އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ތައާރަފް ކުރި "ރެޑީ މިކްސް ސިމެންތި" ނޫނީ ތައްޔާރީ ސިމެންތި ކަމުގައިވާ ޕަވާމިކްސް ބްރޭންޑްގެ ސިމެންތި ތައްޔާރު ކުރާ ކާރުހާނާއެއް ހުޅުމާލޭގައި ހުަޅުވައި, ހިދުމަތް ފަށައިފިއެވެ.
މިރޭ ހުޅުމާލޭގަައި ބޭއްވި ރަސްމިއްޔާތެއްގައި މި ކާރުހާނާ ހުޅުވައިދެއްވީ ހަައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު އާއި އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަހީރުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ، އެސްޓީއޯ އިން ރާއްޖެއަށް ޕަވާމިކްސް ސިމެންތި ތައްޔާރުކޮށް ވިއްކަން ފެށީ 2015 ވަނަ އަހަރުން ފެށިގެން ކަމަށާއި، މިއީ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ބޮޑު އިސްނެންގެވުމާއެކު ފެށި ޕްރޮޖެކްޓެއް ކަމަށް ޝަހީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ރެޑީ މިކްސްއަކީ މުޅި ރާއްޖެއަށް މަގުބޫލު އެއް ބްރޭންޑް. އަޅުގަނޑުމެން މިހާރު މިދަނީ މި އިންޑަސްޓްެރީ އަށް ވަރަށް ބޮޑަށް ކޮންޓްރިބިއުޓް ކުރަމުން" ޝަހީރު ވިދާޅުވިއެވެ.
ޝަހީރު ވިދާޅުވީ، މާލޭގައި ގާއިމްކޮށްފަޢިވާ ސިމެންތި ކާރުހާނާއިން ކޭޓަރ ނުކުރެވިގެން ހުޅުމާލޭގައި ކާރުހާނާއެއް ހެދުމަށް ނިންމީ ހުޅުމާލެއަކީ އެންމެ ބޮޑަށް އުމްރާނީ ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުން އަންނަތަންކަމުގައިވާތީ ކަމަށެވެ.
"މިރޭ މި ހުޅުވޭ މި ޕަވާ ޕްލޭންޓަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ކެޕޭސިޓި ބޮޑު އަދި ސަޕްލައި ކުރުމުގައިވެސް އެންމެ ކެޕޭސިޓީ ރަނގަޅު ކުންފުންޏަށްވެގެންދާނެ" ޝަހީރު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ، ހުޅުމާލެއަކީ ރާއްޖޭގައި މިހާރު އެންމެ ގިނަ އިމާރާތްތައް ހެދެމުން އަންނަތަންކަމަށްވެފައި ހުޅުމާލޭގައި ގާއިމް ކުރެވުނު މި ޕަވާ ޕްލާންޓްގެ ސަބަބުން ކޮލެޓީ ރަނގަޅު އަގުވެސް ހެޔޮ ކޮންކްރީޓް ލިބިގެންދާނެ ކަމަށެވެ.
"މީގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އިތުރު ކޮމްޕެޓިޝަން އާއި އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް އަޅުގަނޑު ޔަގީން ކުރަން" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
އެސްޓީއޯ އިން މައުލޫމާތުދޭގޮތުގައި، ރެޑީމިކްސް ކޮންކްރީޓުގެ ހިދުމަތުގެ ސަބަބުން ކޮންޓްރެކްޓަރުންގެ ކޮންކްރީޓް މަސައްކަތުގެ އަގު ވަރަށް ބޮޑަށް ހެޔޮވެ މަސައްކަތުގައި ބޭނުންކުރަންޖެހޭ ލޭބަރުންގެ އަދަދު މަދުވެގެން ދާނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ރެޑީ މިކްސް ޕްލާންޓް އެސްޓީއޯ އިން ހުޅުމާލޭގައި ހުޅުވައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. ތިޔާ އެސްޓީއޯ އިން ކުރި ކަނޑުކޮސް އިންވެސްޓްމެންޓް އެކެވެ. ތިއަށް ވުރެން ރަނގަޅުވީސް ނޫންތޭ އެސްޓީއޯ އިން އިންޑަސްޓްރިއަލް ސައިޓް ގައި 25 ބުރީގެ ކޮމާރޝަލް ބިލްޑިންގް އެއް އަޅާ އެތަނުގެ އެކި ފްލޯރސް ތައް ކުއްޔަށް ދޭން ތިޔާ ބިން ބޭނުން ކުރިނަމަ ތިޔާ ރެޑީ މިކްސް ކޮންކްރީޓްގެ އޮޕަރޭޓިންގް ކޮސްޓް އަދި އޯވަރހެޑް ކޮސްޓް ކަނޑާލާއިރު އެސްޓީއޯ އަށް ކޮންމެ އިވެންޓަކުން 1000 ރުފިޔާގެ ފައިދާ އެއް އޮތުން އެއީ އެސްޓީއޯ ފަދަ ބިޔަ އޯވަރހެޑް އެއް އަދި ބޮޑު ބިއުރޮކްރަޓިކް ސިސްޓަމެއް އޮންނަ ކުންފުންނަކުން ކުރަން ހެޔޮވާ ވަރުގެ ވިޔަފާރި އެއް ނޫނެވެ. މަމެންގެ ވެރިކަމުގައި ކެނެރީގެ ނަޝީދުގެ ވެރިކަމުގައި ކުރި ފަދަ ކަނޑުކޮސް ކަންކަން އެސްޓީއޯ އިން ކޮށްގެން މަމެން ގަބޫލު ނުކުރާނަން އެކަން.
ހަމަ އެކަނި ސިމެންތިއެއް ނޫން އުފައްދަންވީ، ތަފާތު އިންޑަސްޓްރިއަލް މަސައްކަތްތަށް ތއަާރަފްކޮށް ހަމަ އެކަނި ޓޫރިޒަމަށް މަސްވެރިކަމަށް ބަރޯސާވާވުން އެބަ ޖެހޭ ކުޑަކުރަން. މި ގައުމުގަވެސް ހަމަ ރޯމެޓީރިއަލް ގެނެސްގެން ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ، މިސާލަކަށް އިންޖިން ސްޕެއާ ކަހަލަ