އެޕަލް އިން ނެރުނު އެންމެ ފަހުގެ މެކްބުކް ޕްރޯ އަދި މެކް ބުކް އެއާ މިހާރު އެލް މޯބައިލްގެ ފިހާރަތަކުން ލިބޭނެއެވެ.

މިއީ އެޕަލްގެ އެމް2 ޗިޕް އިން ސުޕާ ޗާޖް ކުރެވިފައިވާ ލެޕްޓޮޕްތަކެކެވެ.

އެޕަލް އެމް2 ޗިޕަކީ އެކުންފުނީގެ މެކްބުކްތަކަށް ހާއްސަކޮށް ސެންޓްރަލް ޕްރޮސެސިން ޔުނިޓަކާއި ގްރެފިކްސް ޕްރޮސެސިން ޔުނިޓެއްގެ ގޮތުގައި ފަރުމާކޮށްފައިވާ ޗިޕެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އޭއާރްއެމް ބޭސްޑް ސިސްޓަމެކެވެ.

މެކްބުކް ޕްރޯ އަދި އެއާ ޕަވާޑް ބައި އެމް2 ޗިޕް ލޯންޗް ކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަސް ތެރޭގައެެވެ. މިއީ ފެލްޓް ޑިޒައިންގެ ވަރަށް ރީތި، އަދި އެހާމެ ފާސްޓް ލެޕްޓޮޕް އެކެެވެ.

 

View this post on Instagram

 

A post shared by eLL Mobile shop Maldives (@ellmobile)

އެޕަލްގެ ފަހުގެ މެކްބުކްތަކުގައި އަލަށް ތައާރަފުކުރި އެމް2 ޗިޕްގެ ސަބަބުން 13 އިންޗީގެ މެކްބުކް ޕްރޯ ކުރިއަށްވުރެ ބޮޑުތަނުންވެސް ހަލުވިއެވެ. ކުރީގެ ކޮމްޕެކްޓް ޑިޒައިން އިންނަ މި މެކްގައި ބެޓަރީ 20 ގަޑިއިރާއި ހަމައަށް ދެމިގެންދާއިރު، މިއީ ޕާފޯމަންސް ދެމެހެއްޓުމަށް އެކްޓިވް ކޫލިންގ ސިސްޓަމް ސަޕޯޓްކުރާ ޑިޒައިނެއްކަންވެސް ފާހަގަކޮށްލެވެއެވެ. އެންމެ ފެންވަރު ރަނގަޅު ރެޓީނާ ޑިސްޕްލޭއަކާއި އިންނަ މި މެކްބުކްގައި ފޭސްޓައިމް އެޗްޑީ ކެމެރާއަކާއި ސްޓޫޑިއޯ ކޮލިޓީ މައިކްއެއް އިންނައިރު، މި ލެޕްޓޮޕަކީ އެންމެ ޕޯޓަބަލް ޕްރޯ ލެޕްޓޮޕްކަން ފާހަގަކޮށްލެވެއެވެ.

މެކްބުކް އެއާއަކީ އާދަޔާ ހިލާފު ސްޕީޑާއި ޕަވާ އެފިޝެންސީ ގެނެސްދޭ ލެޕްޓޮޕެކެވެ. އެއީ އަލްޓްރާ ފާސްޓް، އަަދި ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު މަސައްކަތް ކޮށްލެވޭ ފެންވަރުގެ ލެޕްޓޮޕެކެވެ. މިއީ 1.24 ކިލޯ ހުންނަ، އަދި 1.13 ސެންޓިމީޓަރަށް ހިމަ ލެޕްޓޮޕެއްކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ 18 ގަޑިއިރުގެ ބެޓަރީ ލައިފްއެއް އިންނަ ލެޕްޓޮޕެއްކަން ފާހަގަކޮށްލެވެއެވެ.

އެޕަލްގެ އެންމެ ފަހުގެ މެކް ބުކް އެލް މޯބައިލް އިން ލިބެން ހުންނައިރު، އެޕަލްގެ އެންމެ ފަހުގެ ފޯންތައްވެސް އެ ކުންފުނީގެ ފިހާރަތަކުން ލިބޭނެއެވެ.