މާލޭގައި ސެންޓް ވިއްކުމަށް ހާއްސަކޮށްގެން ހުޅުވި "ލެ ފްރެގްރެންސް" ފިހާރަ އާއި ކުޑަކުދިންނަށް އެންމެ ކަމުދާ ކުޅޭ އެއްޗެހި ވިއްކާ "ބޭބީ ޝާކް" ފިހާރައިން ވިޔަފާރިކޮށްގެން ޏ. ފުވަމައްމުލަކަށް ދެވޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ލެ ފްރެގްރެންސްއަކީ މަޝްހޫރު ބްރޭންޑްތަކުގެ އެންމެ ކަމުދާ ސެންޓް އެއް ތަނަކުން ލިބެން ހުންނަ ފިހާރައެކެވެ. ގ.ހާފްސީ، ކޮއިމަލާ ހިނގުން(ގަލޮޅު ވީބީމާޓް/އިސްހާން ފިހާރަ ގޯޅި)ގައި ހުންނަ މި ފިހާރައިން ޒުވާނުންނަށް އެންމެ ކަމުދާ އެންމެ ފަހުގެ އޮރިޖިނަލް ސެންޓްތައް ލިބެން ހުންނައިރު، ޕާފިއުމް ގިފްޓް ސެޓްވެ ލިބެން އެބަހުއްޓެެވެ.

އޭގެ ތެރޭގައި ޑިއޯ، ޝެނާލް، ޖިއޮޖިއޯ އަރްމާނީ، ބާބެރީ، ވަސާޗީ، މޮންޓް ބްލޯންކް، ޕާކޯ ރަބާނޭ، ޑޭވިޑް އޮފް ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އެންމެ ފަހުގެ އޮރިޖިނަލް ސެންޓްތައް ހިމެނެއެެވެ.

އޮރިޖިނަލް ސެންޓް ފުޅިއެއް ގަންނަން ބޭނުންތަ؟ މިވަރެއް ނެތް!

ބޭބީ ޝާކް ފިހާރައަށް ބަލާއިރު، ނަން ހުސްކޮށް ކުޑަކުދިންނާ ގުޅޭ އެކި ވައްތަރުގެ ކުޅޭ އެއްޗެހި އެބަހުއްޓެެވެ.

އޭގެ ތެރޭގައި އެކި ވައްތަރުގެ ކުޅޭ އެއްޗިއްސާއި، ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެން ދުއްވާ ބޮޑެތި ވެހިކަލްތަކުން ފެށިގެން އެންމެ ކުދި ވެހިކަލްތަކާއި، ބިލްޑިންގ ބްލޮކް ސެޓްތަކާއި، ސޮފްޓް ޓޯއީ އާއި އަދިވެސް ތުއްތު ކުދިން އެންމެ ގަޔާވާ ކުޅޭ އެއްޗެހި ހިމެނެއެވެ. އެގޮތުން ރިމޯޓް ކޮންޓްރޯލް ކާރާއި، މަތިންދާބޯޓާއި، ކޮކޯ މެލަން ބުދާއި، ޕްލޭއިންގ ސެޓާއި، ތަފާތު ވައްތަރުގެ ބްލޮކް ސެޓްތަކާއި، މިއުޒިކަލް އިންސްޓްރުމެންޓްސްތަކާއި، ޕަޒްލްތަކާއި، ހައި ޗެއާ، ބޭބީ ރޮކާ، ވޯކާ އާއި ސްވިމިންގ ޕޫލް އައިޓަމްތައް ވެސް ނަން ހުސްކޮށް އެ ފިހާރައިން ލިބެން ހުއްޓެެވެ.

ކުޑަ ކުދިން އެންމެ ގަޔާވާ ކުޅޭ އެއްޗެހި ބޭބީ ޝާކް ފިހާރައިގައި!

އެ ދެ ފިހާރައިން ބުނި ގޮތުގައި، ލެ ފްރެގްރެންސް އާއި ބޭބީ ޝާކް ފިހާރައިން ވިޔަފާރިކޮށްގެން ފުވައްމަލަކަށް ދިއުމަށް ދެ މީހަކަށް ހިލޭ ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ނިންމާފައެވެ.

ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ހާއްސަ ޕްރޮމޯޝަންގައި ހޮވޭ ނަސީބުވެރިއަކަށް އިތުރު މީހަކު ގޮވައިގެން ރާއްޖޭގެ އެންމެ ދެކުނުން ދެވަނަ އަތޮޅުގެ ގޮތުގައި އޮންނަ ފުވައްމުލަކަށް ދެވޭއިރު، އެއީ ރާއްޖޭގެ އެންމެ ރީތި ރަށްތަކުގެ ތެރޭގައި ހިމެނޭ، ބޮޑު ރަށެކެވެ. އަދި އެރަށަކީ ހިތްހެޔޮ، މީހުންނާ ގުޅޭ ބަޔަކު އަދި އާސާރީ ގިނަ ތަންތަން ހުންނަ ރަށެއްކަންވެސް ފާހަަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެހެހެހެ

    ވަރަށް ހެޔޮ ހުރިހާގޮތަކުން
    ލަދު ހަޔާތުގެ ގޮތުންވެސް

    5
    4
  2. ހުވަދު

    ވަގުތުގެ ފަރާތުން ގެންދަނީނަމަ ދާންބޭނުން..