މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް އައި ވަރުގަދަ ހީނަރު ކަމަށްފަހު އެންމެ އަވަހަށް ކުރިއަރާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި ރާއްޖެ ހިމެނިއްޖެއެވެ.
އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އިން ނެރުނު "ވޯލްޑް އިކޮނޮމިކް އައުޓްލުކް ރިޕޯޓުން" ދައްކާ ގޮތުން މިއަހަރުގެ ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ)ގެ ނިސްބަތުން ރާއްޖެ 18.9 އިންސައްތަ މިއަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 32.2 އިންސައްތައިގައެވެ.
އައިއެމްއެފް އިން ނެރުނުު މި ރިޕޯޓުން ދައްކާ ގޮތުން ގައުމުގެ އިގްތިސާދީ ކުރިއެރުން މިހާރު ޖުމްލަކޮށް ބަރޯސާވެފައި ވަނީ ކޮންމެ ގައުމެއްގައިވެސް ކަނޑައަޅާފައި އޮންނަ އުސޫލުތަކަަށެވެ. އެހެން ކަމުން ރަނގަޅު އުސޫލުތައް ހެދުމަށް އިސްކަން ދިނުމަށް އައިއެމްއެފް އިން ވަނީ ގައުމުތަކުގެ ލީޑަރުންނަށް އިލްތިމާސްކޮށްފައެވެ.
އައިއެމްއެފް އިން ހާމަކޮށްފައިވާ ގޮތުގައި މި ޕޮލިސީތައް ތައްޔާރުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހަށެވެ. އެގޮތުން ކޮވިޑް-19 އާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގައި ގައުމުގެ އިގްތިސާދަށް ގެއްލުން ނުވާ ގޮތަށް ކަންކަން ބެހެއްޓުމަށް އިސްކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ އިގްތިސާދު ޖުމްލަ ގޮތެއްގައި ބަރޯސާވެފައި އޮންނަނީ ފަތުރުވެރިކަމަށް ކަމުން ކޮވިޑް-19 ފެތުރެން ފެށުމާއެކު އިގްތިސާދަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ފަތުރުވެރިކަމަށް ހުޅުވާލުމާއެކު ރާއްޖޭގެ އިގްތިސާދު ވަނީ މަޑުމަޑުން ރަނގަޅުވާން ފަށައިފައެވެ. ބޯޑަރު ހުޅުވާލާފައި ވަނީ ހަތަރު މަސް ދުވަހު ބަންދުކޮށްފައި އޮތުމަށް ފަހުއެވެ.
މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސަރުކާރުން ވެސް އަންނަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ވިސްނާ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އިގްތިސާދު މައްޗަށް އެކަމް ޑޮލަރުގެ އެއްވެސް މުއާމަލާތެއް ނުކުރެވެ ދަރަނި ދަނީ މައްޗަށް ތަކެތީގެ އަގު ދަނީ މައްޗަށް މަޖާ ވާހަކައެއްނުމީ
ކެނެރީ ނަޝީދުގެ ދަހިވެތިކަން ހަމަ.
ޢެޔޯ
އިގުތިސާދު ކިތަންމެ ކުރިއެރިޔަސް ރައްޔިތަކައް ކުރާ ރާހަތެއް ހަރާމުންހަރާން ޖޫރިމަނާވެސް ކުރުންވަނީގިކޮއްފަ!
އިގުތިސާދު ކިތަންމެ ކުރިއެރިޔަސް ރައްޔިތަކައް ކުރާ ރާހަތެއް ހަރާމުންހަރާން ޖޫރިމަނާވެސް ކުރުންވަނީގިކޮއްފަ!