ހއ. ދިއްދޫގައި ހުންނަ "ލިބޭ-3" ފިހާރަ އިން ކުރިއަށް ގެންދިޔަ އުމްރާ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ދިއްދޫގައި ލިބޭ-3 ހުޅުވުމަށް ފަހުގައި އެ ފިހާރަ އިން ވަނީ އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ.

ކޮންމެ 250 ރުފިޔާ އިން މަތީގެ ވިޔަާރިއަކަށް ނުވަތަ ލިބޭ އިން ރާއްެޖެ އެތެރެކުރާ ޕްރޮޑަކްޓެއް ބައްލަވައިގަނެގެން ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއި އެކު އޮގޯސްޓް 31ގެ ނިޔަލަށް އެތައް. ސަތޭކަ ބަޔަކު ވަނީ ޕްރޮމޯޝަނުގައި ބައިވެރިވެފައެވެ.

ނަސީބުވެރިޔަކަށް ހޮވުނު ނަސްރުﷲ

މި ޕްރޮމޯޝަނުގެ ގުރުއަތުލުން ރޭ ނަގާފައިވާއިރު ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ހޮވިފައި ވަނީ ހއ.ދިއްދޫ ، ރީނދޫމާގެ، ނަސްރުﷲ އަބްދުލް ރަހީމެވެ.

އުމްރާ ޕްރޮމޯޝަން ނިމުނު ނަމަވެސް އެ ފިހާރަ އިން އަނެއްކާ ދަނީ އިތުރު ޕްރޮމޯޝަނެއް ފެށުމަށް ތައްޔާރުވަމުންނެވެ. މިގޮތުން ޕްލާސްޓިކް ކޮތަޅާއި ނުލައި ވިޔަފާރި ކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކޫޕަނެއް ލިބިގެން ދާނެއެވެ. މިއީ އާއްމުން ފޮތި ކޮތަޅު ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ލިބޭގެ އޮފިޝަލަކު ވަނީ މައުލޫމާތު ދީފައެވެ.

ލިބޭ އަކީ ރާއްޖޭގައި ފުޅާ ދާއިރާ އެއްގައި ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ.