ލ.އަތޮޅުގެ ރިވަރީޒް ޑައިވިން ވިލެޖް ސަރފް އެންޑް ސްޕާއިން 4 ވަނަ ފަހަރަށް ސައުތް އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ)ގެ ލީޑިން ގެސްޓް ހައުސްގެ މަޤާމް ހާސިލްކޮށްފިއެވެ.

2017 އިން ފެށިގެން އެ ގެސްޓް ހައުސް އިން ދަނީ މި އެވަރޑް ހާސިލްކުރަމުންނެެވެ. އެ ގެސްޓްހައުސްއިން މި އަހަރުގެ އެވޯޑް ނެގިއިރު، މި އެވޯޑް ދީފައި ވަނީ އިއްޔެ ވަރޗުއަލްކޮށް ބޭއްވި ހަފްލާއެއްގައެވެ.

ރިވަރީސް ޑައިވް ވިލެޖް ސާފް އެންޑް ސްޕާއަކީ 20 ކޮޓަރީ އާއި ޕްރައިވެޓް ބަނގްލޯއެއް ހިމެނޭ ގެސްޓް ހައުސްއެކެވެ. އެ ގެސްޓް ހައުސްއިން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި މެއިން ރެސްޓޯރެންޓް، ރޫފް ޓޮޕް ފައިން ޑައިނިން، ކެފޭ، ޖިމް، ސްޕާ، ސްވިމިން ޕޫލް ހިމެނެއެވެ. އަދި އިންޑޯ ކުޅިވަރުތަކުގެ ތެރެއިން ބިލިއާޑް އާއި ޓީޓީ ކުޅެވޭނެ ގޮތް އެ ގެސްޓް ހައުސްގައި ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ޕްރައިވެޓް ބީޗް އާއި، ޕަޑި ޑައިވް ސެންޓަރ، ސްކޫބާ ޑައިވިން، ޑައިވް ކޯސްތައް، ސަރފްކުރުމާއިި، މޫދު ކުޅިވަރުތަކާއި، ސްނޯކެލިން، ޕްރައިވެޓް ޕިކްނިކް، މަސް ދަތުރު، ގޭމް ފިޝިން، ޑޯލްފިން ކްރޫސް އަދި ސްޓާ ވަރސް ސައިޓް ސީން އެޑްވެންޗަރސް އަށް ދިއުން ފަދަ ތަފާތު އެތައް ކަމެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަތުރުވެރިންނަށް މިތަނުން ލިބެއެވެ.

ރިވަރީޒް ގެސްޓް ހައުސް އަށް 2016 ވަނަ އަހަރު މޯލްޑިވްސް ޓްރެވަލް އެވަރޑްސްގައި، ރާއްޖޭގެ ލީޑިން ގެސްޓް ހައުސް / ލީޑިން އިނޮވޭޝަން އިން އިން ގެސްޓް ހައުސް ޑިޒައިން އިން މޯލްޑިވްސސް އެންޑް ސައުތް އޭޝިއަގެ އެވަރޑް ވަނީ ލިބިފައެވެ. އަދި 2017 ވަނަ އަހަރު މޯލްޑިވްސް ޓްރެވަލް އެވަރޑްސްގެ ލީޑިން އެޑްވެންޗަރ ގެސްޓް ހައުސްގެ އެވަރޑް ލިބިފައި ވާއިރު، 2018 ވަނަ އަހަރު މޯލްޑިވްސް ޓްރެވަލް އެވަރޑްސްގެ ލީޑިން ގެސްޓް ހައުސް އެވަރދް އިން ދަ ގެސްޓް ހައުސް އެޑިޝަން 2018 ވަނީ ލިބިފައެވެ.

މީގެ އިތުރުން ޓްރިޕް އެޑްވައިސަރ ޓްރެވެލަރސް ޗޮއިސް އެވަރޑް ވެސް މި އަހަރު އެ ގެސްޓް ހައުސް އަށް ވަނީ ލިބިފައެވެ.

15 ޑިސެމްބަރ އިން ފެށިގެން ގެސްޓް ހައުސްތައް ހުޅުވަން ކައުންސިލްގެ ހުއްދަ ނެތި ހުޅުވުމުގެ އިހުތިޔާރު ޓުއަރިޒަމް މިނިސްޓްރީއިން ދީފައި ވީ ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލި އުސޫލާއި ވާގޮތުން ރައްޔިތުންނަށް ދަތިވާނެތީ މި ވަގުތު ގެސްޓް ހައުސް ނުހުޅުވަން ނިންމާފައިވާ ކަމަށާާއި، ރައްޔިތުންނަށް ދަތި ނުވާނެ ގޮތަށް އެ ވިޔަފާރި ކުރެވޭނެ ގޮތަކާއި މެދު ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާކުރަމުންދާަކަމަށް އެ ގެސްޓް ހައުސްއިން ބުނެއެވެ.

އެ ގެސްޓް ހައުސްއިން ތިބީ އަވަހަށް ރައްޔިތުންނަށް ފަސޭހަ ގޮތަކަށް ގެސްޓް ހައުސް ވިޔަފާރި ފެށި އެއިން ރަށަށް އާމްދަނީ އެއް ވަންނާނެކަމުގެ ފޮނި އުންމީދުގައެވެ. އަދި ކައުންސިލާއި އާއްމުން އެ ވިޔަފާރިއަށް ދޭ އެއްބާރުލުން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.