އައިލެންޑް އޭވިއޭޝަނުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފިއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އިން މި ޕްރޮމޯޝަން ކުރިއަށް ގެންދަން ނިންމާފައި އޮތީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހު 31 ގެ ނިޔަލަށެވެ. އެކަމަކު، އަންނަ އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ޕްރޮމޯޝަންގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

މި ޕްރޮމޯޝަނަކީ އަތޮޅުތެރެއަށް ދަތުރު ކުރާ މީހުންގެ ތެރެއިން އޮންލައިންކޮށް ޓިކެޓު ގަންނަ މީހުންނަށް އެކަނި ބައިވެރިވެވޭ ޕްރޮމޯޝަންއެކެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި އޮންލައިންކޮށް ޓިކެޓު ނަގާ މީހުންނަށް ޓިކެޓުގެ އަގުން 10 ޕަސެންޓު ޑިސްކައުންޓު ލިބެއެވެ.

ޕްރޮމޯޝަންގެ ތެެރެއިން ޓިކެޓު ލިބޭނީ ދަތުރު ކުރުމުގެ ހަތް ދުވަސް ކުރިން ޓިކެޓް ނަގާނަމައެވެ. އަދި ޕްރޮމޯޝަން ލިބޭނީ މާޗް 31 ގެ ކުރިން ޓިކެޓު ނަގާ ނަމަ، ކަމަށް ވެސް މޯލްޑިވިއަނުން ހާމަކުރެއެވެ.

މޯލްޑިވިއަންއިން ރާއްޖޭގެ 15 އެއާޕޯޓަކަށް ޑޮމެސްޓިކް ދަތުރުތައް ކުރެއެވެ. އެންމެ ފަހުން އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ފެށީ ހއ.ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓަށެވެ.