. ގިނަ ބަންގްލާދޭށީން އުޅޭ ތަންތަނާ އެމީހުން އުޅޭ ހިސާބާ މި ކަންތައް ތަކަށް އެއްވެސް ފަރާތަކުން ސަމާލު ކަމެއް ދެއްވާތޯ. ނިކަން ބަލާ ޗައިނާ އިން ކުރާ މަސައްކަތް މުޅި ސިޓީ ސާފު ކޮށް ޑިސް އިންފެކްޓް ކުރަން!!! މި ފެންވަރު ނުވިޔަސް މިއާ ގާތަށް ވެސް ސާފު ތާހިރު ކުރަން ރާއްޖެއިން ކަމެއް ކުރެވޭބާ

    33
  19. ޙ

    މި އެމްޑީޕީ މީހުންނަށް ވެފަމިތިބޭ ގޮތެއްދޯ... މި އަލީ ވަހީދު ބޭކާރު ހަރަދު ކުރުން ނޫން ކަމެއް ނުކުރޭ. ސަރުކާރުގެ ފައިސާ އަކީ ރައްޔިތުންގެ ފައިސާ.... ތިއީ ހަމަ ބޭކާރު ހަރަދު... އެހެން ގައުމްތަކަށް ނުވައްދާ ހާ ބަޔަކަށް ފައިވް ސްޓަރ ޗުއްޓީ ހަމަޖައްސައިދީ ނަހަދާ... ކޮންހާ ބޭކާރު ހަރަދެއް

    30
  20. ރައްޔެތު

    ކަމެއް ރަނގަޅަށް ކުރީމަވެސް މި ކޮމެންޓް ތަކުގައި ޕިންކު ކުދިންނަށް ހަޖަމެއް ނުވާނެ.

    5
    31
  21. ދެލިފުޅި

    ވަޒީރުން ކުރައްވާ މަސައްކަތައް މަރުހަބާ ދަންނަވަން. މިދަނޑިވަޅުގަވެސް ދާއިރާއިން ދޭ ޚިދުމަތް މެދުކެނޑުނަ ނުދިނުމަކީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތް. ސިއްހީ ދާއިރާއަށް މިއަށްވުރެ ބޮޑެތި ރޯގާތަކުގެ ގޮންޖެހުން ދިމާވި ވަގުތުތަކުގައިވެސް ކެތްތެރިކަމާއިއެކު މަސައްކަތްކޮށް އެކަންކަމުން އަރައިގަނެވުނު. ފަސްވަގުތު ނާޅާ ނަމާދުކުރާ މީހެއްގެ އަތްތިލަ ދުވާލަކު މަދުވެގެން 15 ފަހަރު ދޮވެވޭނެ. ދީނުގައިވެސް މެހެމާނުންނަށް ކަމޭހިތުމަކީ ކުރަން އަންގަވާފައިވާ ކަމެއް. މިބައްޔާ ގުޅިގެން މަރުވާ މީހުންގެ ތަފާސް ގެނެސްދޭއިރު އުމުރުފުރައާއިއެކު ހާލަތު އެގޭނަމަ ރަނގަޅު. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ބަލީގައި މަރުވާ މީހުންގެ ތެރެއިން ގިނައީ ކޮންހަލަތެއްގެ މީހުންތޯ މިހާރު ލިޔާލިޔުންތަކުން ސާފުވާނަމަ އެހާގިނަ މީހުން ހާސްނުވާނެކަމަށް ފެނޭ.

    3
    13
  22. ainth

    ދިވެހިންނަށް ނޯންނާނެ ހެޔޮ އެއްގޮތްވެސް. ފާރުބުޑުން ދަންޏާ ހަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑާލަނިއްޔޭ.

  23. ނަން

    ދުނިޔެމަތީގެ ސުވަރުގެ ވޭތަ؟ ވަނީ އެންމެ ސުވަރުގެ އެއް އެއީ މާތްﷲ އަހަރެމެން މުސްލިމުންނަށް އާޚިރަތް ދުވަހުން ވަންނަން ދެއްވާ ގަނޑުވަރު. އެނޫނަ ސުވަރުގެއެއް ދުނިމަތީގަ ވެސް އަދި އެހެންތަނެއްގަ ވެސްވާކަމެއް ނޭނގެ.