ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިންގުން އައިޝަތު ނޫރައްދީންއާ ހަވާލުކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައިޝަތު މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހަމަޖައްސާފައިވާ ކަމަށެވެ.

އައިޝަތު އެ މަގާމަށް ހަމަޖެއްސީ ކުރިން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ ވަނީ ތިން އަހަރު ވަންދެން އެ މަގާމު ފުރުއްވައިފައެވެ.

އައިޝަތު ކުރިން ހުންނެވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.

އައިޝަތު ބީއެމްއެލްގައި ހިދުމަތް ކުރައްވަމުން ގެންދަވާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. އައިޝަތު ބީއެމްއެލްއާ ގުޅިވަޑައިގެންނެވީ 1982 ގައެވެ. އޭނާ މިހާތަނަށް އައިއިރު 40 އަހަރު ބީއެމްއެލް އަށް ހިދުމަތް ކުރެއްވިއެވެ.

އައިޝަތު ވަނީ ބީއެމްއެލްގެ ބޯޑްގައި ޑިރެކްޓަރެއްގެ ގޮތުގައި ހަ އަހަރު ހިދުމަތް ކުރައްވައިފައެވެ. އަދި ބީއެމްއެލްގެ އިންޓަނޭޝަނަލް ބޭންކިން އުފެއްދުވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.

ބީއެމްއެލްއަށް ދާއިމީ ވެރިއެއް އައްޔަނުކުރާނެ ތާރީހެއް އެ ބޭންކުން އަދި ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަގިލި

    މީތަ މީހެއްގެ ދަރިފުޅު ފޮރުވައިގެން ގެންގުޅޭ ބާރުގަދަ ފަރާތަކީ؟

    11
    1
    • Anonymous

      ނޫން،،،، އިސްލާމިކް ބޭންކިންގް ހެޑް - ފާތާނިކެ

  2. ޣޮމާ

    މިކަހަލަ ދެ އާއިލާއެއް ނޫން ބަޔަކު ރާއްޖޭގައި ނޫޅެނީ ދެއްތޮ. ؟

    11
    1
  3. ބބަަަަަސސސ

    ތިއީ ބޭންކްގައި ހުރި ބޮޑު ފޫއްސެއް. ތިތަނުގައި މުސާރަ ނަގައިގެން ގޮނޑި ހޫނު ކުރަން ހުންނަ މީހެއް

    12
    3
  4. ޝާމް ކަޅޭ

    އާސްތު ނޫރުދީން، ނިޔާވުމުން މަހާނަގަލުގައި ވެސް ޖަހާތި " އެކްޓިން މެނެޖިންގް ޑިރެކްޓަރ އޮފް ބީއެމްއެލް "

  5. ޙަަަހަ

    އަޅެ ތިތަނަށް ރައްޔިތުން ބަވާއިރުވެސް ހަމަ ކުރީގެ މީހުން

  6. އެބޭޅާ

    ވައްލާހީ.. އެއްކަލަ މާލޭގެ ޝާހީ ހާންދާނުގެ ބޭޅާއެއް ދެއްތޯ؟

    1
    1