އަގުހެޔޮކޮށް މުދާ ވިއްކުމުގައި އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ "ލިބޭ" އިން ދެލޭޔަރުގެ ފޮތި މާސްކް ވިއްކަން ފަށައިފިއެވެ.

"ލިބޭ" ގެ އޮފިޝަލަކު މިރޭ "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރެއިން ފެށިގެން އެކުންފުނިން ދެލޭޔަރުގެ ފޮތި މާސްކް ވިއްކަން ފަށާފައިވާ ކަމަށާއި އެކުންފުނިން ވިއްކާ މާސްކްތަކަކީ އަޅާލަން ފަސޭހަ، އަޅައިގެން ގިނައިރުތަކެއް ވަންދެން ހުންނަން ޖެހުނު ނަމަވެސް ދަތިތަކެއް ދިމާނުވާނެ މާސްކެއް ކަމަށެވެ.

"މި މާސްކްތައް އުފައްދާފައި މިހުރި މެޓީރިއަލްއަކީ ވަރަށް މަޑު މެޓީރިއަލްއެއް. އަދި މާސްކް އުފައްދާފައި މިވަނީ ގިނަ އިރުތަކެއް ވަންދެން މާސްކް އަޅައިގެން ހުންނަން ޖެހުނު ނަމަވެސް ހޫނުކަން އިހްސާސް ނުވާނެ ގޮތައް. އަޅާލަން ފަސޭހަ. އަދި ދޮވެލަން ވެސް ވަރަށް ފަސޭހަ މާސްކަކަކަށް ވާނެ މިމާސްކް." އޮފިޝަލް ވިދާޅުވިއެވެ.

"ލިބޭ" އިން ވިއްކާ ފަސް މާސްކަށް ވުރެ އިތުރަށް ބައްލަވައި ގަންނަވާނަމަ މާލެ އާއި ހުޅުމާލޭގެ ކޮންމެ ސަރަހައްދަކަށް ވެސް އިތުރު އަގެއް ނެގުމެއް ނެތި ޑެލިވަރީ ކޮށްދޭނެއެވެ. ރަށްރަށަށް ފޮނުވަން ބޭނުންވާ ނަމަ ބޯޓާއި ހަމައަށް އޯޑަރު ގެންގޮސްދޭނެއެވެ.

"ލިބޭ" އިން މާސްކް އަދި އެކުންފުނީގެ އިތުރު އުފެއްދުންތައްބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖެއް ކޮށްލުމަށް އެފަރާތުން އެދެއެވެ.