ދެކުނުގެ އަތޮޅު ތަކަށް ލޯންޗް ފެރީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުންގެންދާ ރިލެކެސް ސްޕީޑްއިން ފެރީ ހިދުމަތް ހޯމަ ދުވަހު އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.

މީގެ ކުރިން ހަފްތާއަކު އެތައް ދަތުރެއް ދެކުނުގެ ރަށްތަަަކަށް ބާއްވަމުންދިޔަ ރިލެކްސް ސްޕީޑްގެ ދަތުރުތައް ހުއްޓުނީ އެ ފެރީ ދަތުރު ކުރާ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ މޮނީޓަރިންގ އަށް ލުމުންނެވެ. އެހެން ނަމަވެސް މިހާރު އެ ދެ ސިޓީ ވަނީ ހުޅުވާލާފައެވެ.

ހިތްގައިމު އަރާމު ދަތުރެއް ހިޔާރު ކުރާނަމަ ރިލެކްސް ސްޕީޑް ވަރެއް ނޯންނާނެއެވެ. ރިލެކްސް ސްޕީޑްގެ ލޯންޗް ފެރީއަކީ އަރާމު ފެރީއެކެވެ. މަތިންދާބޯޓުގައި ހުންނަ ކަހަލަ އަރާމު ގޮޑިތައް އެ ފެރީގައި ޖަހާފައި ހުންނައިރު، ޖާގަ ތަނަވަސް ފެރީއެއް ކަމުން، އަރާމުކޮށް އިނދެވޭނެއެވެ.

ރިލެކްސް ސްޕީޑް ދަތުރުކުރަނީ އައްޑޫއިން ފުވައްމުލަކަށާއި އަދި ގއ. އަތޮޅާއި ގދ. އަތޮޅުގެ ރަށްތަކަށެވެ.

ރިލެކްސް ސްޕީޑުން ބުނީ، ހޯމަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ދަތުރުތައް ޝެޑިއުލްއާ އެއްގޮތަށް އޮންނާނެ ކަމަށެވެ.

ރިލެކްސް ސްޕީޑްގެ ދަތުރުތަކުގެ އަގުތައް

  • އައްޑޫއިން ފުވައްމުލަކަށް - 300 ރުފިޔާ ކޮޅަކަށް
  • އައްޑޫއިން ގއ. ކަޑުހުޅުދޫ / ގއ. ގެމަނަފުށި / ގދ. ގައްދޫ / ގދ. ވާދޫ / ގދ. ފަރަސްމާތޮޑާ - 700 ރުފިޔާ ކޮޅަކަށް
  • ފުވައްމަލަކުން ގއ. ކަޑުހުޅުދޫ / ގއ. ގެމަނަފުށި / ގދ. ގައްދޫ / ގދ. ވާދޫ / ގދ. ފަރަސްމާތޮޑާ - 400 ރުފިޔާ ކޮޅަކަށް
  • ކޮލަމާފުުއްޓާއި ދެއްވަދޫ ފިޔަވާ އެހެން ރަށްތަކަށް ފުވައްމުލަކުން ފުރާނަމަ - 500 ރުފިޔާ ކޮޅަކަށް
  • ކޮލަމާފުުއްޓާއި ދެއްވަދޫ ފިޔަވާ އެހެން ރަށްތަކަށް އައްޑޫއިން ފުރާނަމަ - 800 ރުފިޔާ ކޮޅަކަށް

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ތެރޭގައި އެންމެ މަގްބޫލު ރިލެކްސް ސްޕީޑް ފެރީގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން 7934378, 7881124,9921256,7903532، 6861616 ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރިލެކްސް ސްޕީޑްގެ ދަތުރު ޝެޑިއުލް ބެލުމަށް އެ ކުންފުނީގެ ވައިބާ ކޮމިއުނިޓީ ގްރޫޕަށް ޖޮއިން ކުރުމުން ލިބޭ.ނެއެވެ.