ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބްރޭންޑެޑް ކޮސްމެޓިކްސް އަދި ޕާފިއުމް ވިޔަފާރި ކުރަމުންދާ ނިއު އެޑިޝަންގެ ފަރާތުން ހޯލް ސޭލްސް ކަސްޓަމަރުންނަށް އަމާޒުކޮށް " ރަށުޕިކަޕް " ގެ ނަމުގައި ކުރިއަށްގެންދާ ޚާއްޞަ ޕްރަމޯޝަނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ނިއުއެޑިޝަނުން ބުނެފިއެވެ.

ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ދެ މަސްދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ޕްރަމޯޝަނަކީ ނިއުއެޑިޝަންގެ ޕްރޮޑަކްޓްތައް ގަނޑުކޮށް ނަންގަވާ ހޭލްސޭލް ކަސްޓަމަރުންނަށް، އަތޮޅުތެރޭގެ ފިހާރަތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޚާއްޞަ ޕްރަމޯޝަންއެކެވެ.

މިޕްރަމޯޝަންގައި ބައިވެރިވެވޭނީ ހޯލްސޭލްކޮށް މުދާ ނަންގަވާ -/2880 ރުފިޔާގެ ވިޔަފާރިކުރައްވާގެންނެވެ. މިގޮތުން ކުރާ -/2880 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރާނެއެވެ. ޕްރަމޯޝަންގެ މުއްދަތުގައި ދޫކުރާ ކޫޕަންތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ތަފާތު އިނާމުތައް ލިބޭނެއެވެ. މިޕްރަމޯޝަން ނިމުމުން ޕްރަމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުން ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް ރަށު ޕިކަޕެއް ލިބޭނެކަމަށް ނިއު އެޑިޝަނުން މައުލޫމާތު ދެއެވެ.

https://www.facebook.com/412466378923013/posts/1527522030750770/

މިޕްރަމޯޝަންގެ ތެރެއިން ކޮންމެ ހަފްތާއެއްގެ ވިޔަފާރިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ނިވްއެޑިޝަންގެ ޕްރޮޑަކްޓްތަކުގެ ތެރެއިން ވަނީ ޚާއްޞަ އިނާމްތަކެއް ކަނޑައަޅާފައެވެ. މިގޮތުން ދެވަނަ ހަފްތާގެ ނަސީބުވެރިން ރޭ ވަނީ ހޮވާފައެވެ. މިގޮތުން ހޮވުނު ތިންފަރާތަކީ އަޙްމަދު A097141، އަބްދުﷲ އިބްރާހިމް ދީދީ A021679، މުޙައްމަދު ޝަމީން A053635އެވެ.


ނިއު އެޑިޝަނުން މައުލޫމާތު ދޭ ގޮތުގައި ވަރަށް އަވަހަށް ރީޓެއިލް ކަސްޓަމަރުންނަށް ޚާއްޞަ ޕްރަމޯޝަނެއް ފަށާނެއެވެ. އަދި ނިއުއެޑިޝަންގެ ވައިބަރ ކޮމިއުނިޓީގައި ކުރިއަށް އޮތްތަނުގައި ޚާއްޞަ ހަދިޔާ ތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރަށުޕިކަޕް ޕްރަމޯޝަން ޚާއްޞަ ގޮތެއްގައި އަމާޒުކޮށްފައިވަނީ ނިއުއެޑިޝަން އިން ޑިސްޓްރިބިއުޓް ކުރަމުންދާ މޮންޓާލޭ، ރެޑްހަންޓް، މެޖިކް، އަދި ލިލީޑޯ މަރުކާގެ އުފެއްދުން ތަކަށެވެ. މީގެ ތެރެއިން މޮންޓާލޭ ބްރޭންޑްގެ ސެންޓަކީ ރާއްޖޭގެ މާކެޓްގައި މިވަގުތު ލިބެންހުރި ސެންޓްތަކުގެ ތެރެއިން ގޭސް ފްރީ، ސެންޓްގެ ކޮލިޓީ ރަގަޅު ގިނައިރު ވަސްހިފަހައްޓޭ ދޭ އެއް ޕްރޮޑަކްޓެވެ.

ނިއު އެޑިޝަންއިން ތައާރަފްކޮށްފައިވާ ފިރިހެން ބޭފުޅުންނަށް ޚާއްޞަ ރެޑް ހަންޓް ބްރޭންޑްގެ އުފެއްދުންތަކަކީ އާއްމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދަމުންދާ ބްރޭންޑެކެވެ. ރެންޑް ހަންޓްގެ ފޭސް ކްރީމް، ފޭސް ވޮސް، ފްރަގްރަންސް އަދި ހެއަރ އެންޑް ބޮޑީ ކެއަރ ޕްރޮޑަކްޓްތައް ލިބެން ހުންނާނެއެވެ.

މީގެ އިތުރުން އެފްޑީއޭގެ އެޕްރޫވްލިބިފައިވާ ފެންވަރު ރަގަޅު ސެނިޓައިޒަރ ނިއުއެޑިޝަނުން ދަނީ ސަޕްލައިކޮށްދެމުންނެވެ. އޭގެ ތެރޭގައި 60، 250 އަދި 500 އެމްއެލްގެ ފުޅި ހިމެނޭއިރު، ރިފިލް ކުރުމަށް ބޭނުންކުރެވޭ ރިފިލް ފުޅި ދަނީ ސަޕްލައިކޮށްދެމުންނެވެ. ނިއުއެޑިޝަން އިން މައުލޫމާތު ދޭ ގޮތުގައި ރަށުޕިކަޕްގެ ނަމުގައި މިޕްރަމޯޝަން ކުރިއަށްގެންގޮސް ޕްރަމޯޝަންގެ ބޮޑު އިނާމަކަށް ރަށުޕިކަޕެއް ދިނުމުގެ މަޤްޞަދަކީ ނިއުއެޑިޝަންގެ ހޯލްސޭލްސް ކަސްޓަމަރުން، ޚާއްޞަކޮށް އަތޮޅުތެރެއަށް މުދާ ގެންދާ ފަރާތްތަކުން ފިހާރައާ ހަމައަށް މުދާ އުފުލުމަށް ކުރާ މަސައްކަތަށް ލުއި ކަމެއް ހޯދާދިނުމުގެ ގޮތުންނެވެ.

ނިއު އެޑިޝަން ހޯލްސޭލް ސެންޓަރަށް އޯޑަރުދެއްވުމަށް 9972727 9672727 އަދި 7483120 ގުޅާލުމުން ނުވަތަ ވައިބާރ މެދުވެރިކޮށް އޯޑަރު ކޮށްލުމުން ބޯޓަށް ޑެލިވަރީ ކޮށްދޭނެއެވެ. އަދި އޮންލައިން ޓްރާންސްފާއިން ފައިސާ ދައްކާލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝަރޭ

    މަށަކައް ނުލިބުނުމ އަދި ނަސީބު ލައްވާލާނެ ކަމައް އުންމީދުކުރަން

    1
    1
  2. ނިއާޒ

    ތިފިހާރަ ކުދިން ހާދަ ރަނގަޅޭ