ސަރުކާރު ބަންދު ނަމަވެސް މިއަދާއި މާދަމާ އޮންލައިންކޮށް ފީތައް ބަލައިގަންނާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

ސަރުކާރު ބަންދު ކުރުމާއި ގުޅިގެން މީރާގެ ކައުންޓަރުތައް ބަންދު ނަމަވެސް އޮންލައިންކޮށް ފައިސާ ބަލައގަތުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ އޮތޯރިޓީ އިން ނިންމާފައިވާކަމަށް މީރާއިން ވަނީ ހާމަކޮށްފައެެވެ. މީރާއިން ބުނީ އޮންލައިންކޮށް ދައްކަން ޖެހޭ ޓެކުހާއި، އެހެނިހެން ފީތައް މީރާކަނެކްޓް އަދި ވާރު ޕޭ މެދުވެރިކޮށް ދެެއްކޭނެ ކަމަށެވެ.

ސަރުކާރު އޮފީސްތައް މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ބަންދުކޮށްފައި ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރަން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

އަދި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިއުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދު ކުރުމުން ގިނަ އޮފީސްތަކުން މިހާރު ޚިދުމަތްތައް ދެމުން އަންނަނީ އޮންލައިންކޮށެވެ.

ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި މިވަނީ، މާލެ ސަރަަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރު ވުމާއި ގުޅިގެންނެވެ. އިއްޔެގެ ނިޔަލަށް ރާއްޖެ އިން 4446 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ރަނގަޅު ވެފައި ވީނަމަވެސް މިހާރު ވެސް ބަލި ޖެހިފައި 1719 މީހުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެޖެންޑާ ކަންނެލި

    މަ އަޑު އެހިން މިތާ ތެރޭ ކޮވިޑްވެސް ބިރުން ނުފެތުރޭ.. ރައްޔިތުން ފެލުން ހުއްޓާ.. މީ ރާއްޖެއަށް ޖެހިފަ އޮތް ބޮޑު ވަބާއެއް

  2. ގެރިމޯދީގެ ކަންޒުކަހަނބު

    ރައްޔިތުން ނޮޅާ ކަނީ ... ސްޓިކާ ސަރުކާރު

  3. ކައްޓަލަ

    އިސްތިއުފާ