ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުމުރާނީ އެކި މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ދަނީ ކުރެވެމުންނެވެ. ނަމަވެސް މިމަސައްކަތައް ކުރިއަށް ގެންދަން ބައެއް ކުންފުނިތަކަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސައްކަތުގައި ބޭނުން ކުރާނެ ވެހިކަލްތައް އެކަށީގެންވާ ހެޔޮ އަގެއްގައި ފަސޭހައިން ލިބެން ނުހުރުމެވެ. ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް މިމައްސަލަ ދިމާވެއެވެ.

މިމައްސަލައަށް ހައްލެއް ހޯދައިދިނުމަށް ނިކުމެފައި މިވަނީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކުންފުނިކަމަށްވާ އެމް.ޑަބްލިޔު.އެސް.ސީއެވެ.

މިގޮތުން، އުމުރާނީ މަސައްކަތްތަކަށް އެންމެ އެކަށޭނެ ހެވީ ވެހިކަލް އެމް.ޑަބްލިޔު.އެސް.ސީ އިން މިހާރު ދަނީ ކުއްޔަށް ދޫކުރަމުންނެވެ.

ކެރޭނު، ފޯކްލިފްޓް، އެކްސްކެވޭޓަރ، ބެކްހޯ ލޯޑަރ، ކެރޭނު ލޮރީ، ޓްރަކްގެ އިތުރުން ޕަވާރގޭޓް ޓްރަކްވެސް މިހާރު އެމް.ޑަބްލިއު.އެސް.ސީ ޝޯވރޫމް މެދުވެރިކޮށް ކުއްޔަށް ލިބެން ހުންނާނެއެވެ.

މީގެ އިތުރުން، އަތޮޅު ތެރޭގައި ފާރމް ޓްރެކްޓަރ، ޓްރެއިލާރ އަދި ލޭންޑިންގ ކްރާފްޓް ވެސް ކުއްޔަށް ލިބެން ހުންނާނެއެވެ.

ގްރޭޓަރ މާލޭ ރީޖަން (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅު) ގެ އިތުރުން، އަތޮޅުތަކަށްވެސް އެމް.ޑަބްލިޔު.އެސް.ސީ ޝޯވރޫމް އާ ގުޅައިގެން، ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން އުޅަނދުތައް ކުއްޔަށް ނެގޭނެއެވެ.

އުޅަނދުތައް ކުއްޔަށް ހިފުމަށް ކޮންމެ ވަގުތެއްގައިވެސް ގުޅައިގެން ރިކުއެސްޓް ކުރެއްވޭނެއެވެ. ގަޑިއިރަކަށް، ދުވަހަކަށް، ހަފުތާއަކަށް، މަހަކަށް އަދި ދިގު މުއްދަތަށް (އެއް އަހަރު ދުވަހުގެ މުއްދަތަށް) ވެސް އުޅަނދު ކުއްޔަށް ނެގުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި މީގެ އިތުރުން، ދިގު މުއްދަަތަށް ކުއްޔަށް ނަންގަވާ ބޭފުޅުންނަށް ޚާއްސަ އަގުތަކެއްގައި ކުއްޔަށް ދޫކުރެވޭނެއެވެ.

މިކަމައި ގުޅޭ އިތުރު މަޢުލޫމާތު އެމް.ޑަބްލިޔު.އެސް.ސީގެ ހޮޓްލައިން - 7960022 އަދި އީމެއިލް - [email protected] އިން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަޒްލީން

    ސަރުކާރުން ހުރީހާ ވީޔަފާރީއަކައް ވަނުން އެއީ އީގުތީސޯދީ ގޮތުން ޕުރައީވެޓްސެކްޓާއަށް ގެއްލުން ކުރާނެ ކަމެއް..

  2. ސަލާން

    އެމީހުން މަސަތްކަތް ކުރަންވީމަ ކުއްޔަށް ހިފަނީ ކަންނޭގެ