ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ އޮންލައިން" އިން ވިއްކާ "ލޭންސްލޭ ސްލިމިން ކޮފީ" ގެ އޭޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ލިބޭ އޮންލައިން" އިން ބުނެފައި ވަނީ މިހާރު ވަނީ ރާއްޖޭގެ ކޮންމެ ރަށަކުން ވެސް މި ޕްރޮޑަކްޓުގެ އޭޖެންޓުންނަށް ވާން ބޭނުންވާ ފަރާތްތަކަށް ފުރުސަރު އޮތް ކަމަށެވެ.

މިކަމާއި ގުޅިގެން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، ހުރިހާ ރަށަކުން އޭޖެންޓުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ގިނަ ރަށްރަށުން މި ޕްރޮޑަކްޓަށް އޮންނަ ޑިމާންޑު ބޮޑުވަމުންދާ ދިއުމާއެކު ފަސޭހައިން ކަސްޓަމަރުންނަށް ޕްރޮޑަކްޓު ލިބޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.

ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ "ލޭންސްލޭ" ބްރޭންޑުގެ ބައްޓަން ރީތިކުރުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ "ސިލިމިން ކޮފީ" ގެ އިތުރުން މި ބްރޭންޑުގެ "ހޮޓް ޗޮކްލެޓް" އަކީވެސް "ލިބޭ އޮންލައިން" ގެ ކަސްޓަމަރުންގެ ބޮޑު ތަރުޚީބެއް ލިބިފައިވާ ޕްރޮޑަކްޓުތަކެކެވެ.

""ލޭންސްލޭ"ގެ އިތުރުނ "ލިބޭ އޮންލައިން" އިން ރާއްޖެއަށް ތަޢާރަފްކޮށްފައިވާ ބައެއް އިތުބާރުހުރި މޮޅު ބްރޭންޑުތަކުގެ ތެރޭގައި "ސެންޓިއޯ" ކޮސްމެޓިކް ބްރޭންޑާއި އާއި އަނގަޔާއި ދަތްތައް ދުޅަހެޔޮކޮށް ރީތިކުރުމަށް ޚާއްސަ "ސްޕާކަލް" ބްރޭންޑުގެ އިތުރުން "ލޭންސްލޭ" އަދި މަޝްހޫރު "ދަ ބޭކަރީ ޕްރިންސެސް" ބްރޭންޑުގެ ޕްރޮޑަކްޓުތައް ހިމެނެއެވެ.

"ލިބޭ އޮންލައިން" އިން ވަނީ އެ ކުންފުނިން ރާއްޖެއަށް ގެންނަ ޕްރޮޑަކްޓުތައް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށްވެސް ވަރަށް ޚާއްސަ، ހެޔޮ އަގުތަކެއް ކަނޑައަޅާފައެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތާއި ލިބޭގެ ޕްރޮޑަކްޓުތައް ބައްލަވައިގަތުމާއި މަޢުލޫމާތު ސާފުކުރުމަށް ކުންފުނީގެ ނަމްބަރު (9759452) އަށް ގުޅުމަށް އެފަރާތުން އެދެއެވެ.

މީގެ އިތުރުން "ލިބޭ" ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރުމުގެ ފުރުސަތު، ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށް އޮންނާނެއެވެ. "ލިބޭ އޮންލައިން" އިން އޯޑަރުކުރާ ތަކެތި ގަންނަ ފަރާތްތަކަށް، އިތުރު އަގަކާ ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެ ވިޔަފާރިން ދެއެވެ. އަދި ރަށްރަށުން އޯޑަރުކުރާނަމަ ބޯޓާއި ހަމައަށްވެސް ހިލޭ ގެންގޮސްދޭނެއެވެ.