ސަޔަށް ލޯބި ކުރާ މީހުންނަށް މިހާރު އެންމެ ކަމުދާ ބްރޭންޑަކީ ޖެފް-ޓީއެވެ. ރާއްޖޭގައި ވިޔަފާރި ކުރާތާ 38 އަހަރުވީ އެމްޔޫ ސްޓޯރުން ރާއްޖެ އެތެރެކޮށް، މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުން އަންނަ މި ބްރޭންޑަކީ ސްރީލަންކާގެ މަޝްހޫރު ބްރޭންޑެކެވެ. ލަންކާގެ އެކި ސައިފަތް ދަނޑުތަކުން އުފައްދާ ސައިފަތުން ހަދާފައިވާ ތަފާތު މީރު ރަހަތަކެއްގެ ސައިފަތް ރާއްޖޭގެ ބާޒާރުގައި ނަން ހިނގަން ފެށީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ޖެފް-ޓީއާއެކު ތަފާތު ސައިގެ ރަހަތައް ދިވެހިންނާ ހަމައަށް އެމްޔޫ ސްޓޯރުން ގެނެސްދިން އިރު، ސައިގެ ރަހަތަކާ އެއްވަރަށް ވަހާއި، ކުލަޔަށް ވެސް ބަދަލުތައް އައިސްފިއެވެ.

ދިވެހިން ޖެފް-ޓީ ބްރޭންޑްގެ ސަޔަށް ލޯބި ކުރަން ފެށީ ވެސް ރަހައިގެ ގޮތުން މީރުވެފައި، ކުލަޔާއި ވަސް ވެސް ތަފާތުވީމައެވެ. އެގޮތުން މި ބްރޭންޑްގެ ކަޅު ސައިގެ އިތުރުން، ގްރީން ޓީ އާއި ފްލޭވާޑް ޓީގެ އެކި ވައްތަރުތައް އެމްޔޫ ސްޓޯރުން ދިވެހިންނާއި ހަމައަށް ގެނެެސްދީފިއެވެ.

ތައްޓަކަށް ސައިފަތް ކޮޅު އަޅާލުމަށްފަހު, ފަސް މިނިޓް ވަންދެން ސަމްސަލުން ގިރާލާށެވެ. ބޭނުން ނަމަ ކިރުކޮޅެއް ނޫނީ މާމުއި ކޮޅެއް އަޅައިގެން ވެސް ބޯލެވިދާނެވެ. ޔަގީނުން ވެސް އެހެން ސަޔާއި ހިލާފަށް ތަފާތު މީރު ރަހައެއް މީގައި ހުންނާނެ ކަން ޔަގީނެވެ.

ޖެފް-ޓީގެ ކަޅުސައިގެ ވައްތަރަކީ އާއްމުކޮށް ދިވެހިން ބޮއި އުޅޭ ވައްތަރުތަކުގެ ސަޔެވެ. މީގެ ތެރޭގައި، އެކި ރަހަދޭ ކަޅުސައި ހިމެނޭއިރު، މޭވާގެ ރަހަތައް ވެސް ދޭ ސައި ވެސް ހިމެނެއެވެ.

އެގޮތުން ސިލޯން ސުޕްރީމް، ސިލޯން އާރީ ގްރޭ، ޖިންޖާ ސިލޯން، ސްޕައިސް ޗާއި އާއި މޭވާގެ އެކި ވައްތަރުތަކުގެ ކަޅު ސައި ހިމެނެއެވެ.

އޭގެ ތެރޭގައި "ފްރުޓް ފިއެސްޓާ"ގެ ނަމުގައި ހާއްސަ ޖެފްޓީ ކަޅުސައިގެ ވައްތަރުތަކުގެ ފޮށި އެމްޔޫ ސްޓޯރުން ލިބެން ހުންނާނެއެވެ. އެއީ ފަސް މޭވާގެ ބާވަތެއް ހިމެނޭ ކަޅުސައިގެ ވައްތަރެއްގެ ކޮންމެ ފްލޭވާއަކުން ވެސް ހަތަރު ޕެކެޓް ހިމެނޭ ފޮއްޓެކެވެ. އެގޮތުން ސްޓްރޯބެރީ އާއި ރާސްބެރީ ސައި، ބްލެކްބެރީ ފޮރެސްޓް، ފެޝަން ފްރުޓް، ޕިންކް ގްރޭޕްފްރުޓް، މެންގޯ ބަނާނާ ހިމެނެއެވެ.

އޭގެ އިތުރުން، "ފްރުޓް މެލޮޑީ" ގެ ނަމުގައި ހާއްސަ ޖެފްޓީ ކަޅުސައިގެ ވައްތަރުތަކުގެ ފޮށި އެމްޔޫ ސްޓޯރުން ލިބެން ހުންނާނެއެވެ. އެއީ ފަސް މޭވާގެ ބާވަތެއް ހިމެނޭ ކަޅުސައިގެ ވައްތަރެއްގެ ކޮންމެ ފްލޭވާއަކުން ވެސް ހަތަރު ޕެކެޓް ހިމެނޭ ފޮއްޓެކެވެ. އެގޮތުން ފޮރެސްޓް ފްރުޓާއި، ބްލޫބެރީ ޑިލައިޓް، ސަނީ ލެމަން، ޕީޗް އޯކާޑް، ކްރީމީ ސޯސޮޕް ހިމެނެއެވެ.

މީގެން ކޮންމެ ވައްތަރެއްގައި ވެސް ލާނީ ތަފާތު ރަހައެކެވެ. އަޖުމަ ބަލާލުން ރަނގަޅުވާނެއެވެ.

ޖެފް-ޓީގެ ގްރީން ޓީގެ އެކި ވައްތަރުތައް ވެސް އެމްޔޫ ސްޓޯރުން ލިބޭކަން ފާހަގަކޮށްލަން ޖެހެއެވެ. އޭގެ ތެރޭގައި މިންޓް ވައްތަރާއި، މޭވާގެ ވައްތަރުތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން، މީހުންނަށް ހަދިޔާގެ ގޮތުގައި ދޭން ހާއްސަ ޖެފް އެސޯޓްމެންޓް ބޮކްސްވެސް އެމްޔޫ ސްޓޯރުން ލިބޭނެއެވެ.

ސަޔަކީ ކޮންމެ ވަގުތެއްގައި ބޯލެވިދާނެ އެއްޗެކެވެ. ބައެއް ފަހަރު މިއީ މީހާގެ "މޫޑް" ރަނގަޅުކޮށްލަދީ، އޮފީސް ގަޑީގައި ވެސް މީހާއަށް އިތުރު ތާޒާކަމެއް ލިބިދޭނެ ބުއިމެއްކަން ފާހަގަވެއެވެ. ހާއްސަކޮށް، ހެނދުނު ސައިގަޑިއަށް މިވަރެއް ނޯންނާނެއެވެ.

ސަޔާ ގުޅޭ ގޮތުން މީގެ ކުރިން ހަދާފައިވާ އެތައް ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ތަފާތު ސައިތަކުން ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ދުޅަހެޔޮކަން އިތުރުކޮށް، ކެންސަރާއި ހިތުގެ ބަލިތަކުން ވެސް ދުރުކޮށްދޭނެއެވެ. އަދި އަބަދު ސައިބޯ އުޅޭނަމަ ދުޅަހެޔޮކަމަށް ދިގުދެމިގެންދާ އަސަރުތައް ކުރާކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.