ކޮވިޑް-19 ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ގައުމީ އެއާލައިނުން ބައިނަލްއަޤްވާމީ ދަތުރުތައް މެދުކަނޑާލަން ނިންމައިފިވެ.

އެގޮތުން މޯލްޑިވިއަން އިން މިއަދު ބުނީ، މިއަދުން ފެށިގެން މޯލްޑިވިއަން އިން އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރާނީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަސް
ހިމެނޭ ގޮތަށް ހަފްތާއަކު 3 ދުވަހި ކަމަށެވެ. ރާއްޖެއިން އިންޑިއާގެ ކޮޗިންއަށް ކުރާ އެންމެ ފަހު ދަތުރުތައް ކުރާނީ މާރިޗް މަހުގެ 19، 21 އަދި 23 ވަނަ
ދުވަހު ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މީގެ އިތުރުން ރާއްޖެއިން އިންޑިއާގެ ޗެންނާއީ އަދި ބަންގްލަދޭޝްގެ ޑާކާއަށް ކުރާ އެންމެ ފަހު ދަތުރުކުރާނީ މާރިޗް މަހުގެ 20 ވާ ހުކުރު ދުވަހު ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެެއެވެ. އަދި މި ޝެޑިއުލަށް ބަދަލުއަތުވެއްޖެނަމަ އަންގާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ،

މޯލްޑިވިއަނުން ވަނީ ކޮވިޑް-19 ފެތުރެމުންދާތީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާއިން ފެށިގެން ވަކި ދުވަހެއް އަންގަންދެން ޓިކެޓް އޮފީސް ބަންދު ކޮށްފައެވެ.

އެގޮތުން ކުންފުނީގެ ވެބްސައިޓް، މޯބައިލް އެޕްލިކޭޝަން އަދި ކޯލް ސެންޓަރު އަދި ވައިބަރ މެދުވެރިކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ކޯލް ސެންޓަރު އަދި ވައިބަރ ގެ ޚިދުމަތް ލިބިވަޑައިގަންނަވާނެ ގަޑިތައް:

އާދިއްތަ - ބުރާސްފަތި: ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް

ހުކުރު އަދި ހޮނިހިރު ދުވަސް ބަންދު

މީގެ އިތުރުން މޯލްޑިވިއަނުން ވަނީ ދުވަހުން ދުވަހަށް ރީފަންޑް ދޫކުރުންވެސް ވަގުތީ ގޮތުން ހުއްޓާލާފައެވެ،

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހެޔޮނުވާނެ ދަތުރު ތައް ހުއްޓާލަދީ ސޯލިޙޫ
    މިރޭ ވެސް އެއާއޭޝިއާ އިން ޝައްކުކުރެވޭ މީހެއް. ކިހާދެރަކަމެއް. ވަސީލަތްތައް ހުރިތަންތަނުގައި މަރުތައް ގިނަވެގެން އުޅޭއިރު މިފަދަ ޤައުމެއް އެޙާލަތައް ގޮސްފިއްޔާ ވާނޭގޮތް؟
    އުޤެއިލް ހެދި ހިސާބު