ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް އަމާޒުކޮށްގެން ލިޓަސް ކޮންސްޓްރަކްޝަންގެ ފަރާތުން "ހިތްގައިމު ދިރިއުޅުން" މި ނަމުގައި ޚާއްސަ ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

ފިނިޝިން މަސައްކަތްތަކުގެ މައްޗަށް އެކުލެވޭ އެ ޕެކޭޖާއި ގުޅޭ މައުލޫމާތު ހާމަކޮށް ލިޓަސް އިން އާއްމު ކުރި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ޕެކޭޖްގެ ތަސައްވުރަކީ ހިޔާ ފުލެޓްގައި ދިރިއުޅޭ އެންމެންނަކީ އެއް ފެންވަރެއްގައި ހިތްހަމަޖެހިގެން ދިރިއުޅުމުގެ ފުރުސަތު ލިބިފައިވާ ބަޔަކަށް ވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

އެގޮތުން އެ އުންމީދާއި އެކު ލިޓަސް އިން ތައާރަފް ކުރި ޕެކޭޖްގެ އަލީގައި ހިޔާ ފްލެޓް ލިބުނު އާއްމުންގެ ފުލެޓްތަށް ރީތި ގެތަކަށް ބަދަލުކޮށްދިނުމުގައި އިތުބާރުހުރި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭނެކަން ލިޓަސް އިން ފާހަގަކުރެއެވެ. އަދި ޖީބަށް ލުއިވާނެ ގޮތަކަށް ތައްޔާރުކުރެވިފައިވާ މި ޕެކޭޖްތައް ތައްޔާރުކޮށްފައި ވަނީ ވީހާވެސް ރަނގަޅަށް ލުއި ގޮތަކަށް ފިނިޝިން ނިންމާލެވޭނެ ގޮތްތައް ވިސްނައިގެން ކަމަށް ލިޓަސް އިން ބުނެއެވެ.

" ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން މިކަހަލަ ޕެކޭޖެއް ފަރުމާކުރެވި މިއަދު ވުޖޫދަށް މިއައީ" ލިޓަސްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިން އާސިފް ރަޝީދު ވިދާޅުވިއެވެ.

ހިޔާ ފުލެޓް މިހާރު މަސައްކަތްގޮސް ހުރި ހިސާބުން ދިރިއުޅެވޭނެ ފެންވަރަށް ތަން އެއްކޮށް ނިންމަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެކުލެވޭނެހެން ތައްޔާރުކޮށްފައިވާ މި ޕެކޭޖު އެކުލަވާލާފައި ވަނީ ޖުމުލަ 48 މަހަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކުރެވޭނެ ގޮތަށް ކަން ފާހަގަކޮށްލެވެއެވެ. މިޕެކޭޖުގެ ޚާއްސަ އަނެއް ކަމަކީ މިއީ އިސްލާމީ ޝަރީޢާގެ އޮނިގަނޑުގެ ތެރެއަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ ޕެކޭޖަކަށް ވުމެވެ.

ލިޓަސް އިން ބުނިގޮތުގައި 700 ފުލެޓަށް އަމާޒު ކުރެވިފައިމިވާ ޕްރޮޖެކްޓަށް ސްލޮޓްތައް ދިނުމާއި އެގްރީމެންޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ލިބޭ ތަރުތީބުންނެވެ. މިކަމާ ގުޅޭ މައުލޫމާތު ހޯދާލުމަށް ގުޅާލެވޭނެ ނަންބަރަކީ 7978339 އެވެ.

މީގެ އިތުރުން ހިތްގައިމު ދިރިއުޅުން' މިޕެކޭޖްގެ ފުލް ފިނިޝިންގް ސޮލިއުޝަން އެއްތަނަކުން ފުރިހަމަ ކުރުމުން ގިނަ ފައިދާތަކެއް ލިބޭކަން ލިޓަސް އިން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ލިޔުންތަކާއި ޕްރޮސެސް ލުއިގޮތަކަށް ނިމުމާއި، މަސައްކަތް ފަސޭހަވެފައި އަވަސްވުން ހިމެނެއެވެ.

"މަސައްކަތައް އެކި ފަރާތްތަކުން ވަދެ އެކި ތަން ތަން ކޮޅު ހަދައިދިނުމަށް ވުރެއް އެއް ތަނަކުން ހަވާލުވާ ޓީމެއް މަސައްކަތް ކުރުމުން ފަސޭހަވެއެވެ. މަސައްކަތުގެ ކުރިއެރުން ބަލަން ގުޅާލަން ޖެހޭނީ އެއް ތަނަކަށް އެއްފަހަރެވެ" ލިޓަސް އިން ބުނެފައިވެއެވެ.

ލިޓަސް އިން މި ޕެކޭޖާއި އެކު ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު "ހިތްގައިމު ދިރިއުޅުން" ޕްލޭނަކީ ބޮލުގެ ރިހުން ކުޑަ އަދި ހަރަދާއި - ފެންވަރު ދެކޮޅުޖެހޭ ޕްލޭނެކެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މެޓުރިކުސް

    ކޮންތާކުންހޭ ލާރި ހޯދާނީ

  2. ތަކުރު

    ޢަގު ހެޔޮ ޖީބައް ލުއި ވާނިީ ދެން މިވަރައް.
    ކުލި 8500
    ލިޓަސް 6541
    ބިލްތައް ؟
    ކެއުން ؟
    15000ރ ކަޑާފަ ނުކައި ނުބޮއެ އުނުއޮރިޔާން ނުފިލުވާތޯ އުޅެންވީ ؟

  3. އާސިދާ

    ކޮބާތޯ ތިޔަ ޕެކޭޖުގެ އަގަކީ ބަހާލަނީ މަހަކު ކިހާވަރެ އްތޯ ދައްކަންޖެހެނީ...ނޫނީ މަސައްކަތް ނިންމުުން އެއްފަހަރާތޯ ދައްކަންޖެހެނީ.....48 މަހަ އް މަހަކު ކިހާވަރެ އްތޯ ދަ އްކަންޖެހެނީ...

  4. އަލީ

    ހިޔާފުލެޓްތަކުން ނަގާ އިންޓްރެސްޓް އަކީ ރިބާ އަށް ވާނެބާ؟ ޝޭހެއްގެ ބަސް ބޭނުން.

    1
    1
    • .....

      ޝެއިހްއެއް ކައިރި އަހާލައްޗޭ...ރިބާ އަށް ނުވިޔަސް ހުއްދައެއް ނުވާނެކަން އެނގެނީ....ރިބާ ނޫން ކަން ޔަގީން