މާލޭ ސަރަހައްދުގައި ހިންގަމުންދާ ދަ ޑެކް ދެ ރެސްޓޯރެންޓުން ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތްތައް ފަށާފައިވާއިރު، މިކަމަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

މާލޭ ކާނިވާ ސަރަހައްދާއި ހުޅުމާލޭގައިވެސް ދަ ޑެކްގެ ރެސްޓޯރެންޓެއް ދަނީ ހިންގަމުންނެވެ. ދަ ޑެކްގެ ދެ ރެސްޓޯރެންޓަކީވެސް އަބަދުވެސް ގިނަބައެއްގެ މެދުގައި މަގުބޫލް ރެސްޓޯރެންޓްތަކެކެވެ. އެތާގެ ކެއުންތަކާއި ބުއިންތަކުގެ ރަހަތައް ތަފާތުވެފައި މީރުކަމަށް ގިނަބަޔަކު އަބަދުވެސް ފާހަގަ ކުރެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން މާލެ ސަރަހައްދުގައި ހިމެނޭ ރެސްޓޯރެންޓުތަކާއި ކެފޭތައް ބަންދު ކުރަން އެންގި އެންގުމުން ގަބޫލުކޮށް، ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތްތައް ފެށި އެއް ރެސްޓޯރެންޓަކަށް ދަަ ޑެކް ވަނީ ވެފައެވެ.

އެގޮތުން ހެނދުނު ބްރޭކްފާސްޓަށް ހާއްސަ ކެއުންތަކާއި، މެންދުރު ކެއުމަށާއި، ރޭގަނޑު ކެއުމާއި ހަވީރަށް ހެދިކާ ފަދަ ހުރިހާ އެއްޗެެއްކާނިވަލުގައި ހުންނަ ދަ ޑެކް އިން އަދި ހުޅުމާލޭގައި ހުންނަ ދަ ޑެކް އިން ލިބެން ހުންނައިރު، މިތަނުން ކޮފީ އާއި ސައިވެސް ލިބޭނެއެވެ.

މި ދަނޑިވަޅުގައި ދަ ޑެކް އިން އެކުލަވާލި އެންމެ ފާހަގަކޮށްލެވޭ މެނޫ އަކީ އަގުހެޔޮ ސެޓް މެނޫއެވެ. ރެސްޓޯރެންޓުން މިހާރު ވަނީ ބްރެކްފާސްޓް ސެޓް މެނޫ އާއި ލަންޗް އަދި ޑިނާގެ ސެޓް މެނޫއެއްވެސް ހަދާފައެވެ. މި މެނޫތަކުން ބޭނުންވާ ކޮންމެ ބްރެކްފާސްޓެއް، ލަންޗް ނުވަތަ ޑިނާ ސެޓެއްވެސް އެންމެ 50 ރުފިޔާއަށް ލިބެން ހުންނާނެއެވެ. އޭގެތެރޭގައި ދިވެހިވަންތަ ކެއުންތަކާއި އެނޫންވެސް ދިވެހިންގެ މެދުގައި މަޤުބޫލު އަދި މީރު ގިނަ ކެއުންތައް ހިމެނެއެވެ. މި ސެޓްތަކުގައި ހިމެނޭ ބާވަތްތަކުގެ އިތުރުން ވެސް އަލާކާޓް މެނޫ އިންވެސް ކަސްޓަމަރުންނަށް ބޭނުންވާ އިތުރު ތަކެތި އޯޑަރުކުރެވޭނެއެވެ.

https://www.facebook.com/1209175142578567/posts/1604500873045990/

އަދި ސީދާ ގެއަށް އޯޑަރު ކޮށްލަން ބޭނުންވާނަމަ. މާލެއިން ނަމަ ޑެލިވަރީއަށް ގުޅާނެ ނަމްބަރަކީ 9745665 އަށެވެ. ހުޅުމާލެއިން ނަމަ ގުޅަންވީ 9997377 އަށެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމަންޖެ

    އަދި މި އަޑުއެހީ ތިތާގެ ނަންވެސް މިހާރު މާލޭގަ ދިރިއުޅޭތާ 18 އަހަރު މިވަނީ.

    3
    3
    • އެސޮރު

      އެހެންވީމަ މަންޖެއަށް 18 އަހަރު ތިއުޅެވުނީ މާލެ އަކު ނޫން ހެން ހީވަނީ!!

      4
      3