ސެންޓަކީ އެންމެން ކަހަލަ ގޮތަކަށް ވަަރަށް ގަޔާވާ އެއްޗެކެެވެ. ބޭނުން ކުރާ ސެންޓެއްގެ ސަބަބުން މީހާއާ މެދު މާބޮޑަށް ގަޔާވެ، ހިތްދެވޭ ހިސާބަށްވެސް ދެއެވެ. އަދި ބޭނުން ކުރާ ސެންޓްގެ ސަބަބުން ބައެއް ފަހަރު މީހާ ދެނެގަންނަ މީހުން ވެސް އުޅެއެވެ. ސެންޓަކީ ކޮންމެ މީހެއްގެ ހަޔަތާއި އަދި މީހެއްގެ ޝަހްސިއްޔަތާއި ވެސް ގުޅިފައިވާ އެއްޗެކެެވެ.

މީގެ ތެރެއިން ބައެއް މީހުންގެ ހަޔާތާއި ސެންޓާއި ގުޅުވައިދެނީ ލޯބީގެ ވާހަކައަކުންނެވެ. ނޫނީ އުފާވެރި ވަގުތުތަކަކުންނެވެ. ވަރަށް މަދު ހާލާތްތަކެއްގައި ނޫނީ ސެންޓްގެ ސަބަބުން މީހެއްގެ ގުޅުމެއް ނުކެނޑޭނެެއެވެ.

ސުވާލެއް ކޮށްލާނަމެވެ؟ އެންމެ ފުރަތަމަ ސެންޓް ފުޅިއެއް ދިނީ ކާކު ހެއްޔެވެ؟ ލޯބިވެރިޔާ ހެއްޔެވެ؟ ނޫނީ އެކުވެރިއެއް ހެއްޔެވެ؟ ނޫނީ އާއިލާ މީހެއް ހެއްޔެެވެ؟ އާއްމުކޮށް ސެންޓަކީ ހަޔާތުގައި އަންނަ އުފާވެރި މުނާސަބަތްތަކުގައި އެންމެ ގިނައިން ހަދިޔާގެ ގޮތުގައި ލިބޭ އެއްޗެހިވެެސް މެއެވެ. އެހެންކަމުން މިފަަހަރު ސެންޓް ގަންނަން ފިހާރައަކަށް ގޮސްލަމާ ހިނގާށެވެ. މިފަހަރު ދާނީ ލެ ފްރެގެރެންސް ފިހާރައަށެވެ.

މިއީ ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއްގެ ސެންޓް އެއްތަނަކުން ލިބޭނެ ފިހާރައެކެވެ.

ގ.ހާފްސީ، ކޮއިމަލާ ހިނގުން (ގަލޮޅު ވީބީމާޓް. އިހްސާން ފިހާރަ) ގޯޅީގައި ހުންނަ މި ފިހާރައިން ލިބޭ ސެންޓްގެ ތެރެއިން އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ސެންޓްތަކުގެ ސެލެކްޝަނެއް ހަދާލާނަމެވެ.

ފިރިހެނުންނަށް ހާއްސަ ސެންޓް

1- ބްލިއު ޑީ ޝެނާލް

2- ބޭޑް ބޯއި ކޯބެލްޓް

3- ވަސާޗޭ އެރޯސް

4- ޖޭޕީޖީ އަލްޓްރާ މޭލް އިންޓެންސް އެޑިޝަން

5- ޕާކޯ ރާބާނޭ ފެންޓޮމް ލެޖިއޮން ކަލެކްޝަން

އަންހެނުންނަށް ހާއްސަ ސެންޓް

1- ހިޕްނޯޓިކް ޕޮއިޒަން

2- މައިވޭ ޖިއޯޖިއޯ އަރްމާނީ

3- ލަ ވިއެ ބެލް އުއި ޑި އެކްސެޕްޝަން

4- ވައިއެސްއެލް ބްލެކް އޮޕިއަމް އިލިސިޓް ގްރީން

5- ގަބްރިއެލޭ ޗެނަލް ޕެރިސް

ލެ ފްރެގްރެންސް ފިހާރައިގައި އެތައް ވައްތަރެއްގެ ދެ ޖިންސަށް ހާއްސަ އޮރިޖިނަލް ސެންޓް ހުރިއިރު، ޕާފިއުމް ގިފްޓްސެޓްވެސް މި ފިހާރައިން ލިބެން ހުނާނެއެވެ.

އެ ފިހާރައިން ވިއްކާ ސެންޓަކީ އޮރިޖިނަލް ޕްރޮޑަކްޓްތައް ކަމުން ގިނައިރު ވަސް ހުންނާނެ ކަމުގެ ޔަގީންކަން އޮންނާނެއެވެ. އެހެންކަމުން މިއީ ލޯބިވެރިޔާ ނޫނީ ގާތް މީހަކަށް ދޭން ހަނދާނުން ފިލާނުދާނެ ވަރުގެ ހަދިޔާއަކަށް ވާނެއެވެ.

އެ ފިހާރައިން ރަނގަޅު އަގެއްގައި ފަހުގެ ސެންޓްތައް ލިބޭއިރު މާލެ އާއި ހުޅުމާލެ ހިލޭ ޑެލިވަރީކޮށްދެއެވެ. އަދި ބޯޓުތަކާއި، ލޯންޗްތަކަށް ހިލޭ ޑެލިވަރީކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިއްސެ

    ބަލާފަ އަންނަން ވީނުން ؟

  2. ބުލޫ ލޭޑީ

    އެންމެ ފުރަތަމަ ސެންޓު ފުޅިއެއް ދިނީ އޭބީ..

    • ޖޮނީ ޑެޕްތު

      އަބޫބަކުރުތަ

      • ބުލޫ ލޭޑީ

        ނޫން..އޭބީ އަކީ އަހަރެން އޭނައަށް ދިން ނަމެއް..