ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބްރޭންޑެޑް ކޮސްމެޓިކްސް އަދި ޕާފިއުމް ހޯލްސޭލް ވިޔަފާރި ކުރަމުންދާ ނިއު އެޑިޝަން ހޯލްސޭލް ސެންޓަރުން ފްރާންސްގެ އޮރިޖިނަލް ޑިއުޓީފްރީ ބޮޑީސްޕްރޭ ތައާރަފްކޮށްފިއެވެ.

ޑިއުޓީފްރީ ބޮޑީސްޕްރޭއަކީ 200 އެމްއެލްގެ ގިނައިރު ވަސް ހުންނަ ކޮލިޓީ މޮޅު ބޮޑީ ސްޕްރޭއެކެވެ. އަދި މިބޮޑީސްޕްރޭއަކީ ޔޫރަޕިއަން ފެންވަރުގެ ސެޓިފިކޭޝަން ލިބިފައިވާ ޑިއުޓީ ފްރީއްށް ހާއްސަ ބޮޑީ ސްޕްރޭ ކަލެކްޝްންއެކެވެ.

ނިއު އެޑިޝަނުން މައުލޫމާތުދޭ ގޮތުގައި ޑިއުޓީފްރީ ބޮޑީސްޕްރޭއަކީ، ދުނިޔޭގެ މަޝްހޫރު ސެންޓުގެ ބްރޭންޑުތަކުގެ ވަސްތައް ހހިމެނޭ ބޮޑީ ސްޕްރޭ ކަލެކްޝަންއެކެވެ. އަދި ދިވެހިންނާއިވަރަށް ގުޅޭނެ، މިހާރުވެސް ދިވެހިންނަށް ކަމުދާ ގިން ވަސްތައް ހިމެނޭ ބޮޑީ ސްޕްރޭ ކަލެކްޝަންއެކެވެ.

މިސްޕްރޭއަކީ ގިނަބަޔަކަށް ގަނެވޭނެހެން ހެޔޮއަގުގައި ލިބެން ހުންނާނެ ސްޕްރޭއެކެވެ. ނިއު އެޑިޝަނުން މައުލޫމާތުދޭގޮތުގައި ނިއު އެޑިޝަނުން އަބަދުވެސް ބަލާނީ އާންމުންނަށް ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތަކެއް ހެޔޮއަގުގައި ފޯރުކޮށްދިނުމަށެވެ. އެގޮތުގެމަތިން ޖީއެސްޓީއާއިއެކު ހޯލްސޭލްކޮށް ޑިއުޓީފްރީ ބޮޑީސްޕްރޭ ފުޅިއެއް އެންމެ 30 ރުފިޔާ އަށް ލިބިވަޑައިގަންނަވާނެއެވެ.

ޑިއުޓީފްރީ ބޮޑީސްޕްރޭގައި މިވަނީ ރާއްޖެއަށް މުޅިން އައު ވަސްތަކެއް ބޮޑީސްޕްރޭ މާކެޓައް ތައާރަފްކޮށްފައިވެއެވެ. އަލަށް ތައާރަފްކޮށްފައިވާ މަޝްހޫރު ވަސްތަކަށް ބަލާއިރު ފާހަގަކޮށްލެވެނީ، މަޝްހޫރު ލުއިސް ވުޓޯންގެ ފަހުގެ ސެންޓުގެ ރޯސް ޑެސް ވެންޓްސް، މާކް ޖެކޮބްސް ޑެކަޑެންސް، ވައި އެސް އެލް ލީބްރޭ އިންޓެންސް، މޮންޓް ބްލަންކް އެމްބްލެމް، ޓޮމް ފޯޑް އޮމްބްރޭ ލެދާ އަދި އަރްމާނީ އަކުއާ ޑި ޖިއޯގެ ވަސްތައް ހިމެނެއެވެ.

ޑިއުޓީފްރީ ބޮޑީސްޕްރޭ ހޯލްސޭލްކޮށް ޑަޒަން ބައްލަވައިގަންނަވާ ފަރާތްތަކަށް ޓެސްޓާ ހިލޭ ލިބިވަޑައިގަންނަވާނެއެވެ. ޑިއުޓީފްރީ ބޮޑީސްޕްރޭ ކޭހެއްގައި 96 ފުޅި ހުރެއެވެ، އަދި ލިބިވަޑައިގަންނަވާނީ -/2880ރ އަށެވެ. ޑަޒަނެއް ލިބިވަޑައިގަންނަވާނީ -/360ރ އަށެވެ.

ނިއު އެޑިޝަން ހޯލްސޭލް ސެންޓަރަށް އޯޑަރުދެއްވުމަށް 9972727 9672727 އަދި 7483120 ގުޅާލުމުން ނުވަތަ ވައިބާރ މެދުވެރިކޮށް އޯޑަރު ކޮށްލުމުން ބޯޓަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. އަދި އޮންލައިން ޓްރާންސްފާއިން ފަސޭހައިން ފައިސާ ދައްކާލެވޭނެއެވެ. ނިއު އެޑިޝަން ހޯލްސޭލް ސެންޓަރު ހުންނާނީ އޮލިމްޕަސް ކުރިމަތީ މަގުން ގޮސް ނިމޭއިރު، ގަލޮޅު ސަހަރާ ކަންމައްޗަށްވާގޮތަށެވެ.