ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތް މި މަސް ތެރޭގައި ލިބޭނީ މާދަމާ އާއި 20 ވަނަ ދުވަހުގެ އިތުރުން، 26 ވަނަ ދުވަހު ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކްގެ ބައެއް ހިދުމަތްތައް މާދަމާ އާއި ބުދަ ދުވަހު އަދި އަންނަ ހަފްތާ އަންގާރަ ދުވަހު ހެނދުނު 9:30 އިން 12:00 އަށް ލިބޭނެ ކަމަށެވެ.

އެގޮތުން ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަ ކުރުމުގެ ހިދުމަތުގެ ތެރެއިން އިންޓަނޭޝަނަލް ޓްރާންސްފަ (ޓީޓީ) ގެ ހިދުމަތް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަން ފޯމާއެކު ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް[email protected]މެދުވެރިކޮށް ފޮނުވޭނެ ކަމަށެވެ. އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް ޓީޓީ ހިދުމަތަށް އެދި ހުށަހެޅޭނެ ކަމަށާއި، ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ/ލެޓަރ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

މީގެއިތުރުން ޕޭ ރޯލް ނުވަތަ މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމުގެ ހިދުމަތުގެ ތެރެއިން ހިދުމަތަށް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެ ކަމަށާއި، މި ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފުސީލު ބޭންކުގެ ވެބްސައިޓްh//www.bankofmaldives.com.mv/payroll-servicesމެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި، އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ 10:؛ ގެ ކުރިން ލިބޭ ހުށަހެޅުންތައް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވަނީ ޖަމާކުރާ ދުވަސް ނޫން ދެން ބޭންކް ހުޅުވޭ ދުވަހެއްގަިއި ކަމަށާއި، ހެނދުނު 11:30 ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ހެނދުނު 11.30 ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އާރްޓީޖީއެސް ޓްރާންސްފަ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ. އަދި ހެނދުނު 11.30 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ލިބޭ އެމްއާރްޓީޖީއެސް ޓްރާންސްފަ ރިކުއެސްޓް އެ ދުވަހު ޕްރޮސެސް ވާނެކަމަށް އެ ބޭންކުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު