މީރުވަސް ދުވާ އޮރިޖިނަލް ސެންޓް ގަންނަން މާލެ މަގު މައްޗަށް ނުކުންނަ މީހުން މަދެއް ނޫނެވެ. ބައެއް މީހުން އެއް ފިިިހާރައިން ނުކުމެގެން، އަނެއް ފިހާރައަށް ވަދެ އޮރިޖިނަލް ސެންޓް ހުރިތޯ ބަލައެވެ. ބައެއް މީހުން ރަށްރަށުން ދަތުރު ހަދާފައި މާލެއަށް އެކަމުގައި އަންނަ މީހުން ވެސް އުޅެއެވެ.

ސެންޓަަށް ލޯބި ކުރާ މީހުންނަށް އޮތް އުފާވެރި ހަބަރަކީ މިހާރު އެއް ތަނަކުން ބޭނުންވާ އޮރިޖިނަލް ސެންޓް ލިބޭނެ ކަމެވެ. އެއީ ގ.ހާފްސީ، ކޮއިމަލާ ހިނގުން(ގަލޮޅު ވީބީމާޓް/އިސްހާން ފިހާރަ ގޯޅި)ގައި އިންނަ ލެ ފްރެގެރެންސް ފިިހާރައެވެ. އެ ފިހާރައިގައި ނަން ހުސްކޮށް ބްރޭންޑެޑް އޮރިޖިނަލް ސެންޓް އެބަހުއްޓެވެ.

ލެ ފްރެގްރެންސް ފިހާރައިގައި ހުރި ސެންޓްތައް

އޭގެ ތެރޭގައި ދެޖިންސުގެ ޒުވާނުންނަށް އެންމެ ކަމުދާ އެންމެ މީރުވަސް ދުވާ ސެންޓްތައް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ޑިއޯ، ޝެނާލް، ޖިއޮޖިއޯ އަރްމާނީ، ބާބެރީ، ވަސާޗީ، މޮންޓް ބްލޯންކް، ޕާކޯ ރަބާނޭ، ޑޭވިޑް އޮފް ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އެންމެ ފަހުގެ އޮރިޖިނަލް ސެންޓްތައް ހިމެނެއެެވެ.

ދިވެހިން އެންމެ ގަޔާވާ ބްރޭންޑްތަކުގެ ސެންޓްތައް މި ފިހާރައިން ލިބެން ހުންނަކަން ފާހަގަކޮށްލެވޭއިރު، ޕާފިއުމް ގިފްޓްސެޓްވެސް މި ފިހާރައިން ލިބެން ހުނާނެއެވެ.

ލެ ފްރެގްރެންސް ފިހާރައިގައި ހުރި ޕާފިއުމް ގިފްޓް ޕެކްތަކާއި، މާސްޓަރ ކޮލެޓީ ބޭގްތައް

މި ފިހާރައިން ރަނގަޅު އަގެއްގައި ފަހުގެ ސެންޓްތައް ލިބެން ހުންނައިރު، މާލެ އާއި ހުޅުމާލެ ހިލޭ ޑެލިވަރީކޮށްދެއެވެ. އަދި ބޯޓުތަކާއި، ލޯންޗްތަކަށް ހިލޭ ޑެލިވަރީކޮށްދޭތީ ދަތުރު ހަދާފައި ސެންޓް ގަންނަން މާލެ އަންނަންވެސް ދެން ނުޖެހޭނެއެވެ.

މޮޑެސްޓް ވެއަރ ހެދުންވެސް ލެ ފްރެގްރެންސް ފިހާރައިގައި

މީގެ އިތުރުން ސާއީސްގެ ދަށުން ވިއްކާ މޮޑެސްޓް ވެއަރ ހެދުމާއި މަޝްހޫރު ބްރޭންޑްތަކުގެ މާސްޓަރ ކޮލިޓީ ދަބަސްތައް މި ފިހާރައިން ލިބެން ހުންނާނެއެވެ.

މި ފިހާރައިން ސެންޓަށް އޯޑަރު ކުރުމަށް 7775723 ނުވަތަ 7951918 އަށް ގުޅާލާށެެވެ.