ހއ. ދިއްދޫގައި ހުންނަ "ލިބޭ-03“ ފިހާރަ އިން ޑެލިވަރީގެ ހިދުމަތް ހޯދައިގެން 5000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިއްދޫގައި އަނެއްކާވެސް ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުން އަންނަ މި ދަަނޑިވަޅުގައި ފިހާރަ އަށް މީހުން ދިއުމުގެ ބަދަލުގައި އޯޑަރު ކުރުމަށް ބާރު އެޅުމުގެ ގޮތުން ފެށި މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 28ގެ ނިޔަލަށެވެ.

"ލިބޭ-03" ކުން އޯޑަރު ކުރެއްވުމާއި އެކު ގޭގެ އެޑްރެސް ޖެހުމަށް ފަހުގައި ބިލްކޮޅުގެ ކޮޕީ އެއް ފިހާރަ ތެރޭގައި އިންނަ ކޫޕަން ފޮއްޓެއް ތެރެއަށް ލެވިގެން ދާނެއެވެ. ޖޫން 29 ވަނަ ދުވަހު ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވާނެއެވެ. ހަމަ އެ ދުވަހު ނަސީބުވެރިޔާ އާއި ފައިސާ ވެސް ހަވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިއްޔެ އެ ފިހާރައިގެ 5،000ވަނަ ކަސްޓަމަރަށް ތިންހާސް ރުފިޔާގެ ގިފްޓް ޕެކެއްވެސް ދީފައިވާއިރު، ކޮންމެ ދުވަހެއްގެ 200 ވަނަ ކަސްޓަމަރުގެ ބިލް މުޅިން ހިލޭ ލިބޭ ޕްރޮމޯޝަނަކާއި، އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މިހާރުވެސް އެ ފިހާރަ އިން ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

”ލިބޭ އޮންލައިން" އަކީ ރާއްޖޭގައި ފުޅާ ދާއިރާ އެއްގައި ވިޔަފާރިކުރަމުން އަންނަ ކުންފުންޏެއް ކަމުގައިވާއިރު އޮތޮރައިޒްޑް ޑިސްޓްރިބިއުޓާގެ ގޮތުގައި އެތައް މުދަލެއް ރާއްޖެ އެތެރެކޮށް އެ ކުންފުނިން ވިއްކަމުން ގެންދާކަންވެސް ފާހަގަކޮށްލެވެއެވެ.