ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރަމުން އަންނަ "ލިބޭ އޮންލައިން" އިން ކުއެލިޓީ އެކި ފެންވަރުގެ ފޭސް މާސްކް ހެޔޮ އަގުގައި ލ.ގަން އަދި ފޮނަދޫގައި ވިއްކަން ފަށައިފިއެވެ.

"ލިބޭ" އިން މިހާރުވެސް ގިނަ ވައްތަރުގެ ފޭސް މާސްކު ވިއްކަމުން ދާއިރު، ގަމާއި ފޮނަދޫއިން "ނައިކް" އަދި "އެޑިޑާސް"ގެ އިތުރުން، ކުޑަ ކުދިންގެ ޕްލެއިން މާސްކާއި، ބުރުގާ މާސްކު ލިބެން ހުންނާނެއެވެ.

"ލިބޭ" އިން ވިއްކާ "ނައިކް" އަދި "އެޑިޑާސް" މާސްކަކީ ހަންގަނޑަށް ފަސޭހަ ފޮތި ބޭނުންކޮށްގެން އުފައްދާފައިވާ، އަދި ގިނައިރު އަޅައިގެން ހުއްޓަސް އުނދަގޫ ނުވާ ގޮތަށް ފަރުމާކޮށްފައިވާ މާސްކެކެވެ.

މި މާސްކުގެ ފުރަތަމަ ލޭޔާ އަކީ ރެޕެލަންޓް ލޭޔާ އެކެވެ. ދެން އިން ދެ ލޭޔަރަކީވެސް ތަފާތު އެކި ބެކްޓީރިއާތަކާއި ކުނޑިތަކުން ރައްކާތެރި ކޮށްދޭ ދެ ލޭޔަރެވެ. ހަތަރު ވަނަ ލޭޔަރަކީވެސް މިފަދައިން ކުނޑިތައް ދަމައިގަންނަ ލޭޔަރެކެވެ.

"ލިބޭ"ގެ ޕްރޮޑަކްޓުތައް ގަމާއި، ފޮނަދޫއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ. "ލިބޭ"ގެ ޕްރޮޑަކްޓުތައް ގަން ފޮނަދޫއިން ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9847791 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ.

"ލިބޭ"ގެ ޕްރޮޑަކްޓުތައް ގަން މަތިމަރަދޫ ޕާލް ޝޮޕްއިންވެސް ލިބޭނެެެއެވެ.