"މޯލްޑިވްސް މެރިން އެކްސްޕޯ 2022 "ގައި މާލޭގައި ފުޅާ ދާއިރާއެއްގައި ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ ޕްރޮޑަކްޓްތައް ވިއްކަމުން އަންނަ "މެރިން އިކުއިޕްމެންޓްސް" އިން ސްޓޯލަށް ޒިޔާރަތް ކުރުމަށް އެ ކުންފުނިން ދައުވަތު ދީފިއެވެ.

މެރިން އެކްސްޕޯ ކުރިއަށް ދަނީ މިއަދު ހަވީރުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މެރިން އެކްސްޕޯގައި 60 ކުންފުންޏަކުން ބައިވެރިވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މެރިން އެކްސްޕޯގައި މެރިން އިކުއިޕްމެންޓް ސްޓޯލްއިން ގިނަ މައުލޫމާތު ލިބޭނެ

އޭގެ ތެރެއިން މެރިން އިކުއިޕްމެންޓްސްއަކީ މެރިން އެކްސްޕޯގެ ކޮންމެ އަހަރެއް ކަހަލަ ގޮތަކަށް ބައިވެރިވަމުން އަންނަ ކުންފުންޏެކެވެ.

މެރިން އެކްސްޕޯގެ މެރިން އިކުއިޕްމެންޓް ސްޓޯލަށް ރައީސް ޒިޔާރަތް ކުރެއްވި

މެރިން އިކުއިޕްމެންޓްސްގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، މެރިން އެކްސްޕޯގައި އެ ކުންފުންޏަށް ހާއްސަ ސްޓޯލް ބީ10ގައި، ރާއްޖެ އެތެރެކޮށް މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުންދާ އިންޓަނޭޝަނަލް ބްރޭންޑްތަކުގެ އުފެއްދުންތައް ދައްކާލާނެ ކަމަށެވެ. އަދި އެ އުފައްދުންތަކާއި ގުޅުން ހުރި މައުލޫމާތުތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރޭމެރިންގެ އުފައްދުންތަކާއި، ވިކްޓްރޮން ބްރޭންޑްގެ ސޯލާ ޕެނަލް، ހަންކޫކް ބްރޭންޑްގެ ބެޓަރީ އާއި ސީފްލޯ ބްރޭންޑްގެ ޕެޑެލް ބޯޑާއި ސިކަ ބްރޭންޑްގެ އުފެއްދުންތަކާއި ސީލައިން ބްރޭންޑްގެ އުފެއްދުންތައް ދައްކާލައި އެ އުފައްދުންތަކާއި ގުޅުން ހުރި މައުލޫމާތު އަޅުގަނޑުމެން ސްޓޯލުން ފޯރުކޮށްދޭނެ." އޮފިޝަލު ވިދާޅުވި އެވެ.

މެރިން އިކުއިޕްމެންޓްގެސް ބައެއް ފަރާތްތައް

އޭގެ އިތުރުން މެރިން އިކުއިޕްމެންޓްސްގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމުގެ ގޮތުން އެ ކުންފުނިން ހުޅުމާލޭގައި އާ ޝޯ ރޫމެއް ހުޅުވާއިރު، އެ ޝޯ ރޫމާއި ގުޅުން ހުރި މައުލޫމާތާއި، ކ. ހިންމަފުށީގައި ތަރައްގީ ކުރަމުންދާ 220 ޓަނުގެ ބަރުދަނަށް އުފުލޭ ހޯއިސްޓަކާއެ ބޯޓު ޔާޑާ ގުޅުން ހުރި މައުލޫމާތުވެސް އެކްސްޕޯގައި ފޯރުކޮށްދޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މެރިން އެކްސްޕޯޯއަކީ ރާއްޖޭގައި ބާއްވާ އެންމެ ދިގު މުއްދަތެއްވީ އަދި މި ސިނާއަތުގައި ބާއްވާ އެންމެ ބޮޑު ވިޔަފާރިވެރި އިވެންޓެވެ.