މަކިޓާ އުފެއްދުންތަކަށް ހާއްސަ މުޅިން އައު ޝޯރޫމެއް އެސްޓީއޯއިން މިރޭ ހުޅުވައިފިއެވެ.

މަކިޓާ ޝޯރޫމް ހުޅުވުމަށް އެސްޓީއޯއިން މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވެވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމުރު އާއި އެސްޓީއޯގެ މަކިޓާ ސަޕްލަޔަރ ކަމުގައިވާ މަކިޓާ ސިންގަޕޯގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އިކެޑާ ސަން އެވެ. އެސްޓީއޯ އައު މަކިޓާ ޝޯރޫމް ހުޅުވިފައިވަނީ ބޮޑުތަކުރުފާނު މަގު ސީ ޓްރެކްސް ހުންނަ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ.

25 އަހަރުގެ ދިވެހިންގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މަކިޓާ ބްރޭންޑަކީ 1915 ވަނަ އަހަރު އީޖާދުވެ ކަރަންޓު ސާމާނު އުފައްދައި ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް މަގުބޫލް ބްރޭންޑެކެވެ. ޖަޕާނުން އެތެރެކޮށް އެސްޓީއޯއިން މަކިޓާގެ އުފެއްދުންތަށް ދިވެހިންނަށް ފޯރުކޮށްދިނުން ވެގެން ދިޔައީ މަސައްކަތް ތެރިންގެ ވަގުތު ސަލާމަތްކޮށްދީ އިތުރު ފަސޭހަތަކެއް ލިއްބައިދިން ކަމެއްކަމުގައި އެސްޓީއޯ އިން ބުނެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް އެސްޓީއޯގެ މަކިޓާ ބްރޭންޑްގެ އުފެއްދުންތަށް ލިބެންހުންނާނެއެވެ. އެސްޓީއޯ އިން ބުނީ އެސްޓީއޯ ރީޖަނަލް ފިހާރަ ތަކުން އަދި އެސްޓީއޯ ޕީޕަލް ޗޮއިސްގެ އޭޖެންޓުން ވެސް އާއްމުންނާއި ހަމައަށް މަކިޓާ ޕްރޮޑަކްޓްސް ފޯރުކޮށްދެމުން ގެންދާކަމަށެވެ.

މަކިޓާއިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި، ވަޑާންކުރުމަށް ހާއްސަ ކަރަންޓު އާލަތްތަށް، އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެ ސާމާނު، ގާރޑެނިންއަށް ހާއްސަ އުފެއްދުން، އިންޑޯ އަދި އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ ވެކިއުމް ކްލީނަރ ފަދަ އެތަށް ސާމާނެއް އެކުލެވިގެންވެއެވެ.

މިރޭ ހުޅުވިގެންދިޔަ އައު މަކިޓާ ޝޯރޫމް އާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. މިގޮތުން ޝޯރޫމްގެ ތެރެއިން މަކިޓާ އުފެއްދުންތަކުގެ ސްޕެއަރ ޕާރޓްސް ލިބެންހުންނާނެއެވެ. އަދި މަކިޓާ ބްރޭންޑަށް ހާއްސަ ސާވިސް ސެންޓަރ ވެސް ހުންނާނީ މި އައު ޝޯރޫމް ތެރޭގައެވެ.

ކަރަންޓު ސާމާނު ގަތުމުގައި ދިވެހިންގެ ނަންބަރ ވަން ބްރޭންޑު މަކިޓާ ވަނީ ރާއްޖޭގެ މަސައްކަތްތެރިން ގެ އިތުރުން އާއްމު ދިރިއުޅުމުގައި އާއިލާ ތަކަށް އިތުރު ފަސޭހަ ތަކާއި ލުއިތަކެއް ހޯދައިދީފައި ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އެސް ޓީ އޯ އަށް މާލޭގެ ބިމުން އެތަށް ބިމެއް ދީފަ އޮންނައިރު ވެސް އަމިއްލަ މީހުންގެ ގޭގޭގެ ތަންތަން ބޮޑުއަގުގަ ކުއްޔަށް ހިފައިގެން މިހިންގަނީ ބޮޑު ޖަރީމާތަކެއް ؛ މި މީހުންނަކީ ވައްކަންކުރަން ވަރަށް މޮޅުބައެއް ...

  2. ކެނެރީ

    ބީ އެމް އެލް އިންވެސް ސްޓަރ ކުލައުޑް ބޮޑުއަގުގައި ކުއްޔަށް ހިފައިގެން ހިންގަނީ ބޮޑު ޖަރީމާއެއް ، އެއިމާރާތަކީ ރަނުން ހަދާފައި ހުރި ތަނެއްތޯ ހާދަ އަގުބޮޑު ކޮށޭ ބޭންކުން އެތަށް ކުއްޔަށް ހިފާފަ ހުރީ