މާލޭގައި ދާދި ފަހުން ހުޅުވި "ޔޫތު ބަޒް"އަކީ ޒުވާނުންނަށް ކަމުދާ އެތައް ރަހަތަކަކާއެކު ހުޅުވި ތަފާތު، ހިތްގައިމު ރެސްޓޯރެންޓެކެވެ. އެތަނުގެ އިންޓީރިއާ ޑިޒައިނުން ފެށިގެން ކާ ތަކެތީގެ މީރު ރަހަތަކާއި ޚިދުމަތުގެ ފެންވަރަށް ބަލާލިޔަސް ހައްތަހާ ވެސް ހުރީ ހިތްހަމަޖެހުން ލިބިދޭ ކަންކަމެވެ.

ތަނުގެ ހަމަހިމޭންކަމާއި ސާވިސްގެ ފުރިހަމަކަމާއެކު ތަނަށް އިތުރު ދިރުމެއް ގެނެސްދެނީ އެތަނުގެ ޚާއްސަ ކޮފީގެ ޒަރީއާއިންނެވެ.

ޔޫތު ބަޒްގައި މަސައްކަތް ކުރާ އުމުރުން އެންމެ 20 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ)އަކީ ވަރަށް ތަފާތު ހުނަރެއް ލިބިފައިވާ ނޫކަށިފުރައިގެ ޒުވާނެކެވެ. ދިވެހިންގެ ޒިވާނުން އެ ބުއިމަކަށް ލޯބިކުރާ ކޮފީ، އެކި ގޮތް ގޮތަށް ތައްޔާރުކޮށްލުމަކީ ޝިއާއަށް ފަސޭހަކަމެކެވެ.

ޝިއާ : ވަގުތު އިމޭޖް:- އަހްމަދް އަލީ

ފުވައްމުލައް ސިޓީއަށް އުފަން ޝިއާ "ވަގުތަށް" ކިޔައި ދިން ގޮތުގައި ތަފާތު އެކި ގޮތް ގޮތަށް ކޮފީ ގިރުމުގެ މަސައްކަތް އޭނާ ދަސްކުރީ މެރާކީގައި މަސައްކަތް ކުރަނިކޮށް މިދިޔަ އަހަރުގެ ތެރޭގައެވެ.

ކޮންމެވެސް ވަރަކަށް މޮޑެލް ކުރުމާއި ސަގާފީ އަަދި އެހެނިހެން ނެށުންތައް ކޮރިއޮގްރާފް ކުރުމުގެ މަސައްކަތްކޮށްފައިވާ ޝިއާ ގިނަ ވަގުތު ހޭދަ ކުރަނީ މިއުޒިކް ކުޅުމާއި މިއުޒިކް އަޑު އެހުމުގައެވެ.

ޝިއާ ވަނީ އޭނާ ފުރަތަމަ، ޚާއްސަގޮތަކަށް ކޮފީ ގިރާ، ކޮފީ އާޓްގެ ތެރެއަށް ވަދެވިގެން އައި ގޮތް ވެސް ހިއްސާކޮށްފައެވެ.

" އެންމެ ފުރަތަމަ މިކަން ތަޖުރިބާކުރެވުނީ ހައުސްމޭޓް އާލިޔާ އަހަންނަށް ބާރު އެޅުމުން. އުންމީދަކީ އަމިއްލަ ކުޑަ ކެފޭއެއް ހުޅުވޭނެ ދުވަހެއް ފެނުން. އަމިއްލަ ތަނަކަށް ވިޔަސް ބޭނުންވަނީ އަމިއްލަ އަށް ސާވްކުރަން. ވަރަށް ހިތްހަމަޖެހޭ މީހުންނަށް ކޮފީ ކަމުދެޔޭ ބުނީމަ. އެންމެ އުފާވަނީ މޫނުމަތިން އެ ބުއިން ކަމުގޮސްފިކަން އެނގުނީމަ.. ދެން ވަކި ބުއިމެއް ރިކޮމެންޑް ކުރާ ފަހުން ކޮންމެ ދުވަހަކު އެ ބުއިން ބޯން ބޭނުންވާ މީހުން ތިބޭނު. އެއީ އެންމެ ބޮޑު ތައުރީފަކީ އަސްލު" ޝިއާ ބުންޏެވެ.

ޝިއާ ބުނީ ކޮފީ އާޓްގެ ތެރެއަށް ވަނުމުގެ ކުރިން އޭނާ އުޅުނު އެއްވެސް ވަޒީފާއަކުން އޭނާ އަށް ހަގީގީ އުފަލެއް ނުލިބޭ ކަމަށެވެ.

ޝިޔާ : ވަގުތު އިމޭޖް:- އަހްމަދް އަލީ

އާމްދަނީ ލިބުނު ނަމަވެސް ވަޒީފާގެ ހިތްހަމަޖެހުން ނުލިބުމުން މާޔޫސްވި ކަމަށާއި މި މަސައްކަތަކީ ކުރާ ހިތުން ކުރާ މަސައްކަތެއްކަން އޭނާ ފާހަގަކުރިއެވެ.

"މިއީ އަބަދުވެސް ޝައުގުވެރިކަން ހުރެގެން ކުރާ ކަމެއް. ބައެއް ދުވަސް ދުވަހު 8 ގަޑިއިރު ކޮޅަށް ހުރެފަ ގެއަށް ދާއިރު ފައިގައި ރިއްސާނެ. ދެން އިމްޕްރޫވްކުރަން މަސައްކަތް ކުރަން. ޔޫޓިއުބް ޓިއުޓޯރިއަލްތައް ބަލާ. އެހެން ރައްޓެހިން ކައިރީ ބަރިސްތާ އާ މެދު އަހަން." އޭނާ ބުންޏެވެ.

މީގެ އިތުރުން ޔޫތު ބަޒްގައި މަސައްކަތް ކުރަން ފެށި އިރު އޭނާގެ ބޮސް ބައެއް ރީސާޗްތައް ބުކްލެޓެއްގެ ސިފައިގައި ގެނެސްދިންކަން އޭނާ ފާހަކުރިއެވެ.

ޝިއާ ބުނާގޮތުން އޭނާ އަށް އެންމެ ކަމުދަނީ ފިންޓަ ކޮފީ ތައްޔާރުކުރުމެވެ. އޭނާގެ ގޭގައި ވެސް ފިލްޓަ ކޮފީ ތައްޔާރުކުރާ ކޮޓެއް ގެންގުޅޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އަދި އެންމެ ގިނަ ވަގުތާއި ހަކަތަ ހޭދަވަނީ " ޕޯ އޯވަ" މެތަޑަށް ކަމަށް އޭނާ ބުންޏެވެ.

ޝިއާ ޒުވާނުންނަށް ދޭ މެސެޖަކީ ހިތްހަމަޖެހޭ އަދާކުރާ ހިތްވާ ވަޒީފާއެއް ޚިޔާރުކުރުމެވެ.

އަދި ބަރިސްތާ އާއި މެދު ކުރިން މީހުން ދެކެމުން އައި ގޮތް މިހާރު ބަދަލުވަމުންދާ ކަމަށާއި އެއީ ވަރަށް އުފާވާ ކަމެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

ބުރުޒު އަދި ޕޮލިޓެކްނިކުން ކުރިއަށް ގެންދާ މިތަނަކީ އެކުގައި ވަގުތު ހޭދަކުރަން ބޭނުންވާ ރަހުމަތްތެރިންނާއި، ޚާއްސަ ދުވަސްތައް ފާހަގަކޮށްލަން އަދި ސްޓަޑީއައުޓް ފަދަ ކަންކަމަށްވެސް ވަރަށް ކަމުދާނެ ފަދަ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަހަބަލާ

    ކިހިނެއް ރަހަ ބަލާނީ ކޮންތާކުން ލާރި ހޯދައިގެން ތިކަމެއް ކުރަންވީ. އިކޮނޮމިކް މިނިސްޓްރީއިން ދޭ ފައިނޭންޝިއަލް ސަޕޯޓްވެސް އަތު ނުޖެހިގެން މިއުޅެނީ. އެފަދަ ތަނަވަސް ކަމެއް ލިބުން ދުވަހަކުން ދާނަން ރަހަބަލަން.

    42
    2
  2. ލިލީ

    ކީޕިޓް އަޕް

    19
    3
  3. ކާފަ

    ގިނަވަގުތު ހޭދަކުރަނީ މިއުޒިކު ކުޅުމާ ލަވަ އަޑުއެހުމުގަ. ސުބުހާނަﷲ.. ޒުވާނުންތަށް ހަލާކުވެއްޖެ.

    30
    12
    • ފޗރރެ

      . "ޒުވާނުންތަށް"...ސުކުން ނޭނގޭ ޒުވާނުން ގިނަވެއްޖެ..

      6
      3
  4. ކަސްޓަމަރު

    މި ލިޔުން ކިޔާފައި ދެރަވެއްޖެ.. އަހަރެން ވަރަށް ގިނައިން ދިޔަ ތަނެއް އޭރު އެއީ.. 🥲🥲

    13
    4
    • އަސްލުވެސް

      ފިލި ލިޔަން ނޭނގޭ ކުދިން ގިނަވެއްޖެ

      3
      3