ހަންގަނޑުގެ ޗާލުކަމާ އެއްވަރަށް، ހަންގަނޑު ދުޅަހެޔޮވެ ރައްކާތެރިވުމަކީ ޒީނަތްތެރިވާން އެދޭ ކޮންމެ މީހެއްމެ ހާސިލްކުރަން ބޭނުންވާ ކަމެކެވެ. މިއީ ހަންގަނޑުގެ ރީތިކަމާއި އުޖާލާކަން ދެމެހެއްޓުމަށް އެދޭ ނަމަ ކޮންމެހެން ސަމާލުކަންދޭން ޖެހޭ ކަމެއްވެސް މެއެވެ. އެހެންކަމުން ރީތި ހަންގަނޑެއްގެ ވެރިޔަކަށް ވުމަށްޓަކައި ހަންގަނޑަށް ދާއިމީ ގެއްލުން ލިބިދާނެ އެންމެހާ ކަންކަމުން ދުރުހެލިވާން ޖެހެއެވެ.

ހަންގަނޑަށް ގެއްލުން ލިބި ނުރަނގަޅު އަސަރު ކުރާ ފަހުން އަލުން އަނބުރާ ޒުވާން ރީތި ހަންގަނޑެއް ލިބިގަތުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އެހެންކަމުން ޒުވާންކަން ގެއްލި ދިއުމުގެ ކުރިން މިކަމާ މެދު ފަރުވާތެރިވާން ޖެހެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރާ އަދި ދިވެހިންގެ މެދުގައި މަގުބޫލު، ދުނިޔޭގައި ވެސް މަޝްހޫރު ގިނަ ބްރޭންޑުތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ "ލިބޭ އޮންލައިން" އިން މި ވަނީ އިސްވެ ފާހަގަކުރެވުނު މައްސަލައިގެ ހައްލު ހޯދައިދީފައެވެ. އެ ވިޔަފާރިން މިހާރު ވިއްކަމުންދާ މަޝްހޫރު "މޭޑް އިން ނޭޗާ" ބްރޭންޑުގެ ޝަވާ ކްރީމް އާއި މި ބްރޭންޑުގެ ބޮޑީ ލޯޝަނަކީ ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށް ޚާއްސަ އުފެއްދުމެކެވެ.

މި ދެ އުފެއްދުމަކީ ހަންގަނޑު ދުޅަހެޔޮކޮށްދީ ޒުވާންކަން އިތުރުކޮށްދިނުމުގެ އިތުރުން އާންމުކޮށް ހުރިހާ ވައްތަރެއްގެ ހަންގަނޑަކާއިވެސް ގުޅޭގޮތަށް އުފައްދާފައިވާ ކެމިކަލް އާއި ގެއްލުންދެނިވި އެއްވެސް މާއްދާއެއް ނުހިމަނޭގޮތަށް އުފައްދާފައިވާ ގުދުރަތީ އުފެއްދުމެކެވެ.

މިއީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަންގަނޑުގެ ތާޒާކަން އިތުރުކޮށްދީ ދުޅަހެޔޮކޮށްދިނުމާއި އެކު ކުލަ އަލުކޮށްދޭ ފައިދާހުރި އުފެއްދުމެކެވެ. އެގޮތުން ހަށިގަނޑުގެ ހަންގަނޑު އޮމާންކޮށްދީ ހަންގަނޑު މަޑުކޮށްދީ ކުރަކިކަން އަވަހަށް ފިލުވާލުމަށް މި އުފެއްދުންތައް ވަރަށް ބޮޑު އެހީއަކަށް ވެގެންދެއެވެ.

މީރު ވަހެއް އެކުލެވޭ "މޭޑް އިން ނޭޗާ" ގެ ޝަވާ ކްރީމް އާއި ބޮޑީ ލޯޝަންގެ އެންމެ ޚާއްސަ ކަމަކީ އޭގައި ހިމަނާފައިވާ ގުދުރަތީ ބައިތަކުގެ ސަބަބުން ހަންގަނޑު ރައްކާތެރިކޮށްދޭ ދިނުމެވެ. އަދި އެއާއެކު ހަންގަނޑުގެ ތާޒާކަން ގެއްލިދިއުމަށް ހުރަހަކަށްވެ އެފަދަ ބައިތައް ނައްތާލައި ހަންގަނޑާއި ހަށިގަނޑަށް ފަރުވާ ލިބިދިނުމުގައި މި ދެ އުފެއްދުން މުޙިންމު ދައުރެއް އަދާކުރެއެވެ.

މީގެ އިތުރުން މި އުފެއްދުންތަކުގައި އެކުލެވޭ މިލްކް ޕްރޮޓީން އާއި ވިޓަމިން ބީ-3 އަދި ވިޓަމިން-އީ ގެ ސަބަބުން ހަންގަނޑަށް ގިނަގުނަ ފައިދާތައް ލިއްބައިދެއެވެ. މި ބައިތަކުގެ ސަބަބުން އާދަކޮށް މި އުފެއްދުންތައް ބޭނުންކުރަން ފެށުމުން ހަންގަނޑު މަޑުވެ ހިކިފައި ހުންނަ ހުރުމަށް ޙައްލު ހޯދައި ދެއެވެ.

ގުދުރަތީ ފައިދާކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ މި ޝަވާ-ކްރީމާއި ލޯޝަންގެ އެންމެ ޚާއްސަ ކަމަކީ، އާދަކޮށް މި ދެ ބާވަތް ބޭނުންކުރަން ފަށާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ފައިދާއާއި ބަދަލުތައް ފެންނާން ފެށުމެވެ.

މި ދެބާވަތް ބޭނުންކުރަން ޖެހޭ ގޮތަށް ބަލާއިރު، މި ޝަވާ ކްރީމް ބޭނުންކޮށްގެން ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު ފެންވެރުން މުޙިންމެވެ. މިގޮތުން މި ކްރީމް ބޭނުންކުރާއިރު، ގައިގައި އުނގުޅުމަށް ބޭނުންކުރާ މަޑު ސްޕޮޖެއް ނުވަތަ ފޮތިކޮޅެއް ބޭނުންކުރުން ރަނގަޅެވެ. އަދި ރަނގަޅަށް ހަންގަނޑުގައި މި ކްރީމް އުނގުޅާލުމުން ދޮވެލަންވާނެއެވެ. ނަމަވެސް މި ކްރީމާއެކު އެހެން ބާވަތްތަކުގެ ބާތު-ކްރީމް ނުވަތަ ޝަވާ ކްރީމް ބޭނުންކުރުން ރަނގަޅެއް ނޫނެވެ.

މި ޝަވާ-ކްރީމުން ފެންވެރުމަށްފަހު އާދަކޮށް ކޮންމެ ފަހަރެއްގައި ވެސް މި ބްރޭންޑުގެ ލޯޝަން، ރަނގަޅަށް ހަންގަނޑަށް ވަންނާނެހެން ބޭނުންކުރަން ވާނެއެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު ނުވަތަ ބޭނުން ނަމަ އެއްފަހަރަށްވުރެ ގިނަފަހަރު މި ލޯޝަން ބޭނުން ކުރެވިދާނެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ މި ބްރޭންޑުގެ ޝަވާ-ކްރީމްގެ 450 އެމްއެލް ފުޅި "ލިބޭ އޮންލައިން" ގައި ރީޓެއިލްކޮށް ވިއްކަން ހުރީ 152 ރުފިޔާއަށެވެ. އަދި މި ބްރޭންޑުގެ ބޮޑީ ލޯޝަންގެ 450 އެމްއެލް ފުޅި ވެސް ރީޓެއިލް ކުރަނީ މި އަގުގައެވެ. އެ ވިޔަފާރިން އަންނަނީ ފަސޭހަކަމާއެކު ރާއްޖޭގެ ހުރިހާ ހިސާބަކުން ކަސްޓަމަރުންނަށް މި ޕްރޮޑަކްޓުތައް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ވަރަށް ޚާއްސަ އަގުތަކެއްގައި ހޯލްސޭލްވެސް ކުރަމުންނެވެ.

މި ޕްރޮޑަކްޓު ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ" ގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރުމަށް އެފަރާތުން އެދެއެވެ.

މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.