ފާއިތުވެދިޔަ 2020 ވަނަ އަހަރު މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށެއްގައި ޖަމިއްޔާތަކާއި އާންމު ފަރުދުންނަށް އަމާޒުކޮށް ހިންގި ޕްރޮޖެކްޓްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލްގެ ސަސްޓެއިނަބިލިޓީ ރިޕޯރޓް 2020 އިން ދައްކައިފިއެވެ.

އެ ރިޕޯޓަީ މިދޔަ އަހަރުތެރޭ ކުރެވިގެންދިޔަ މުހިންމު މަސައްކަތްތަކާއި މުޖުތަމައަށް އެހީތެރިވުމަށް މާލީ ގޮތުންވެދީފައިވާ އެހީތެރިކަމާ ގުޅޭ މަައުލޫމާތު ހިމެނޭ ރިޕޯޓެކެވެ. އެ ރިޕޯޓް ވަނީ ބޭންކުގެ ވެބްސަައިޓްގައި ޝާއިއު ކޮށްފައެވެ.

ކޮވިޑް-19ގެލި މަޑުކަމާއެކު ދިމާވި ދަތި އުނދަގޫތަކާއެކުވެސް އެ ބޭންކުން ސީއެސްއާރ ޕްރޮޖެކްޓްތަކަށް ހިންގައި، އާންމު ފަރުދުންނާއި މުޖުތަމައުތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

އެގޮތުން އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް އެއްމިލިއަން ރުފިޔާގެ 20 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަގައި ހިންގުމަށް އިންވެސްޓްކުރެވުނުކަން ފާހަގަކޮށްލަން ޖެހެެއެވެ. މިގޮތުން ސްކޫލްތަކުގެ ކްލާސްރޫމްތަކަށް ބޭނުންވާ ތަކެތި ހޯދުމާއި ލައިބްރަރީ ތަރައްގީކުރުމާއި، ޕާކު އަދި ޖިމް ހެދުން، ނޭޗަރ ޕާކް ތަރައްގީކުރުމާއި، ސޯލަރ ލައިޓް ހަރުކުރުމުގެ ޕްރޮޖެކްޓްތަކަށް އެ ބޭންކުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަދި މީގެ އިތުރުން، ރާއްޖޭގައި ހިންގާ ޖަމިއްޔާތަކުން މުޖުތަމައަށް އެހީފޯރުކޮށްދިނުމަށް ހިންގާ ގިނަ ޕްރޮޖެކްޓްތަކަށާއި މަސައްކަތްތަކަށް އެހީވުމަށް އެ ބޭންކުން އަބަދުވެސް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ އަހަރު ކެންސަރ ސޮސައިޓީ އޮފް ދަ މޯލްޑިވްސް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރަން ކުރާ މަސައްކަތައް އެހީތެރިކަން ފޯރިކޮށްދީ ފެމަލީ ލީގަލް ކްލިނިކް ގެ ފަރާތުން ކުރިޔަށް ގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށާއި އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން މާލީ އެހީތެރިކަން ފޯރިކޮށްދީފައި ވެއެވެ.

އަދި ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް ހިންގުނު އާކް އެއިޑް ޕްރޮގްރާމަށް 150،000ރުފިޔާ ހަދިޔާކޮށް 587 ކުދިން ހިމެނޭހެން 300 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ބޭންކުން ބައިވެރިވެފައި ވެއެވެ.

އަތޮޅު ތެރޭގައި ބޭންކިންގ ވިއުގަ ފުޅާކުރުމަށްޓަކައި ވެސް މިދިޔަ އަހަރު އިތުރަށް އިންވެސްޓްތަކެއް އެ ބޭންކުން ކޮށްފައި ވެއެވެ. މިގޮތުން ނުވަ ރަށެއްގައި އަލަށް ސެލްފްސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވައި އިތުރު ފަސް ރަށެއްގައިބެެހެއްޓިފައި ހުރި އޭޓީއެމް ސެލްފް ސަރވިސް ބޭންކިންގ ހިދުމަތްތައް ލިބޭނެހެން ބަދަލު ގެނެސްފައެވެ. އަދި ކޭޝް އޭޖެންޓް ވިއުގަ ފުޅާކޮށް 200 އަށް ވުރެ ގިނަ އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ޚިދުމަތްތައް ލިބޭނެ މަގުވެސް ވަނީ ތަނަވަސްކޮށްދެވިފައެވެ. މީގެތެރެއިން 40 އަށް ވުރެ އޭޖެންޓުން މެދުވެރިކޮށް މިހާރު ވަނީ ފައިސާ ޖަމާކުރުމާއި ލޯނަށް ފައިސާ ދެއްކޭނެ މަގުވެސްފަހިކުރެވިފައެވެ.

ބީއެމްއެލްގެ އޭޓީއެމް - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަދި އެ ބޭންކުން ވަރަށް ހާއްސަކަމަށް ދީގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއަރ އެއް ހަދިޔާ ކުރުމުގެ ގޮތުން އިސްނަގައިގެން ކުރިޔަށް ގެންދާ ޕްރޮގްރާމުގެ ދަށުން 65 ވީލްޗެއަރ މިދިޔަ އަހަރު ވަނީ ހަދިޔާ ކޮށްފައެވެ. އެހެންކަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް 1.2 މިލިއަން ރުފިޔާ އެ ބޭންކުން ހާދަކޮށްފައި ވެއެވެ..

އެ ބޭންކުން މިއަހަރު ތެރޭގައިވެސް ރާއްޖޭގެ ރައްޔިތުންނާއި މުޖުތަމައުގެ ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަން ފާހަަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިލުުފުށީމީހާ

    ވިލުފުށީ އަފީފައް ސްޓެލްކޯ މެންޑޭޓްގައި ފްލެޓް އެޅުންނުހިމެނޭކަމައް ބުނިއިރު ބެންކް އޮފް މޯލްޑީސް އިން އެކި ދިމަދިމާލައް މިލިޔަނުން މިދިޔައަހަރު ޚަރަދުކުރީ ކޮންގޮތަކުންކަން އެގޭބާ؟ ބަލަ ގަމާރާ ރައްޔިތތުންގެ ކުންފުނިތަކު ރައްޔިތުންގެ ތަރައްގީއާއި ކުރިއެރުމައް އެހީ ނުވެވެންޏާ ދެން ކީއްކުރާ ކުންފުންޏެއް؟؟؟؟

  2. ދިވެއްސެއް ވީމަ ބުނަމޭ

    ބީ އެމް އެލް އަކީ ހަމަ ހަގީ ގަތުގައިވެސް އިންސާނީ އެހީ ވާ ބައެއްނަމަ އަދި ރައިސް އިބްރާހިމްސޯލިހަކީ އިންސާނީ ވޭނުގެ އަޑު އަހަން ދެކަންފަތް ބީރު ނުވާ މީހެއްނަމަ 17 އަހަރުގެ ޒުވާން ކުއްޖެއްގެ ފައި އެވަނީ އެކްސިޑެންޓެއްގައި ބުރިވެފަ އޭނަޔަށް އެހީ ވެ މަދަދު ވެރިވެދީ