ރާއްޖޭގެ ގައުމީ އެއާލައިން ހިންގަމުންދާ މައި ކުންފުނި، އައިލެންޑް އޭވިއޭޝަނަށް މިދިޔަ އަހަރު ލިބުނު ގެއްލުން 159 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ ޖުމުލަ 99 މިލިއަން ރުފިޔާގެ ގެއްލުން ވެފައެވެ. އެހެން މެދުވެރިވެފައިވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށްވުމާއި ގުޅިގެންނެވެ.
މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އައިއޭއެސްއަށް ޖުމުލަ 326 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 425 މިލިއަން ރުފިޔާ ލިބުނެވެ.
އެއީ އެއީ ކުރީގެ އާމްދަނީއާ އަޅާބަލާއިރު 30 ޕަސެންޓުގެ ކުރިއެރުމެކެވެ. އެކަމަކު ކުންފުނީގެ ހަރަދުތައް ބޮޑުވުމާއި ގުޅިގެން ގްރޮސް ޕްރޮފިޓް މާޖިން ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވެސް ދަށަށް ގޮސްފައެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ންފުނީގެ ޖުމްލަ ހަރަދުތައް 21 ޕަސެންޓަށް ބޮޑުވެފައިވާއިރު، ހަތަރު ވަނަ ކުއާޓާ ނިމުނީ 24.7 މިލިއަން ރުފިޔާގެ ސާފު ގެއްލުމަކާއެކުއެވެ.
ތިންވަނަ ކުއާޓަރުގެ އިދާރީ ހަރަދުތަކަށް 114.9 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު ހަތަރުވަނަ ކުއާޓަރުގެ އިދާރީ ހަރަދުތައް 138.1 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
ކުންފުނީގެ ހަރަދުތައް ބޮޑުވެފައިވަނީ އިންޝުއަރެންސް އާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު ބޮޑުވުމުން ކަމަށް ވެސް ފައިނޭންޝަލް ރިޕޯޓްތަކުން ބުނެއެވެ.
އެގޮތުން ޕައިލެޓުންގެ ރޭޓު މަތިވުމަކީ ހަރަދުތައް ބޮޑުވާން މެދުވެރިވި މައިގަނޑު އެއް ސަބަބު ކަމަށް ރިޕޯޓު ބުނެއެވެ.
ދެހާސް ވިހިވަނަ އަހަރު ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކޮށް ދަތުރުފަތުރު ކުރުން ހުއްޓާލަން ޖެހުމާއި ގުޅިގެން ވެސް އައިލެންޑް އޭވިއޭޝަނަށް ވަނީ 400 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.
އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އެތެރޭގެ އުދުހުންތަކުންނެވެ.
ތިޔަ ކުންފުޏަށް ނުދެކެމޭ.... ފައިދާވިދުވަހެއް.....އަބަދުވެސް ގެއްލުގާ....ހިނގާކުންފުޏެއްތީ އަގު ބޮޑު ކޮށް ޓިކެޓް ވިއްކާ.... ފައިދާ ނުވޭ....
ލާދީނީ މީހުން ލައިގެން ގައުމު ދަވާލައިފި. މެނެޖިންގ ޑައިރެކްޓަރ އަކީ އެފަދަ މީހެއް. ތަންތަނުގެ ބަރަކާތްވެސް ކެނޑިފަ ތިހުރީ
އަވަހަށް އިންޑިޔާގެ ކުންފުންޏަކަށް ވިއްކާލަ. އެހެން ހަދަންވެގެންތަ ތި އުޅެނީ
މިހާރުވެސް ޓިކެޓު ނުލިބިގެން މީހުން އުޅެނީ ޢަގު އެހާބޮޑު ލާރިއަށް ކުރާކަމެއް ބަލަން ވެއްޖެ އެއްނޫން.
ގެއްލުން ނުވިއްޔާ ރަގަޅެއްނު. ފުލައިޓް ޝެޑިއުލްއެބަ ކުރޭ ހުކުރުދުވަހު މެންދުރު 12:40އައް. ޝީޓް ނަންބަރު ރޯ 13 އެއްނީދޭ
159 މިލިޔަން ގެއްލުންވީއިރު މިއިން ފްލައިޓަކުން ބޯފެންފޮދެއް ފިޔަވައި ދިނީކޯއްޗެއްތޯ؟ ވިއްކާ އަގުހެޔޮ ޓިކެޓްގެ ބަދަލުގައި އޯވަރވެއިޓްގެ ނަމުގައި ނަގާފައިސާކޮބާ؟800 ރުފިޔާ އަށް ޓިކެޓް ވިއްކާތީ ދިވެއްސަކަށް ޖާގައެއް ނުލިބޭ. މުޅިންވެސް ފަތުރުވެރިންނަށް ސީޓް ލިބެނީ.
ނާހަމަ ތެދެއް! ޢެތެރޭގެ އުދުހުން ތަކުން ދިވެހިން ފެލާލައިގެން ތިވަރު ރަނގަޅު. މިހާރުވެސް އެތައް މިލިއަން ރުފިޔާގެ ރިފަންޑް ރައްޔަތުންނަށްނުދީ އެބަހުރި އާދޭސްކޮށްކޮށްވެސް. ތިޔަތަން ބަނގުރޫޓް ވާކަށް މާގިނަ ދުވަހެއްނެތް. ދިވެހި ގައުމީއެއާލައިނަށް ދިވެހިންގެ ބަދު ދުއާ ތިޖެހެނީ.
އަދިވެސް ސިޔާސީ ބޮޓުންތައްގިނަކުރޭ ތަނައްނުކަތާވަރަށް. ނުލާހިކު ރަގަޅަށް ހިނގަމުން އައިކުންފުންޏެކޭ
އަދިވެސް ތަންދޮރު ނުދަންނަ
މީހުންނާ ހަވާލުކުރޭ. އޭރުން ވާނޭ ހައެތި ތިވަނީ. ަ
5000 ރުފިޔާއަށް ޓިކެޓް ވިއްކައިގެންވެސް ފައިދާ ވޭތޯ ބަލާ. އިންޑިޔާ ދަތުރު ކުރަންވީނު. އެއިރުން ފައިދާވާނެ
ދިވެހިރާއްޖެ މިދަނީ ދުވަހަކުވެސް އަރައި ނުގަނެވޭ ބޮޑު ފުންވަޅަކައް ވެއްޓެމުން އެކަމަކު ގާސިމް އައްނި ޔާމީން އިލްޔާސް ފައްޔާޒް މިކަލަ މީސް މީހުންގެ އެކަުންޓުގަ ހުންނާނެ 100 އަހަރު މެދުނުކެނޑި ކެޔަސް ހުސްނުވާވަރައް ފައިސާ ޕާކިސްތާން ޒަރުދާރީ ފެމެލީ ނަވާޒުސަރީފުފެމެލީ ލަންކާ ރާޖެޕަކުސާ ފެމެލީ މިބުނެވުނީ މިވަގުތު އެނގެންތިބި ބޮޑެތި ލުޓޭރުން.