ހިޔާ ފްލެޓްތަކުގައި ކައްކާ ގޭސް ހޮޅި އެޅުމުގެ މަސައްކަތް ސަބް ކޮންޓެކްޓަކާއި ހަވާލު ކުރަން މޯލްޑިވް ގޭސް އިން ކުރި މަސައްކަތް ކާމިޔާބު ނުވުމުން އަނެއްކާވެސް އެމަސައްކަތް ކުރަން އަލުން އިއުލާން ކޮށްފިއެވެ.

މޯލްޑިވް ގޭސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގޭސް ހޮޅި އެޅުމުގެ މަސައްކަތް ޑިޒައިންކޮށް، އަދި އަމަލީ ގޮތުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެމަސައްކަތް ކުރަން ޖެހެނީ ކޮންޓެކްޓް ފައިނޭންސް އުސޫލުންނެވެ. އެހެންކަމުން މަސައްކަތުގެ ހުރިހާ ހަރަދެއް ކުރަން ޖެހޭނީ ކޮންޓެކްޓަށް މަޝްރޫއު ނަގާ ފަރާތުންނެވެ. މޯލްޑިވް ގޭސް އިން ފައިސާ ދައްކާނީ މަޝްރޫއުގެ މަސައްކަތް ނިމުމުންނެވެ.

ހިޔާ ފްލެޓްތަކަށް ގޭސް ހޮޅި އަޅަން މޯލްޑިވް ގޭސްއާ އެޗްޑީސީން ހަވާލު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުއެވެ. މޯލްޑިވް ގޭސް އިން ސަބް ކޮންޓެކްޓެއް ހޯދަން ކުރި އިއުލާނަށް އެކަށީގެންވާ އަދަދަކަށް ބިޑް ނުލިބުމުން މިހާރު އިއުލާން ކޮށްފައި ވަނީ މިމަޝްރޫއުއަށް ޝައުގުވެރިވާ ފަރާތްތަކުން އޭޕްރީލް މަހުގެ 03 ވަނަ ދުވަހުގެ ރޭގަނޑު 23:00ގެ ކުރިން މޯލްޑިވް ގޭސްއަށް އީމެއިލް ކުރުމަށެވެ. އީމެއިލް ކުރަން ޖެހޭނީ [email protected] އަށެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުގައި މަޝްރޫއުގެ ޕްރީބިޑް ބައްދަލުވުން އޭޕްރީލް 04 ވަނަ ދުވަހު އޮންނާނެއެވެ. ބިޑް ހުށަހަޅަން ޖެހޭނީ އޭޕްރީލް 17 ވަނަ ދުވަހު އެވެ.

ހިޔާ ފްލެޓްތަކަށް ގޭސް ހޮޅި އެޅުން އެޗްޑީސީން މޯލްޑިވް ގޭސް އާއި ހަވާލު ކުރީ މިއަހަރުގެ ދެވަނަ ކްއާޓަރުގައި މަސައްކަތް ނިންމާ ހަވާލު ކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް އަހަރުގެ ފުރަތަމަ ކުއާޓާ ނިމޭއިރު އަދި މަޝްރޫއު ބަޔަކާއި ހަވާލު ވެސް ނުކުރެވެއެވެ.

ހިޔާ ފްލެޓްތަކަށް ގޭސް ހޮޅި އެޅުމުގެ މަޝްރޫއު އާއި ހަވާލު ވުމަށް ފަހު މޯލްޑިވް ގޭސް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ގޭސް ހޮޅި އަޅައި ހިޔާ ފްލެޓްގެ ހުރިހާ އެޕާޓްމަންޓެއްގެ އުދުންތަކާ ގުޅައިލާނެ ކަމަށެވެ. މި ހޮޅިތައް ގުޅާނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރެޖް ޔުނިޓެއް ބަހައްޓައިގެން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ހިޔާ ފްލެޓްތަކުގައި ގޭސް ހޮޅި އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިމަޝްރޫއު ފެށިއިރު ވެސް ނިންމާފައި އޮތް ކަމެކެވެ. ނަމަވެސް ވެރިކަން ބަދަލުވެ، ހިޔާ ފްލެޓްގެ މަޝްރޫއުގެ މަސައްކަތްތައް ލަސްވެގެން ގޮސް، ގޭސް ހޮޅި އެޅުމުގެ މަސައްކަތް އަދިވެސް އޮތީ ނުފެށިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑީމަކްރަތީ

    ބަލަ މިނާގާބިލު ހިޔާނާތެރިބަޔަކައްއަދިގައުމުވިއްކާލާހަދާއިރު މިކަން އެއްވެސްކަމެއްނުވާނެ ތެހާސްތޭވީސަ ރައީސްޔާމީނައް މިކަންކުރެވޭނީ ކުލިވެސަ ހަދަންދިޔަފައިސާބެސްދޭނީ ޔާމީނު

    3
    1
  2. ތިނަދޫ ކޮއްޔަ

    އަލްހާންމެން ގެ ކުންފުނިން ތިޔަ ކަންތައް ކުރަން އުޅޭ ކަމަށް މަގުމަތީގައި އެބަ ވާހަކަ ދެކެވޭ.

    1
    1
  3. ކޮއްޔާ

    ރައީސް ޔާމީނު ވަރެއް ނެތް // ،

  4. ކުއި

    އިންޑިޔާގެ އެމްއެމް އެކްސްޕޯޓަށް ވިއްކާލި ޕްރޮޖެކްޓްތޯ؟

  5. Anonymous

    ޔާނޓެއައް ތާއީދު އެކަމަކު ގޭސް ހޮޅި އެޅުމާ ދެކޮޅު.

    3
    1
  6. Anonymous

    ފުލެޓު ހޯދަން ކިހިނެއްތަ ކަންތައް ކުރަން ޖެހެނީ؟ މިއުޅެނީ ދިރިއުޅޭނެ ތަނެއް ނެތިގެން.