ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ރާއްޖޭގެ ބްރާންޗުތަކުގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް ދަށްކޮށްފިއެވެ.

އެސްބީއައިން އެ ބޭންކްގެ ކަސްޓަމަރުންނަށް ފޮނުވި މެއިލްްއެއްގައިވާގޮތުން، މިދިޔަ މަހުގެ 29 އިން ފެށިގެން ރާއްޖޭން ބޭރުގައި މަހެއްގެ މައްޗަށް ވިޔަފާރި މުއާމަލާތް ކުރެވޭނީ 100 ޑޮލަރަށެވެ.

އެ ބޭންކް އިން މީގެ ކުރިން ވަނީ މަހެއްގެ މައްޗަށް މުއާމަލާތް ކުރެވޭ ލިމިޓް 250 ޑޮލަރަށް ހަމަޖައްސާފައެވެ.

ރާއްޖޭގައި ހިންގަމުންދާ ބޭންކްތަކުން މިފަދަ ބަދަލުތަކެއް ބަދަލު ގެންނަން ނިންމާފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދަށަށް ގޮސް ބޭރު ފައިސާގެ ތާށިކަން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވުމާއި ގުޅިގެންނެވެ.

އެގޮތުން މީގެ ކުރިން ބީއެމްއެލް އިންވެސް ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް ދަށްކޮށްފައެވެ.