ރާއްޖޭގެ އެންމެ ފުރަތަމަ އަތަރް ބްރޭންޑް، އޫދް އަލް ސަބާޔާއިން ގެންގުޅެން ފަސޭހަ، މިނި ސްޕްރޭ ކަލެކްޝަނެއް ނެރެން ތައްޔާރުވެއްޖެއެވެ.

މިއީ ގެންގުޅެން ފަސޭހަވުމުގެ އިތުރުން، ޖީބަށް ލައިގެންނާއި ދަބަހަށް ލައިގެން އަދި އޮފީސް ފަދަ ތަންތަނުގައި ގެންގުޅެންވެސް ފަސޭހަ ސައިޒްގެ ޕާފިއުމް ކަލެކްޝަނެކެވެ.

އޫދް އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވީ، އޫދް އަލް ސަބާޔާއިން ތައާރަފް ކުރަނީ 20އެމްއެލްގެ ޕޮކެޓް ސްޕްރޭ ކަލެކްޝަނެއް ކަމަށެވެ. އޯއޭއެސް މިނީ ސްޕްރޭ ކަލެކްޝަންގެ ނަމުގައި ތައާރަފްކުރާ މި ޕޮކެޓް ސްޕްރޭއަކީ އޮފީސްތަކުގައި އާއި ޑިއުޓީތަކުގައި އުޅޭ މީހުންނަށް ހާއްސަ ސްޕްރޭއެއްކަމަށް ޝަބީން ވިދާޅުވިއެވެ.

"ވަރަށް ގިނަ މީހުންނަށް އުނދަގޫވޭ 50އެމްއެލްގެ ބޮޑެތި ފުޅި ހިފައިގެން ބޭރުގައި އުޅެން. މިއީ އެކަމަށް ވަރަށް ބޮޑަށް ވިސްނާފައި އޮފީސްތަކާއި، ބޭރު ތެރޭގައި އުޅޭ މީހުންނަށް ހާއްސަކޮށް، ޖީބަށާއި ދަބަހަށް ލައިގެން ގެންގުޅެވޭ ވަރުގެ ފުޅިއެއް" ޝަބީން ވިދާޅުވިއެެވެ.

އޫދް އަލް ސަބާޔާއިން ފުރަތަމަ މި ނެރެނީ މި ކަލެކްޝަންގެ ލޭޑީ ސަބާޔާއެވެ. މިއީ އަންހެނުންނަށް ހާއްސަ އެންމެ މަޝްހޫރު ޕާފިއުމެވެ. ލޭޑީ ސަބާޔާއަކީ އޫދް އަލް ސަބާޔާއިން ފުރަތަމަ ނެރުނު އަންހެނުންގެ ޕާފިއުމެވެ. މި ޕާފިއުމް މާދަމާ މެންދުރު 14:00 އިން ފެށިގެން އޫދް އަލް ސަބާޔާއިން ލިބެން ހުންނާނެއެވެ.

ޝަބީން ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އޫދް އަލް ސަބާޔާގެ ހުރިހާ ޕާފިއުމެއްގެ މިނި ސްޕްރޭ ނެރޭނެ ކަމަށެވެ.

އޫދް އަލް ސަބާޔާއަކީ އަބަދުވެސް ކަސްޓަމަރުން އެންމެ ގަޔާވާ ގޮތަށް އުފެއްދުންތައް ނެރެމުން އަންނަ ބައެކެވެ. އެގޮތުން އެ ބްރޭންޑުން ރާއްޖެ އަށް ތައާރަފް ކުރި އުފެއްދުންތަކުގެ ތެރޭގައި އަމިއްލަ އަތަރާއި، ޕާފިއުމް، ލޯޝަން އަދި އެއާ ފްރެޝްނާ ހިމެނެއެވެ.

އޫދް އަލް ސަބާޔާއާ ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ. އޫދް އަލް ސަބާޔާގެ މައި ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގުގައެވެ.