ރާއްޖޭގެ އެންމެ އުސް ޓަވަރުތައް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ހާމަކޮށްފިއެެވެެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ "ޓޫރިޒަމް ބުލެޓިންް" ގައި އެޗްޑީސީން ޝާއިއުކޮށްފައިވާ ލިއުމެއްގައި ވިދާޅުވެފައި ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރުުގެ މަސައްކަތް ކުރަމުން އަންނަ ޓޫރިޒަމް އައިލެންޑުގައި 150 މީޓަރުގެ އުސް ޓަވަރެއް ގާއިމްކުރުމަށް ނިންމާފައި ވާކަމަށެވެ.

އަދި މި ޓަވަރުގައި ތިބޭއިރު، ރާއްޖޭގެ ގުދުރަތީ ރީތިކަން ފެެންނާނެ ކަމަށާއި، މި ޓަވަރު އިމާރާތްކުރުމަށް ނިންމާފައި ވަނީ "ޔުނީކް ކޮންސެޕްޓަކަށް" ކަމަށްް އެ ކޯޕަރޝަނުން ވަނީ ވިދާޅުވެފައެވެ.

މި ޓަވަރު ގާއިމްކުރެވިއްޖެެ ނަމަ އެެތަން ވެގެން ދާނީ ރާއްޖޭގައި ގާއިމްކުރެވިފައި ހުންނާނެ އެންމެެ އުސް އިމާރާތަށެވެ. މިހާރު ރާއްޖޭގެ އެންމެ އުސް އިމާރާތަކަށް ހުރީ ދަރުމަވަންތަ ހޮސްޕިޓަލެވެ. މި ޓަވަރުގެ އުސްމުގައިި ގާތްގަނޑަކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ދެގުނަ ހުންނާނެ އެވެ.

މި ލިއުމުގައި އިތުރަށް ވިދާޅުވެފައި ވަނީ ހުޅުމާލޭ ދެެވަނަ ފިޔަވަހީގައި ގާއިމްކުރާ "ޓޫރިޒަމް އައިލެންޑް" ތަރައްގީކުރުމަށް އަދި، އިންވެެސްޓުކުރުމަށް ޝައުގުުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާ ކަމަށާއި، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން [email protected] މެެއިލް ކުރުުމަށް އެދޭ ކަމަށެވެ.

އެޗްޑީސީން ވިދާޅުވާ ގޮތުގައި މި ރަށް ތަރައްގީކުރުމަށް ރާވަމުން އަންނަނީ ފަތުރުވެރިންނަށް ހިތްފަސޭހަވާނޭހެން ފެހިކަން ގަދަކޮށް، އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި، ސަސްޓެއިނެބަލް އިންޓްރާ އައިލެންޑް ޓްރާންސްޕޮޓޭޝަން ސިސްޓަމް އަކާއި އެކު އެވެ. އަދި އެރަށުގެެ ތެރޭގައި ދަނޑުވެރިކަން ކުުރުމަށް ވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    😂😂😂😂 ހީހީ ހަލާކު. ސުހައިލޫ، މެކުނު ފުނަމުަކަސް ގާހަކައަކަށް ނުފުމެވޭނެއޭ!

    14
  2. ލީލާ

    މަގުތަކަށް ކުނި ނާޅާ ހެން ވެސް ހަދަން ޖެހޭނެ ދޯ

  3. ފައްކާ

    ކަލޯގަޔާ ޓަވަރުތައް މަތިމަތިން ފައިބާ އެބަ. އިންޑިޔާއާއި ދިމާލަށް ފައިބާނެ އަންނަ ރަބީއު މޫސުމުގައި. ޚަރީފްމޫސުމުގައި ޙިންނަވަރާދިމާލަށް އެންމެ ބޮޑެތި ޓަވަރު ފައިބާނެ. ސޫހޭލޫ އަހަރެމެން މީ މޮޔައިން ދޯ؟ އިންތިހާބުން ޓަވަރުތައް ތެދުވާނެ! ހަހަހަހަ