މާލޭގެ ލޯކަލް މާރުކޭޓްގައި ލުނބޯ ވިއްކާ އަގު ބޮޑުވެއްޖެ އެވެ.

މާލެ މާރުކޭޓުގައި ލުނބޯގެ އަގު މިއަދު ތިން ފަހަރަކަށް ވަނީ ބަދަލުވެފައެވެ.

އެގޮތުން މިއަދު ހެނދުނު 28ރ. އަށް ލުނބޯ ކިލޯއެއް މާރުކޭޓުން ލިބެން ހުއްޓެވެ. އެހެން ނަމަވެސް މެންދުރު އަތަށް އަޅާލިއިރު ލުނބޯ ކިލޯއެއްގެ އަގު 35ރ. އަށް ހުރިިއިރު، ހަވީރު އަގު ވަނީ 60ރ. އަށް ބަދަލުވެފައެވެ.

އަނެއްކާ މިރޭ ލުނބޯ ކިލޯއެއް އަގު ވަނީ 75ރ. އަށް އަރާފައެވެ.

"އެންމެ އަގު ކުޑަކޮށްވެސް، ލިބެން ހުރީ 67ރ. އަށް ކިލޯއެއް. އެއީވެސް ހޯލްސޭލްކޮށް ނަގާނަމަ".

އެއް ދުވަހެއްގެ ތެރޭގައި ލުނބޯގެ އަގަށް މިހާ ބޮޑު ބަދަލެއް އަންނަން ޖެހުނީ ކީއްވެކަން ސާފެއް ނުވެއެވެ. ނަމަވެސް ބައެއް މާކެޓްގައި ތިބި ބައެއް ވިޔަފާރިން ބުނިގޮތުގައި، ލުނބޯގެ އަގު ބޮޑުވެފައި ވަނީ ކޮންޓެއިނަރު ތާށިވެގެންނެވެ.

މީގެ ކުރިން މިދިޔަ ރޯދަ މަހު ތެރޭގައި ލުނބޯގެ އަގު ބޮޑުވިއެވެ. އެއީ އެފަހަރު ލުނބޯ ލިބުން ވަރަށް ބޮޑަށް ދަތިވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޟަޒް

    ލޮމުމަދު 10 ކިލޯ ބޭގް އެއް 490 އަށް

  2. އިބްރާހީމް

    ފެލާފަ ބަހައްޓާ، ރައްޔިތުމީހާގެ އެންމެ ދިޔަ ތިއްކެއްވެސް ނުބަހައްޓާތި.

  3. ރަވަރޭ

    ތިޔައީ ބޮޑުވެގެންވާ އަރަތެއްނު ތިޔަ ކެވެނީ ހަރާމްލާރި އެއްޗެއް ލިބުން ދަތިވިއަސް ރަމަޟާން މަސް އަޔަސް އަގުހެޔޮކޮށް ލިބިފައިވާ އެއްޗެއް ދޭންޖެހޭނީ އަގުހެޔޮކޮށް ތިޔައީ ކިރުގެ ތެރެއަށް ފެން އަޅައިގެން ގިނަކޮށް ކިރުގެ ނަމުގައި ވިއްކުން ކަހަލަ ކަމެއް ތިޔަ ވިޔަފާރިވެރިން ތިޔަ ބޮޑުބަޑު ހިފައިގެން ވަންނާނީ ނަރަކައަށް