ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެެންމެ މަޝްްހޫރު އަތަރް ބްރޭންޑް ކަމަށްވާ އޫދް އަލް ސަަބާޔާއިން އަންހެނުންނަށް ހާއްސަކޮށް ނެރުނު "ކުއީން" އަތަރްގެ ޕާފިއުމް ނެރެފިއެވެ.
މިއީ އޫދް އަލް ސަބާޔާއިން ވަރަށް ފަހުން ނެރުނު އަތަރެކެވެ. އެ އަތަރަށް ގިނަބައެއްގެ ތަރުހީބު ލިބިގެން ދިޔައިރު، ވަރަށް ގިނަބައެއްގެ ވަރަށް ރަނގަޅު ކޮމެންޓްތައް މި އަތަރަށް ލިބިގެން ދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ.
އޫދް އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވީ، ގިނަބައެއްގެ ތަރުހީބު ލިބިގެން ދިޔަ ކުއީން ބްރޭންޑްގެ އަތަރްގެ ޕާފިއުމް މިހާރުން ފެށިގެން އޫދް އަލް ސަބާޔާގެ މާލެ އަދި ހުޅުމާލެ އައުޓްލެޓުން ލިބޭނެ ކަމަށެވެ.
"އެއް ދުވަސް ވަންދެން ވަސް ހުންނާނެ، ވަރަށް ގިނަބައެއްގެ ވަރަށް ރަނގަޅު ކޮމެންޓެއް ލިބުނު އަތަރެއް މިއީ، އޭގެ ޕާފިއުމް މިއަދު މި ނެރުނީ". ޝަބީން ވިދާޅުވިއެވެ.
މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މަގްބޫލުކަން ހޯދި އޫދް އަލް ސަބާޔާއަކީ ރާއްޖެއަށް އަމިއްލަ އުފެއްދުންތައްވެސް ތައާރަފް ކުރަމުން އަންނަ ކުންފުންޏެކެވެ. އެެގޮތުން މިހާތަަނަށް އަމިއްލަ އެތައް ވައްތަރެއްގެ އަތަރާއި، ޕާފިއުމް، ލޯޝަނާއި، އެއާ ފްރެޝްނާ ތައާރަފްކޮށްފައި ވެއެވެ. އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަތަރާއި ޕާފިއުމް އެކުންފުނިން ރާއްޖެއަށް ތައާރަފްކޮށްފައި ވެއެވެ.
އޫދް އަލް ސަބާޔާގެ މާލެ ފިހާރަ ހުންނަނީ މާފަންނު މިރިޔަސް މަގުގައެވެ. އަދި ހުޅުމާލެ އައުޓްލެޓް ހުންނާނީ ހުޅުމާލެ ނިރޮޅު މަގު ގޯޅި ދޭއްގައެވެ.
އޫދް އަލް ސަބާޔާއަށް ގުޅޭނެ ނަމްބަރަކީ 9495757 އެވެ.