ހއ. ދިއްދޫގައި މިފަހުން ހުޅުވި "ލިބޭ-4" ފިހާރަ އިން ވިޔަފާރި ކޮށްގެން އަގުބޮޑު ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާ އެއްގައި ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން އެ ކުންފުނީގެ ދެވަނަ ފިހާރަ ދިއްދޫގައި މިހާރު ހުޅުވާފައި ވާއިރު އެ ފިހާރަ އިން ކުރާ ކޮންމެ 100ރ އިން މަތީގެ ވިޔަފާރި އަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކޫޕަނެއް ލިބިގެން ދާނެއެވެ. އަދި ގުރުއަތުން ހޮވާލެވޭ ނަސީބުވެރި އެއް ފަރާތަށް 10،000ރ. ގެ ފައިސާގެ އިނާމެއް ލިބިގެން ދާނެކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

" މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މާރޗް މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް. ދެން ގުރުއަތުން ދިމާވާ ފަރާތަށް 10،000 ރުފިޔާ ހަވާލު ކުރެވޭނެ" ލިބޭގެ މެނޭޖާރ އިސްމާއިލް ސައީދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

"ލިބޭ-4" ފިހާރަ ހުންނާނީ ދިއްދޫ ޓާފް ދަނޑު ކައިރީގައެވެ. މީގެ ކުރިން އެ ރަށުގައި ހުޅުވި "ލިބޭ-3" ފިހާރަ އަކީ ރަށުގެ ފްލެޓު ސަރަހައްދުގައި ހުންނަ ފިހާރަ އެއްކަމުން ދެކުނު ކޮޅުގެ ރައްޔިތުންނާއި އެ ފިހާރަ ވަރަށް ދުރެވެ. ނަމަވެސް، މި އައު ފިހާރަ އާއި އެކު އެ ސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު މި ފިހާރަ އިން މުދާ ލިބިގެން ދާނެއެވެ.

މީގެ ކުރިން "ލިބޭ-3" ކުން ޖެއްސި އެތައް ޕްރޮމޯޝަނަކަށް ދިއްދޫ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ދިއްދޫގައި ހުންނަ "ލިބޭ" ގެ ފިހާރަތަކުން ޑެލިވެރީގެ ހިދުމަތް ބޭނުންވާނަމަ 7803003 ނަމްބަރު ފޯނަށް ގުޅުއްވާށެވެ. އަދި ފިހާރަތަކަގެ އެހެނިހެން އަޕްޑޭޓުތައް ބައްލަވައިލެއްވުމަށް ވައިބާ ކޮމިއުނިޓީ އާއި ޖޮއިން ކުރައްވާށެވެ.