މާލޭގެ ސަބްދޭރި މަގު ކަންމަތީގައި ހުންނަ ސައިރިކްސް ކޮލެޖްގެ ގަލޮޅު ކެމްޕަސް ކައިރިން ލަނބާލާފައި މިނެޓަކަށް ވުރެ ވެސް އަވަހަށް ދެވޭހާ ކައިރީގައި ހުންނަ ބޭބީ ޝާކް ފިހާރައިގެ ބޭރުގައި ހުރެގެން ފޮޓޯ ނަގާލީމެވެ. ޒާތްޒާތުގެ ތުއްތު ކުދިން އެންމެ ގަޔާވާ ކުޅޭ އެއްޗެހި މިތަނުން ލިބެން އެބަހުއްޓެވެ.

ކުޑަ ކުދިންނަކީ އަބަދުވެސް ކުޅޭ އެއްޗިއްސަށް ވަރަށް ބޮޑަށް ލޯބި ކުރާ ބަޔަކަށްވުމުން މައިންބަފައިން އެ ކުދިންނަށް ކުޅޭ އެއްޗެހި އަބަދުވެސް ހޯދަދީ ހަދައެވެ. ދޭތެރެ ދޭތެރެއިން ފިހާރަތަކަށް ގޮސް ބޭނުންވާ އެކި ޒާތްޒާތުގެ ކުޅޭ އެއްޗެހި ހޯދާއިރު، މިހާރު އެކަމަށް އެކި ފިހާރަތަކަށް ގޮސް ހަދާނެ ކަމެއް ދެން ނެތެވެ. ބޭބީ ޝާކް ފިހާރައިގައި އެތައް ވައްތަރެއްގެ ކުޅޭ އެއްޗެހި އެބަހުއްޓެެވެ.

ބޭބީ ޝާކް ފިހާރައިން ލިބެން ހުރި ކުޅޭ ތަކެތި

ދެ ޖިންސުގެ ކުދިންވެސް އެންމެ ގަޔާވާ ކުޅޭ އެއްޗެހި މިތަނުން ލިބޭއިރު، އެންމެ ހާއްސަ އެއް ކަމަކީ އާ ޕްރޮޑަކްޓްތައް އަބަދުވެސް މި ތަނުން ލިބިލިބި ހުރުމެވެ. އޭގެ ތެރޭގައި އެކި ވައްތަރުގެ ކުޅޭ އެއްޗިއްސާއި، ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެން ދުއްވާ ބޮޑެތި ވެހިކަލްތަކުން ފެށިގެން އެންމެ ކުދި ވެހިކަލްތަކާއި، ބިލްޑިންގ ބްލޮކް ސެޓްތަކާއި، ސޮފްޓް ޓޯއީ އާއި އަދިވެސް ތުއްތު ކުދިން އެންމެ ގަޔާވާ ކުޅޭ އެއްޗެހި ހިމެނެއެވެ. އެގޮތުން ރިމޯޓް ކޮންޓްރޯލް ކާރާއި، މަތިންދާބޯޓާއި، ކޮކޯ މެލަން ބުދާއި، ޕްލޭއިންގ ސެޓާއި، ތަފާތު ވައްތަރުގެ ބްލޮކް ސެޓްތަކާއި، މިއުޒިކަލް އިންސްޓްރުމެންޓްސްތަކާއި، ޕަޒްލްތަކާއި، ހައި ޗެއާ، ބޭބީ ރޮކާ، ވޯކާ އާއި ސްވިމިންގ ޕޫލް އައިޓަމްތައްވެސް ނަން ހުސްކޮށް އެ ފިހާރައިން ލިބެން ހުއްޓެެވެ.

ބޭބީ ޝާކް ފިހާރައިން ލިބެން ހުރި ކުޅޭ ތަކެތި

އެ ފިހާރައިން މިހާރު ލިބެން ހުރި އާ ކުޅޭ އެއްޗެހީގެ ތެރޭގައި ޕެވް ޕެޓްރޯލް، މާރވެލް ކަހަލަ ކުޅޭ ކުޑަކުދިންނާއި ކުޅޭ ކާޓޫން ކެރެކްޓާތަކާއި ކުލޭ ކުޅޭ އެއްޗެހި ލިބެން އެބަހުއްޓެވެ.

ބޭބީ ޝާކް ފިހާރައިން ލިބެން ހުރި ކުޅޭ ތަކެތި

ފިހާރައިގެ އެތެރެއަށް ބަލާއިރު، މުޅި ފިހާރަ އޮތީ ކުޅޭ އެއްޗެހިން ފުރާލާފައެވެ. ޔަގީނުންވެސް މިތަނަށް ވަންނަ ތުއްތު ކުދިންގެ މައިންބަފައިން ދާނީ ހިތްފުރޭވަރަށް ދަރިފުޅަށް ކުޅޭ އެއްޗެހި ގަނެގެންނެވެ. ނޫނީ ތުއްތު ކުއްޖެއްގެ އުފަން ދުވަހާއި، ނޫނީ ހިތާނީ ދުވަހަކަށް، ނޫނީ ހާއްސަ ދުވަހަކަށް ހާދިޔާއެއް ދޭން ބޭނުންވާނަމަ ހިޔާރު ކުރަންވީ ބޭބީ ޝާކް ފިހާރައެވެ.

ބޭބީ ޝާކް ފިހާރައިން ވިއްކާ ކުޅޭ އެއްޗެހީގެ އަގު ރަނގަޅުވެފައި، ކަސްޓަމަރުންނަށް ބޮޑު ހިތްހަަމަޖެހުމެއް ލިބޭނެކަންވެސް މިއީ ފާހަގަކޮށްލަން ޖެހޭ ކަމެކެެވެ.

ބޭބީ ޝާކް ފިހާރައިން ލިބެން ހުރި ކުޅޭ ތަކެތި

ބޭބީ ޝާކް ފިހާރައިން ވިއްކާ ހުރިހާ ކުޅޭ އެއްޗެހީގެ ފުރިހަމަ މައުލޫމާތު ފޭސްބުކް ޕޭޖް މެދުވެރިކޮށް ލިބެން ހުންނައިރު، މާލެ ހުޅުމާލެ އަދި ބޯޓްތަކަށް ހިލޭ ޑެލިވަރީ ހިދުމަތްވެސް ދެމުން ގެންދެއެވެ. އެގޮތުން އެ ފިހާރައިން ކުޅޭ އެއްޗެހި އޯޑަރު ކުރުމަށް 7775723 ނުވަތަ 9587118 އަށް ގުޅައިގެން ކުރިއަށް ގެންދާށެވެ. ނޫނީ ފޭސްބުކް ޕޭޖްއަށް މެސެޖްކޮށްގެންވެސް ބޭނުންވާ ތަކެތި ގެންގޮސް ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިތުރާ.

    ކުޑަކުދިން ވެސް ބޯޑުކުދިންވެސް މިހާރު ކުޅެން މުހިންމު އެއްޗަކީ ފޯން،

    10
    2