ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ރާއްޖޭގެ އެންމެ ފުރަތަމަ އަތަރު ބްރޭންޑް ކަަމަށްވާ އޫދް އަލް ސަބާޔާއިން ދެ ޖިންސުގެ މީހުންނަށް ހާއްސަކޮށް ލޯޝަނެއް ތައާރަފްކޮށްފިއެވެ.

އޫދް އަލް ސަބާޔާއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި ރާއްޖެއަށް މަޝްހޫރު ވެގެން ގޮސްފައިވާ ބްރޭންޑެކެވެ. އެ ބްރޭންޑްގެ އަމިއްލަ އުފެއްދުންތަކުގެ ތެރޭގައި އަތަރު، ލޯޝަން އަދި އެއާ ފްރެޝްނާ ފާހަގަކޮށްލެވެއެވެ.

އޫދް ރޯޒްގެ ނަމުގައި އެ ބްރޭންޑްގެ އަމިއްލަ އުފެއްދުންތަކުގެ ތެރެއަށް އަަލަށް ތައާރަފް ކުރި މި ލޯޝަނަކީ ވަރަށް މީރުވަސް ދުވާ، ދެ ޖިންސުގެ މީހުންނަށްވެސް އެހާމެ ކަމުދާނެ ލޯޝަނެކެވެ. އެ ލޯޝަނަކީ ހަންގަނޑަށް އަރާމުކަމާއި، ތާޒާކަން ލިއްބައިދޭނެ، އެހާމެ ގިނަ އިރުވަންދެން ވަސް ހުންނާނެ ކޮލެޓީ ލޯޝަނެއްވެސް މެއެވެ.

މިއީ އޫދް އަލް ސަބާޔާގެ ހަތް ވަނަ ވައްތަރުގެ ލޯޝަނެެވެ.

އޫދް އަލް ސަބާޔާއިން އަކީ މިދިޔަ އަހަރުތަކުގެ ތެރޭގައި އެތައް ވައްތަރެއްގެ އަމިއްލަ އުފައްދުންތަކާއި، އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް ތައާރަފްކުރި ކުންފުންޏެކެވެ. އޭގެ ތެރޭގައި މިިދިޔަ ހަފްތާ ތެރޭގައި ނެރުނު ޓޮމް ފޯޑް ބްރޭންޑް ލުއިސް ވުއިޓޮން އިތުރުން މިސް ޑިއޯރް އާއި އަދިވެސް ގިނަ ބްރޭންޑްތަކުގެ އަތަރު ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ އޫދް އަލް ސަބާޔާއިންނެވެ.

ކޮވިޑް-19ގެ އާ އާއްމު ހާލަތުގައި ގިނަ އުފެއްދުންތަކެއް ރާއްޖެއަށް ގެނެސް ވިއްކަން ތައްޔާރުވަމުން އަންނަ އޫދް އަލް ސަބާޔާ ބްރޭންޑްގެ މައި ފިހާރަ ހުންނަނީ މާފަންނު މިރިޔަސް މަގުގައެވެ. އޫދް އަލް ސަބާޔާގެ ނަމްބަރަކީ 9495757 އެވެ.